ޒަރޫރީކަމެއްގައި ނޫނީ ބޮޑެތި އުޅަނދުތައް ނުދުއްވަން އެދިއްޖެ
މާލޭގެ މަގުތައް އާންމު ހާލަތަކަށް އަންނަންދެން ބަރު އުޅަނދުތަކާއި، ހަތަރު ފުރޮޅުލީ އުޅަނދުތައް ޒަރޫރީ ބޭނުމެއްގައި ނޫނީ ނުދުއްވަން ދިވެހި ފުލުހުންގެ ޚިދުމަތުން އެދިއްޖެއެވެ. ފުލުހުންގެ ޚިދުމަތުން މިރޭ ބުނީ، ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވެ ގޭގެއަށް ފެންވަނުމުގެ ހާދިސާތައް ހިނގަމުން އަންނަ ކަމަށެވެ. އެހެންވެ މަގުތަކުގައި ފެންހިނދި މަގުތައް އާންމު ހާލަތަކަށް އަންނަންދެން ބަރު އުޅަނދުތަކާއި، ހަތަރު ފުރޮޅުލީ އުޅަނދުތައް ޒަރޫރީ ބޭނުމެއްގައި ނޫނީ ނުދުއްވަން އެދޭކަމަށް ފުލުހުން ބުންޏެވެ....