އެޗްޑީސީ ބޯޑު މެމްބަރުންގެ ސަސްޕެންޝަން އުވާލައިފި
ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން ލިސްޓްގައި ނެތް ބަޔަކަށް ގޯތި ދީފައިވާކަމަށް ފެންމަތިވެފައިވާ މައްސަލައިގެ މިނިވަން ތަހްގީގަކަށް ޖާގަ ދިނުމަށް ސަސްޕެންޑްކުރި، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ބޯޑު މެމްބަރުންގެ ސަސްޕެންޝަން މިއަދު އުވާލައިފިއެވެ. ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ބުނީ، އެޗްޑީސީ އަށް އައު މެނޭޖިން ޑިރެކްޓަރެއް އައްޔަންކޮށްފައިވާތީ، އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުން ސަސްޕެންޑް ކުރުމަށް ނިންމި ނިންމުން މިއަދުން ފެށިގެން ނިމުމަ...