ޓްރަމްޕްގެ ނުފޫޒާއެކު ބަލޯގަންގެ ސަސްޕެންޝަން އުވާލުމަކީ ފީފާއިން ރަތް ރޮނގު ހުރަސްކުރުން: ޔޫއެފާ
އެމެރިކާގެ ފޯވާޑް ފޮލަރިން ބަލޯގަން އަށް ދެއްކި ރަތް ކާޑާ ގުޅިގެން އައި ސަސްޕެންޝަން ފީފާއިން އުވާލުމަކީ “ރަތް ރޮނގު ހުރަސްކުރުން” ކަމަށް ބުނެ ޔޫރަޕްގެ ފުޓްބޯޅަ މައި އިދާރާ، ޔޫރަޕިއަން ފުޓްބޯޅަ ފެޑަރޭޝަން (ޔޫއެފާ)އިން ވަރުގަދަ ބަޔާނެއް ނެރެފިއެވެ. ޔޫރަޕްގެ ފުޓްބޯޅަ އިދާރާއިން ބުނި ގޮތުގައި ފުޓްބޯޅަ ބިނާވެފައިވަނީ އުސޫލުތަކުގެ މައްޗަށް ކަމަށާއި، އެއީ އިންސާފުވެރި އަދި ދެފުށް ފެންނަ މުބާރާތެއް ބޭއްވުމުގެ އަސާސެވެ. މިދިޔަ ޖުލައި މަހުގެ 1 ވަނަ ދުވަހު ބޮސްނިއާ-ހެރްޒެގޮވީނާއާ ދެކޮޅަށް ކުޅުނު […]