ޕައިލެޓުންގެ މާރާމާރީއަށްފަހު ފްލައިދުބާއީއިން އިސްރާއީލަށް ކުރާ ދަތުރުތައް ވަގުތީގޮތުން މެދުކަނޑާލައިފި
ދުބާއީއާއި އިސްރާއީލާ ދެމެދު ދަތުރުކުރި ފްލައިދުބާއީގެ މަތިންދާބޯޓެއްގެ ކޮކްޕިޓް ތެރޭގައި ޕައިލެޓުންގެ މެދުގައި ހިނގި މާރާމާރީއަކާ ގުޅިގެން، އިސްރާއީލަށް ކުރާ އެއާލައިންގެ ހުރިހާ ދަތުރުތަކެއް ވަގުތީގޮތުން މެދުކަނޑާލައިފިއެވެ. މި ނިންމުން ނިންމާފައިވަނީ ސެޕްޓެމްބަރު 30 ވަނަ ދުވަހު ދުބާއީން ތެލް އަވީވަށް ދަތުރުކުރި އެ އެއާލައިންގެ އެފްޒެޑް1073 (FZ1073) ފްލައިޓުގައި ހިނގި ހާދިސާއާ ގުޅިގެންނެވެ. ޖުމްލަ 174 ފަސިންޖަރުންނާއެކު ދުބާއީން އިސްރާއީލުގެ ތެލް އަވީވަށް ދަތުރުކުރި މި މަތިންދާބޯޓުގެ ކޮކްޕިޓް ތ...