"ޒަކާތު ނަފާ" ގެ ނަމުގައި އިސްލާމިކް މިނިސްޓްރީއިން ޕްރޮގްރާމެއް ފަށަނީ
ދިވެހި ރާއްޖޭގެ ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި ހިމެނޭ އާއިލާތަކުގެ ފުދުންތެރިކަން އިތުރުކުރުމަށްޓަކައި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒް އަދި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ގުޅިގެން ‘ޒަކާތު ނަފާ’ ގެ ނަމުގައި ޕްރޮގްރާމެއް ފެށުމަށް ހަމަޖެހިއްޖެއެވެ. އިސްލާމީކް މިނިސްޓްރީއިން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ވިދާޅުވެފައިވަނީ މި ޕްރޮގްރާމް ކުރިއަށް ދާނީ ކަނޑައެޅޭ ވަކި އުޞޫލެއްގެ ތެރެއިން އަދި ކަނޑައެޅޭ ވަކި ޢަދަދެއްގެ ބަޔަކަށް ޒަކާތު ފަންޑުން ހަރަދުކޮށްގެންނެވެ. އަދި މި އުސ...