Skip to main content

admin

Writer
🌐 Network-Wide Bureau
390 Stories
61 Reads

Published on ތިލަދުން (Thiladhun) by admin

އިޒްރޭލުން ދިން ބޮމުގެ ޙަމަލާގައި ޣައްޒާގެ ތަޖުރިބާކާރު ދެ ޑޮކްޓަރަކު ޝަހީދުވެއްޖެ
International

އިޒްރޭލުން ދިން ބޮމުގެ ޙަމަލާގައި ޣައްޒާގެ ތަޖުރިބާކާރު ދެ ޑޮކްޓަރަކު ޝަހީދުވެއްޖެ

އިއްޔެ ހައްދުފަހަނައެޅި އިޒްރޭލުން ދިން ބޮމުގެ ޙަމަލާގައި ޣައްޒާގެ ތަޖުރިބާކާރު ދެ ޑޮކްޓަރަކު ޝަހީދުވެއްޖެއެވެ. ޑޮކްޓަރު މުއުމިން އަޙްމަދު އަލްޢައުލް އަދި ޑޮކްޓަރ އަޙްމަދު އައިމަން އަބޫ އަލްޢައުފް ނިރުބަވެރި އިޒްރޭލުން ދިން ޙަމަލާގައި ޝަހީދުވެފައިވާއިރު މިއީ ޢައްޒާއަށާއި މުޅި ފަލަސްތީނަށްވެސް ލިބުނު ބޮޑު ގެއްލުމެކެވެ. ވަށައިގެން ބަންދުވެފައިވާ ޣައްޒާއަށް ދިމާވެފައިވާ ޞިއްޙީ އެހީގެ ދަތިކަން މިބޮމުގެ ޙަމަލާގެ ސަބަބުން އިތުރު ގޮންޖެހުންތައް ކުރިމަތިވާނެ އެވެ. ޞިއްޙީ މަސައްކަތްތެރިންނާއި ޞިއްޙީ ޖަމި...

އިޒްރޭލަށް ވަރުގަދަ ފިލާވަޅެއް ދޭން ޖެހޭ: އުރުދުޢާން
International

އިޒްރޭލަށް ވަރުގަދަ ފިލާވަޅެއް ދޭން ޖެހޭ: އުރުދުޢާން

އިޒްރޭލަށް ވަރުގަދަ ފިލާވަޅެއް ދޭންޖެހޭ ކަމަށާއި ފަލަސްތީނުގެ ދިފާޢުގައި އިސްލާމީ ދުނިޔެ އެއްބައިވާންޖެހޭ ކަމަށް ތުރުކީގެ ރައީސް އުރުދުޢާން އިރާނުގެ ރައީސް ހަސަން ރޫހާނީއަށް ގުޅުއްވައި ވިދާޅުވެއްޖެއެވެ.  ފަލަސްތީނުގެ މާތް ބިމަށް މިހާރު އިޒްރޭލުން ދެމުންގެންދާ ހަމަލާތަކުން ކަންބޮޑުވެ އުރުދުޢާން ގެންދަވަނީ ދުނިޔޭގެ އެކި ޤައުމުގެ ވެރިންނަށް ފޯނުން ގުޅުއްވާ މަޝްވަރާކުރައްވަމުންނެވެ. ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ނުފޫޒުގަދަ ތުރުކީގެ ރައީސް އުރުދުޢާން އަބަދުވެސް ފެންނަނީ އިސްލާމީ އުއްމަތަށް ދިމާވާ ބޮޑ...

ނަކްބާގެ ބިރުވެރި ހާދިސާއަށް 73 އަހަރު!
Report

ނަކްބާގެ ބިރުވެރި ހާދިސާއަށް 73 އަހަރު!

މެއި  1948 ގައި ފަލަސްޠީނީން އެޤައުމުން ފަހާލައި އެ ނަސްލު ނައްތައިލުމުގެ ގޮތުން ލާއިންސާނީ ހަރަކާތްތަކެއް ހިންގުނެވެ. އެ ދުވަހުގެ ފަހުން ވަޒަނާއި ވަޠަން ގެއްލުމުގެ އިޙްސާސް ފަލަސްޠީނުގެ ރައްޔިތުން ތަޖުރިބާކުރާތާ މިހާރު 73 އަހަރުވެއްޖެއެވެ. މިއީ ނަކްބާ ގެ ނަމުން މަޝްހޫރުވި ހިތްދަތި ހާދިސާއެވެ. އެދުވަހު އިޒްރޭލްގެ ދައުލަތް ވުޖޫދަށް އައެވެ. މި ދައުލަތް އުފެދުމުގެ ފަހަތުގައި ވަނީ އަނިޔާވެރި ކަމާއެކު ފަލަސްޠީނުގެ ރައްޔިތުން އެބައިމީހުންގެ ވަޒަނާއި ވަޠަނުން ނެރެލާ ޔަހޫދީ އަޣްލަބިއްޔަތެއް އޮންނަދައުލަ...

ފިއްލަދޫ ކައުންސިލްގެ ރައީސް ހުވާކުރުން ހައި ކޯޓުން ހުއްޓުވައިފި
Thiladhunmathi News

ފިއްލަދޫ ކައުންސިލްގެ ރައީސް ހުވާކުރުން ހައި ކޯޓުން ހުއްޓުވައިފި

ހއ. ފިއްލަދޫ ކައުންސިލްގެ އިންތިޚާބީ ރައީސް މަގާމުގެ ހުވާކުރުން ފަސްކުރަން ހައި ކޯޓުން އަންގައިފި އެވެ. މިދިޔަ މަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި ފިއްލަދޫ ކައުންސިލްގެ ރައީސްކަމުގެ ގޮނޑި ކާމިޔާބުކުރީ އެމްޑީޕީގެ ކެންޑިޑޭޓް ފަތުހުﷲ ހަސަނެވެ. އޭނާއާ ވާދަކުރި ޕީޕީއެމްގެ ކެންޑިޑޭޓް މުހައްމަދު އިރުޝާދު ބަލިވީ އެއް ވޯޓުގެ ތަފާތުންނެވެ. އެ މައްސަލަ އިރުޝާދުގެ ފަރާތުން ހައި ކޯޓަށް ހުށަހަޅާފައިވާތީ ހައި ކޯޓުން މިއަދު އެންގީ އެ މައްސަލަ ނިމުމުގެ ކުރިން ފިއްލަދޫ ކައުންސިލްގެ ރައީސްގެ […]

އިޒްރޭލުން ދިން ހަމަލާއެއްގައި ޢައްޒާގެ އެއް އާއިލާއެއްގެ 10 މެމްބަރުން ޝަހީދުކޮށްލައިފި
International

އިޒްރޭލުން ދިން ހަމަލާއެއްގައި ޢައްޒާގެ އެއް އާއިލާއެއްގެ 10 މެމްބަރުން ޝަހީދުކޮށްލައިފި

ހައްދުފަހަނައެޅި އިޒްރޭލުން ދިން ހަމަލާއެއްގައި ޢައްޒާގެ އެއް އާއިލާއެއްގެ 10 މެމްބަރުން ޝަހީދުކޮށްލައިފި އެވެ.  އައްޒާގެ ރެފިއުޖީ ކޭމްޕަކަށް އަމާޒުކޮށް ދިން މިހަމާލާގައި އެއް އާއިލާއެއްގެ 10 މީހުން އެއް ރެއެއްގައި ޝަހީދުވެފައިވާއިރު މީގެ ތެރޭގައި 5 އަހަރުގެ ކުޑަކުއްޖަކުވެސް ހިމެނެއެވެ.  އިޒްރޭލު ސިފައިން މިއީ ހަމާސް އަށް އަމާޒުކޮށް ދެވުނު ހަމަލާއެއް ކަމަށް ބުނެފައިވި ނަމަވެސް ފަލަސްތީނުގެ ކުޑަކުދިންނާއި އަންހެނުނަށް ހަމާލާދިނުމުގެ ދިގު ތާރީހެއްއިޒްރޭލުގެ އޮވެއެވެ. އަލް ޝަބާބް ހަބަރު އެޖެންސީއިނ...

އިޒްރޭލުގައި ތިބި 120 އެމެރިކާ ސިފައިން ބާލައިފި
International

އިޒްރޭލުގައި ތިބި 120 އެމެރިކާ ސިފައިން ބާލައިފި

އިޒްރޭލުގައި ތިބި އެމެރިކާ ސިފައިންގެ 120 މީހުން ބާލައިފި އެވެ. ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިނގަމުންދާ ޢުދުވާނުގެ ރައްދުގައި އިޒްރޭލަށް ފަލަސްޠީނުގެ މުޖާހިދުން ކެނޑިނޭޅި ދެމުންދާ ޙަމާތައް ހީކުރި ވަރަށްވުރެ ވަރުގަދަވެ، މުޅި އިޒްރޭލުގައި ބިރުވެރިކަން ފެތުރެން ފެށުމާއެކު، އެތަނުގައި ހަރަކާތްތެރިވަމުން ދިޔަ އެމެރިކާގެ 120 ސިފައިން އަސްކަރީ ސީ-17 މަތިންދާބޯޓެއްގައި ޖަރުމަނުގައި ހުންނަ އެމެރިކާގެ އަސްކަރީ ބޭހަކަށްވަނީ ގެންގޮސްފަ އެވެ. އެމެރިކާގެ މި ފިޔަވަޅާއެކު އިޒްރޭލު ސަރުކާރުގެ ތ...

އިޒްރޭލުގެ އެތެރޭގައި އިޒްރޭލު ރައްޔިތުން ހަޅުތާލުކުރަނީ!
International

އިޒްރޭލުގެ އެތެރޭގައި އިޒްރޭލު ރައްޔިތުން ހަޅުތާލުކުރަނީ!

ލުއްދުގައި ބޮޑެތި މުޒާހަރާތަކާއި ހަޅުތާލުތައް ކުރިޔަށް ގޮސް، ކުއްލި ޙާލަތު އިޢުލާނުކޮށްފައި ވަނިކޮށް، ރާޙަތު އަދި ޤަލަންސުވާގައި ވެސް ހަމަނުޖެހުން ބޮޑުވެ ރައްޔިތުން ނުކުމެ އެކި ތަންތަން ލޫޓުވައި، ހުޅުޖަހަމުން އެބަ ދެއެވެ. ނަތަންޔާހޫގެ ތާއީދު އިޒްރޭލުގެ ރައްޔިތުންގެ މެދުގައި ވަނީ ކުޑަވެފައެވެ. އެކަން ޙައްލުކުރުމަށް ފަލަސްތީނުގެ އެތަންމިތަނަށް ޙަމަލާދީ މުސްލިމުން މެރުމުން މީގެ ކުރިން ތާއީދު އިތުރުވެ. ނަމަވެސް އެހެން ފަހަރުތަކާއި ޚިލާފަށް މިފަހަރުގެ ޙަމަލާތައް ޣައްޒާއަށް ދޭންފެށުމާއެކު އިޒްރޭލުގެ އ...

އިޒްރޭލުން ޣައްޒާގެ ތުއްތު ކުދިން ލޮލުފިޔަ ޖަހާލިޔަ ނުދޭ
International

އިޒްރޭލުން ޣައްޒާގެ ތުއްތު ކުދިން ލޮލުފިޔަ ޖަހާލިޔަ ނުދޭ

ހަމާސް ޖަމާޢަތުގެ އައު ޓެކްނޮލޮޖީތަކުގެ ސިހުމާއިއެކު އިއްޔެއާއި މިއަދު އިޒްރޭލުން ހިނގަމުންދާ ޖަރީމާތައް ވަނީ އިތުރަށް ވަރުގަދަކޮށްފައެވެ. އެކި ސަރަހައްދުތަކަށް ޙަމަލާދީ ގެތައް ދަނީ ބިމާ ހަމަކުރަމުންނެވެ. އެފަދަ އެއް ޙަމަލާގައި، ކުޑަ ދެކުދިންނާއި، އެ ކުދިންގެ މާބަނޑު މަންމަވެސް އެއްފަހަރާ ވަނީ ޝަހީދުކޮށްލާފައެވެ. މިހާތަނަށް 100 އެއްހާ މީހުން ވަނީ ޝަހީދުކޮށްލާފައެވެ. އޭގެ ތެރޭގައި ކުޑަކުދިންގެ ޢަދަދު ގިނައެވެ. ފުލުފުލުގައި ބޮމުގެ ޙަމަލާތައް ދެމުން ދިއުމާއި، ޑްރޯންތަކާއި ޖެޓުތަކުގެ ޙަރަކާތްތަކާއި...

މެޕްސް ކޮލެޖުން ހިންގާ އޮންލައިން ކޯސްތަކަށް އެޕްލައި ކުރުމުގެ ފުރުސަތު ޖޫން މަހުގެ 13 ގެ ނިޔަލަށް
Business

މެޕްސް ކޮލެޖުން ހިންގާ އޮންލައިން ކޯސްތަކަށް އެޕްލައި ކުރުމުގެ ފުރުސަތު ޖޫން މަހުގެ 13 ގެ ނިޔަލަށް

ސެޓްފިކެޓް ލެވެލްއިން ފެށިގެން ބެޗެލަރސް ޑިގްރީއާ ހަމައަށް އެކި ދާއިރާތަކުން ކިޔެވުމުގެ ތަފާތު ފުރުޞަތުތަކާއެކު ހުޅުވާލާފައިވާ މެޕްސް ކޮލެޖްގެ ޖޫން 2021 އިންޓޭކްގެ ކޯސްތަކުގެ ތެރޭގައި  ބިޒްނަސް މެނޭޖްމަންޓް، ހިއުމަން ރިސޯސް މެނޭޖްމަންޓް، މާރކެޓިންގ މެނޭޖްމަންޓް، އެކައުންޓިންގ، އިންފޯރމޭޝަން ޓެކްނޮލޮޖީ، ޓްރެވަލް އެންޑް ޓޫރިޒަމް، ޕްރޮޖެކްޓް މެނޭޖްމަންޓް އަދި ޕްރޮކިއުމަންޓް ލޮޖިސްޓިކްސް އެންޑް ސަޕްލައި ޗޭން މެނޭޖްމަންޓްގެ ކޯސްތައް ހިމެނެއެވެ. ޖޫން 2021 އިންޓޭކްގައި މެޕްސް ކޮލެޖުގެ އަމިއްލަ ކޯސްތަކު...

ޕޯސްޓެއް ޝެއަރ ކޮށްލައިގެން، ލަގްޒަރީ ސަފާރީއެއްގައި ރޯދަވީއްލުމުގެ ފުރުޞަތު!
Business

ޕޯސްޓެއް ޝެއަރ ކޮށްލައިގެން، ލަގްޒަރީ ސަފާރީއެއްގައި ރޯދަވީއްލުމުގެ ފުރުޞަތު!

ފޭސްބުކް ޕޯސްޓެއް ޝެއަރ ކޮށްލައިގެން، ލަގްޒަރީ ސަފާރީއެއްގައި 2 މީހަކަށް ރޯދަވީއްލުމުގެ ފުރުޞަތު މިނޫހުގެ ފަރާތުން މިވަނީ ހުޅުވާލާފަ އެވެ. މިއީ ހުޅުމާލޭގެ ވޮޑަމުއްލާ ކެފޭ އެންޑް ބިސްޓްރޯގެ ފަރާތުން މިރޯދަމަހާއި ގުޅިގެން ހުޅުވާލާފައިވާ ވަރަށް ހާއްސަ ފުރުޞަތެއްގެ ތެރެއިން މިނޫހުގެ ކިއުންތެރިންނަށް ދީފައިވާ ހާއްސަ ހަދިޔާއެކެވެ. މި ހާއްސަ ރޯދަވީއްލުން ބޭނުންވާ ފަރާތްތަކުން ގުރުއަތުލުމުގައި ބައިވެރިވާން ބޭނުންވާނަމަ “ތިލަދުން” ގެ ފޭސްބުކް ޕޭޖްއަށް ލައިކް ކުރެއްވުމަށްފަ އޮރިޖިނަލް ޕޯސްޓް އެހެން ފަރާތް...

އާތިފް: ކުޅުދުއްފުށި ސިޓީގެ މޭޔަރުކަމަށް ވަރުގަދަ ތަސައްވަރަކާއި އެކު!
Column

އާތިފް: ކުޅުދުއްފުށި ސިޓީގެ މޭޔަރުކަމަށް ވަރުގަދަ ތަސައްވަރަކާއި އެކު!

ކުޅުދުއްފުށި ސިޓީ ގެ ފުރަތަމަ މޭޔަރަކަށް ވުމުގެ އަޒުމާއި އެކު އެމްޑީޕީގެ ޓިކެޓްގައި މުޙައްމަދު އާތިފް ނުކުންނަނީ ވަރަށް ގިނަ އުންމީދު ތަކަކާއި އެކުގައެވެ. ކުޅުދުއްފުއްޓަށް ޚިދުމަތް ކުރުމަށް އަބަދުވެސް އާތިފްގެ ހިތުގައި އޮންނަ ލޯބި ޢަމަލީ ގޮތުން ދައްކަން ބޭނުންވެއެވެ. އެހެންކަމުން ކުޅުދުއްފުށި ސިޓީއަކަށްވުމާއި އެކު އެކަމަށް އަތުކުރި އޮޅާލާ އާތިފް ނުކުތެވެ. ކުޅުދުއްފުށީގެ އިޖްތިމާއީ އިޤްތިސާދީ އަދި ޢުމްރާނީ ގޮތުން ބަދަލުތަކެއް ސިޓީއެއްގެ ގޮތުގައި ގެނެސްދިނުމުގެ ބޭނުމުގައި ނުކުތުމުގެ ކުރިން ރަށުގެ...

މާލެ ބަނގުރަލުގެ ހާއްޔަކަށް: އިއްޔެ އެކަނިވެސް 17 ފުޅި ފުލުހުން އަތުލައިގަން
Raajje

މާލެ ބަނގުރަލުގެ ހާއްޔަކަށް: އިއްޔެ އެކަނިވެސް 17 ފުޅި ފުލުހުން އަތުލައިގަން

ބަނގުރަލުގެ ހާއްޔަކަށް ވެފައިވާ ގުރޭޓަރ މާލެެއިން އިއްޔެ އެކަނިވެސް 17 ބަނގުރާ ފުޅި އަތުލައިގަނެފައިވާކަމަށް ފުލުހުން ބުނެފި އެވެ. ފުލުހުން ބުނީ ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފުޅިތަކަކާއެކު ދެ ބިދޭސީއަކު ހައްޔަރުކޮށް މައްސަލަތައް ތަހުގީގު ކުރަން ފަށާފައިވާކަމަށެވެ. ފުލުހުން ބުނެފައިވަނީ މިމައްސަލަތަކާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 21 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 39 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއްކަމަށެވެ. އެދެމީހުންގެ ތެރެއިން 21 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ހުޅުމާލެ އެމްޕ...

ކުޅުދުއްފުށީ ސީޓީ ފުރަތަމަ މޭޔަރުކަން ވާނީ ކާކު؟
Column

ކުޅުދުއްފުށީ ސީޓީ ފުރަތަމަ މޭޔަރުކަން ވާނީ ކާކު؟

މިފަހަރުގެ ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލާއިރު އެންމެ ހާއްސަކަމެއް ލިބޭ އެއް ދާއިރާއަކީ ކުޅުދުއްފުށީ ސިޓީ އެވެ. ސިޓީއެއްގެ ދަރަޖަ ލިބުމަށްފަހު އެންމެ ފުރަތަމަ ފަހަރަށް ކައުންސިލް އިންތިހާބަށް ކުރިމަތިލާއިރު ކުޅުދުއްފުށި ސިޓީ ރައްޔިތުންނަށް ޖެހިފައިމިވަނީ އެސިޓީގެ ފުރަތަމަ މޭޔަރު ހޮވާށެވެ. އެބޮޑު ޒިންމާއަށް ކުޅުދުއްފުށީ ސިޓީ ތައްޔާރުވެފައިވާއިރު ސިޓީއެއްގެ ދަރަޖަ ލިބުމަށްފަހު ކުޅުދުއްފުށީ ސިޓީ ކައުންސިލްއަށް 6 ދާއިރާއަކަށް ކައުންސެލަރުން ހޮވަން ޖެހެއެެވެ. އެއީ ކުޅުދުއްފުށި އުތުރު ދާއިރާ...

ދަރިފުޅު ލައްވައި ޖިންސީ ގުޅުން ހިންގުވައިގެން 18 އަހަރަށް ޖަލަށްލި މަންމަ މިނިވަންކޮށްފި
Thiladhunmathi News

ދަރިފުޅު ލައްވައި ޖިންސީ ގުޅުން ހިންގުވައިގެން 18 އަހަރަށް ޖަލަށްލި މަންމަ މިނިވަންކޮށްފި

ހދ. އަތޮޅުގެ ރަށެއްގައި ދަރިފުޅު ލައްވައި އެހެން މީހަކާ އެކު ޖިންސީ ގުޅުން ހިންގުވި މަންމައަކު 18 އަހަރަށް ޖަލަށްލާފައި ވަނިކޮށް ހައި ކޯޓުން އިއްޔެ އޭނާ މިނިވަން ކޮށްފި އެވެ. 16 އަހަރުގެ އަންހެން ދަރިފުޅު ލައްވައި، އެކި ދުވަސް މަތިން އެހެން މީހަކާ ޖިންސީ ގުޅުން ހިންގުވަން ހިިތްވަރު ދީ މަގުފަހިކުރި މައްސަލައެއްގައި އެ ކުއްޖާގެ މަންމަ 18 އަހަރާއި 6 މަހަށް ޖަލަށްލީ އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ޖިންސީ އަމަލެއް ހިންގުވުމުގެ […]

އުތީމު އާދަމްބެ: ހިތަށް ނަލަ، ދުލަށް ފަހި ވަޒަންތަކުން ހައްދަވާ ފުރިހަމަ ޅެންވެރިކަމެއް
Column

އުތީމު އާދަމްބެ: ހިތަށް ނަލަ، ދުލަށް ފަހި ވަޒަންތަކުން ހައްދަވާ ފުރިހަމަ ޅެންވެރިކަމެއް

ދުނިޔޭގެ ޅެންވެރިންގެ ދުވަހުގެ މުނާސަބަތުގައި މި ގެނެސްދެނީ ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން 2016 އަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު އަދި ދިވެހި އަދަބިއްޔާތަށް ޚިދުމަތްކުރުމުގެ ދާއިރާއިން؛ ޅެންހެދުމުގެ ރޮނގުން 2004 ވަނަ އަހަރު ޢާންމުޚިދުމަތުގެ އިނާމު ހާސިލްކުރައްވާފައިވާ ތިލަދުންމަތީގެ ފަޙްރުވެރި ދަރިއެއްގެ ވާހަކަ އެވެ. ހއ. އުތީމު، އަލިމަސްގެ އަލްފާޟިލް އާދަމް ޢަބްދުއްރަޙްމާން ގެ ވާހަކަ އެވެ. އުތީމު އާދަމް ޢަބްދުއްރަޙްމާނަކީ، ކުޅަދާނަ ލިޔުންތެރިއެކެވެ. އަދީބެކެވެ. ކުޅަދާނަ ވާހަކަދެއްކުނ...