ދިރާގު ޕްރޮންޓްލައިން ސްޓާފުންނަށް ވެކްސިން ދީފި
ދިރާގުގެ ޕްރޮންޓްލައިންގައި މަސައްކަތް ކުރާ ސްޓާފުންނަށް ކޯވިޑް-19ގެ ވެކްސިން ދީފިއެވެ. އެ ކުންފުނީގެ މުވައްޒަފުންނަށް ވެކްސިން ދީފައިވަނީ މިއަދު ސޯޝަލް ސެންޓަރުގައެވެ. މިއީ ސަރުކާރުން ޕްރޮންޓްލައިންގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ހާއްސަކޮށްފައިވާ ވެކްސިނުން ދިރާގަށް ހާއްސަކޮށްފައިވާ ބައެވެ. ދިރާގުން ބުނީ ކޯވިޑްގެ ތިންވަނަ ރާޅާއެކުވެސް އެ ކުންފުނިން މަސައްކަތް ކުރަނީ މެދުނުކެނޑި ކަސްޓަމަރުންނަށް ހިދުމަތް ދިނުމަށް ކަމަށެވެ. އަދި ހިދުމަތް ދިނުމުގައި ކުންފުނީގެ މުވައްޒަފުންނާއި ކަސްޓަމަރުންގެ...