43 ފުޅި ބަނގުރަލާއެކު ޒުވާނަކު ހައްޔަރުކޮށް ކާރެއް ޓޯވކޮށްފި
ގަވާއިދާ ޚިލާފަށް ބަނގުރާ ގެންގުޅެ، އޭގެ ވިޔަފާރިކޮށް އަދި ބޭނުންކުރާކަމުގެ މަޢުލޫމާތު ލިބުމާ ގުޅިގެން ފުލުހުން މާލޭގައި ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި 43 ފުޅި ބަނގުރަލާއެކު 22 އަހަރުގެ ޒުވާން ފިރިހެނަކު ހައްޔަރުކޮށްފިއެވެ. ފުލުހުންގެ ޑްރަގް އެންޑް ނާކޮޓިކްސް އިންޓެލިޖެންސް ޔުނިޓަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ރޭ ހިންގުނު މި އޮޕަރޭޝަނުގައި ހައްޔަރުކުރެވުނީ ރ. މަޑުއްވަރި / އުފުލަންދޫގެ، ޢަލީ ޙާޒިމް (22 އަހަރު) އެވެ. ފުލުހުން ބުނާ ގޮތުގައި، އޭނާ ދުއްވަމުންދިޔަ ކާރު ހުއްޓުވައި ބަލައި […]