ވީއައިއޭ އަށް މާދަމާ ބާރު ބޮޑު، ތިން ގަޑިއިރުކުރިން ދާން އެދިއްޖެ
މާދަމާއަކީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) އަށް ވަރަށް ބާރު ބޮޑު ދުވަހަކަށް ވާނެ ކަމަށް ބެލެވޭތީ، ދަތުރުވެރިން ތިން ގަޑިއިރު ކުރިން އެއަރޕޯޓަށް އައުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އެދިއްޖެ އެވެ. މިކަން މިހެން ދިމާވަނީ އުމްރާގެ އަޅުކަން އަދާކުރަން ސައުދީ އަރަބިއްޔާއަށް ދިޔަ ގިނަ ބަޔަކު މާދަމާ އެނބުރި ރާއްޖެއަށް އަންނާތީ އެވެ. އެމްއޭސީއެލްއިން ބުނި ގޮތުގައި މިކަމާ ގުޅިގެން އެއާޕޯޓުގެ މަގުތަކާއި ޓާމިނަލް ސަރަޙައްދުތަކުގައި ބޮޑު ތޮއްޖެހުމެއް އުޅޭނެކަމަށް...