ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޕޯސްޓުގެ ޚިދުމަތް ފަށަނީ
ގިނަ އަދަދެއްގެ ރައްޔިތުން ދިރިއުޅޭ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޕޯސްޓުގެ ޚިދުމަތް ފެށުމަށް މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން ތައްޔާރުވެއްޖެއެވެ. މި މަސައްކަތްތައް ފެށުމަށް ޕޯސްޓް ލިމިޓެޑުން މިހާރު ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޕޯސްޓްގެ ހިދުމަތް ދިނުމަށް ބޭނުންކުރާނެ އިމާރާތެއް ކުއްޔަށް ހިފުމަށް ބިޑަށް ހުޅުވާލާފައެވެ. ޕޯސްޓް ލިމިޓެޑުން ކުރި އިއުލާނެއްގައި ވަނީ ޕޯސްޓުގެ ހިދުމަތް ދިނުމަށް ބޭނުންކުރެވޭނެ އިމާރާތެއް ކުއްޔަށް ދޭން ޝައުޤުވެރިވާ ފަރާތްތަކުން ގެޒެޓް ކޮށްފައިވާ މަޢުލޫމާތު ޝީޓަށް ބިނާކޮށް...