ގަރާޖުތަކަށް ބާރުބޮޑު ދުވަހެއް: ސައިކަލު މަރާމާތުކުރަން ބޮޑު ކިއު
އިއްޔެ މާލެއަށް ވެހުނު ބޯވާރޭގެ ސަބަބުން ލިބުނު ގެއްލުންތަކާ ގުޅިގެން މިއަދު މާލޭގެ ގަރާޖުތަކަށް ވަނީ ބާރުބޮޑުވެފައެވެ. ގިނަ ގަރާޖުތަކުގެ ބޭރުގައި ސައިކަލު މަރާމާތުކުރަން އައި މީހުންގެ ދިގު ކިއުތައް ފެންނަން ހުއްޓެވެ. އިއްޔެ ހެނދުނު 11:00 އިން ފެށިގެން މެދުކެނޑުމެއްނެތި ވެހުނު ވާރޭގައި މުޅި މާލެ އޮތީ ފެނުއަޑީގައެވެ. މަގުމަތީގައި ޕާކުކޮށްފައި ހުރި ގިނަ އަދަދެއްގެ ސައިކަލުތަކަށް ވަނީ ގެއްލުންވެފައެވެ. ބައެއް މަގުތަކުގައި ސައިކަލުތައް ވަނީ ދެބައިކޮށް އެއްބައި ފެނުއަޑީގައެވެ. މީގެ އިތުރުން، ބާރު ސްޕ...