މިރޭ އުތުރަށް މޫސުން ގޯސް
ދިވެހި ރާއްޖޭގެ މޫސުމާ ބެހެ އިދާރާއިން ށ. އަތޮޅުން ފެށިގެން ޅ. އަތޮޅަށް މިރޭ ރީނދޫ ސަމާލު ނެރެފިއެވެ. މި ސަމާލު ދެމި އޮންނާނީ މިރޭ 21:00 އިން މެންދަމު 1:00 އަށް ކަމަށް އެ އިދާރާއިން ލަފާކުރެއެވެ. މޫސުމާބެހޭ އިދާރާއިން ވަނީ މިރޭ އުތުރާއި މެދުރާއްޖެތެރޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރުމާއެކު ގުގުރާނެކަމަށް ފަލާކޮށްފައެވެ. އަދި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުތުރުގެ ބައެއްް ރަށްތަކަަށް އުދައިގެ އަސަރު ކުރާނެކަމަށް ވެސް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ. ކަނޑު […]