ބުޅަލުގެ އާބާދީ ކޮންޓްރޯލްކޮށް ވެލްފެއާ ކަށަވަރުކުރަން "ޕްރޮޖެކްޓް ބައޯކަލޯ" އިފްތިތާހުކޮށްފި
މަގުމަތީގައި އުޅޭ ބުޅަލުގެ އާބާދީ އިތުރުވަމުންދާ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށާއި، އާންމު ސަރަހައްދުތަކުގެ ސާފުތާހިރުކަން ދެމެހެއްޓުމަށް އަމާޒުކޮށްގެން ހިންގާ ގައުމީ ފެންވަރުގެ މަޝްރޫއު “ޕްރޮޖެކްޓް ބައޯކަލޯ” މިއަދު ހުޅުމާލޭގައި ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ. “ރައްކާތެރި، ސާފުތާހިރު އަދި އޯގާތެރި މުޖުތަމައެއް” މި ޝިއާރުގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫއަކީ މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އާއި، ޖަނަވާރުންގެ ހިމާޔަތުގައި މަސައްކަތްކުރާ ފަރާތްތަކާއި މަދަނީ ޖަ...