ކޭއާރްއެޗް އީއާރުގައި ފަރުވާދެމުންދިޔަ މީހެއް ޕޮޒިޓިވް ވެއްޖެ
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެޗް) ގެ އެމަޖެންސީ ރޫމް (އީއާރް) ގައި ފަރުވާދެމުންދިޔަ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. ކޭއާރްއެޗް އިން ހާމަކުރިގޮތުގައި ޕޮޒިޓިވް ވެފައިވަނީ 61 އަހަރުގެ އަންހެނެކެވެ. މި އަންހެންމީހާ އީއާރަށް ގެނެވުނީ މިއަދު ހަވީރު 16:05 ގާ ކަމަށްވެސް އެ ހޮސްޕިޓަލުން ހާމަކުރިއެވެ. އެމެޖެންސީއަށް އޭނާ ގެނެސް ސާމްޕަލްނެގީ ރޯގާ ގެ އަލާމާތްތަކާއިއެކު ނޭވާކުރުވުމުން ކަމަށްވެސް ކޭއާރްއެޗް އިން މައުލޫމާތުދެއެވެ. އަދި އެ މީހާ މިހާރުވަނީ އޭނާގެ އާއިލާއާއެކު ކުޅުދުއްފުށި...