ޚިޔާލު ތަފާތުވެފައިވާ "ނަފުރަތުގެ އަމަލު" ބަޔާންކުރާ ބިލަށް އާންމުންގެ ޚިޔާލު ހޯދަނީ
ނަފްރަތު އުފެއްދުން މަނާ ކުރުމަށް, ޤާނޫނުލްއުޤޫބާތު އިސްލާހު ކުރުމަށް ހުށަހަޅާފައިވާ ބިލާ ގުޅޭގޮތުން އާންމުންގެ ޚިޔާލު ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުން ހުޅުވާލައިފިއެވެ. ރޭ މަޖިލީހުން ކުރި އިއުލާނެއްގައި ބުނެފައިވަނީ ބިލާ ގުޅޭގޮތުން ޚިޔާލެއް ނުވަތަ އިސްލާހެއް އޮތްނަމަ އަންނަ އަންގާރަ ދުވަހުގެ މެންދުރު 12ގެ ކުރިން މަޖިލީހަށް ލިޔުމުން ހުށަހެޅުމަށެވެ. ޚިޔާލު އީމެއިލް ކުރައްވާނީ judiciary_committee@majlis.gov.mv އަށެވެ. ގާނޫނުލްއުގޫބާތަށް 124 ވަނަ މާއްދާގެ މާއްދާއެއް އިތުރު ކުރުމަށް ސަރުކާރުގެ ފ...