މާދަމާއިން ފެށިގެން މާލޭ ސިޓީގެ ގޭބިސީތަކުން ކުނި ނެރެންޖެހޭ ގަޑި ބަދަލުވާނެ
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ރޭގަނޑު ކުނި ނަގަން ފަށާ ގޮތަށް ގެންނަ ބަދަލު މާދަމާއިން ފެށިގެން ތަންފީޒު ކުރަން ފަށާނެއެވެ. ވެމްކޯއިން ވަނީ ޖެނުއަރީ 10 އިން ފެށިގެން މާލޭ ސިޓީގެ ގެތަކުން ކުނި ނެރެން ޖެހޭނީ ރޭގަނޑު 10:00 އާއި މެންދަމު 12:00 އާ ދެމެދު ކަމަށް ކުރިން ހާމަކޮށްފައެވެ. އެކަން ހާމަކުރުމަށް އެ ކުންފުނިން ބޭއްވި ބޭއްވި ނޫސްވެރިން ބައްދަލުވުމެއްގައި، 24 ޑިސެމްބަރު 2020 ވަނަ ދުވަހު، ވާހަކަ ދައްކަވަމުން ވެމްކޯގެ […]