އީޔޫއިން ޕޮލެންޑް ބޭރުކުރުމަށް ނިންމުމާއި ގުޅިގެން ޕޮލެންޑްގައި ކުރިއަށްދާ މުޒާހަރާތައް ހޫނުވެއްޖެ
ޔޫރަޕިއަން ޔޫނިއަން (އީ.ޔޫ)ގެ ޤައުމުތަކުގެ ލިސްޓުން ޕޮލެންޑް ބޭރުކުރުމަށް އެ ގައުމުގެ ސްޕްރީމް ކޯޓުން ނިންމުމާއި ގުޅިގެން ޕޮލެންޑްގެ 100،000 އަށް ވުރެ ގިނަ މީހުން މަގުތަކަށް ނިކުމެ ކުރަމުން އަންނަ މުޒާހަރާތައް ހޫނުވެއްޖެއެވެ. ޕޮލެންޑްގައި ކުރިއަށްދާ މުޒާހަރާތައް ފަށާފައި ވަނީ، ޕޮލެންޑްގެ ވެރިކަން ކުރާ ޕާޓީގެ ސިޔާސަތުތަކާއި އީ.ޔޫއިން ހަދާފައިވާ ޤަވައިދުތަކާއި ފުށުއަރާކަމަށް ބުނެ، 27 ޤައުމު ހިމެނޭ އީޔޫގެ ޤައުމުތަކުގެ ލިސްޓުން ޕޮލެންޑް ބޭރުކުރުމަށް އެ ގައުމުގެ ސްޕްރީމް ކޯޓުން ނިންމި ނިންމުމާއި ގުޅި...