ދުނިޔޭގެ ބައެއް ލީޑަރުންގެ ސިއްރު ޑީލްތަކާއި، މާލިއްޔަތުގެ ހަގީގަތްތަކެއް ލީކްކޮށްލައިފި
ދުނިޔޭގެ ބައެއް ލީޑަރުންގެ ފޮރުވިފައިވާ މާލިއްޔަތުގެ ހަޤީގަތާއި އެމީހުން ކޮށްފައިވާ ޑީލްތަކެއް ލީކުކޮށްލައިފިއެވެ. މިގޮތުން ޕެންޑޯރާ ޕޭޕާސް ތަކެއް ލީކުވެ، ދުނިޔޭގެ ބޮޑެތި ލީޑަރުންނާއި ބިލިއަނަރުންގެ އިތުރުން ސިޔާސީ މަޤާމްތަކުގައި ތިއްބަވާ ބައެއް ބޭފުޅުންގެ މާލިއްޔަތާއި އެމީހުން ހިންގާފައިވާ ޖަރީމާތައް ހިމެނޭ ޑޮކިއުމަންޓްތަކެއް ވަނީ ލީކުވެފައެވެ. މި ޕެންޑޯރާ ޕޭޕަރުތަކުން 35 ލީޑަރަކާއި، ކުރީގެ ބައެއް ލީޑަރުންގެ އިތުރުން 300 އަށްވުރެ ގިނަ ޕަބްލިކް އޮފިސަރުންގެ ފައިލްތަކެއްވަނީ ލީކްވެފައެވެ. މީގެ ތެ...