Skip to main content

އަޙްމަދު ވަހީދު

Contributor
🇲🇻 ތިލަދުން Desk
4,048 Stories
2,662 Reads

Published on ތިލަދުން (Thiladhun) by އަޙްމަދު ވަހީދު

ރޯދަަ މަހު ވެމްކޯއިން ހިދުމަތް ދޭ ވަގުތުތައް އާއްމުކޮށްފި
Business

ރޯދަަ މަހު ވެމްކޯއިން ހިދުމަތް ދޭ ވަގުތުތައް އާއްމުކޮށްފި

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ ވޭސްޓް ޓްރާންސްފާ ސްޓޭޝަންތަކުން ރޯދަ މަހު ހިދުމަތްދޭ ގަޑިތަކަށް ބަދަލު ގެނެސް އިއުލާން ކޮށްފިއެވެ. މި ބަދަލާއެކު ތިލަފުއްޓާއި މާލެއާއި ވިލިމާލެއާއި ހުޅުމާލޭގެ ސްޓޭޝަންތައް ހުކުރު ދުވަސް ފިޔަވައި އެހެން ހުރިހާ ދުވަހަކު ހުޅުވާފައި ހުންނާނީ ހެނދުނު 10:00ންހަވީރު 5:00 އަށެވެ.  އަދި ރޭގަނޑު 8:00ން ދަންވަރު 3:00އަށެވެ. މި ސަރަހައްދުގެ ސްޓޭޝަންތައް ހުކުރު ދުވަހު ހުޅުވާފައި ހުންނާނީ މެންދުރު2:00ން ހަވީރު 5:00އަށް އަދި ރޭގަނޑު ރޭގަނޑު 8:00 ން ދަންވަރު […]

ތަރާވީސް ނަމާދު ކުރު ކުރަން ސައުދީން އަންގަފި
International

ތަރާވީސް ނަމާދު ކުރު ކުރަން ސައުދީން އަންގަފި

އިޝާ ނަމާދާއެކު ތަރާވީސް ނަމާދު ކުރަން 30 މިނެޓަށްވުރެ ގިނައިރު ހޭދަނުކުރުމަށް ސައުދިއަރަބިއްޔާގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންްޑް ދައުވާއިންއަންގައިފިއެވެ. ސައުދީން މި ފިޔަވަޅު އެޅީ ކޯވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުންނެވެ. އެހެން ގައުމުތަކުގައި ވެސް ތަރާވީސް ނަމާދު ކުރު ކުރަން ވަނީ އަންގައިފައެވެ. މީގެ ތެރޭގައިރާއްޖެ ވެސް ހިމެނެއެވެ. ސައުދީގެ އިސްލާމިކް އެފެއާޒް އެންޑް ދައުވާއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ތަރާވީސް ނަމާދު 10 ރަކުއަތަށް ކުރު ކުރަން ޖެހޭނެއެވެ. އަދި މި އަހ...

ފެރީ ބަންނަން ގަލްފް ކްރާފްޓާ ހަވާލުކޮށްފި
News

ފެރީ ބަންނަން ގަލްފް ކްރާފްޓާ ހަވާލުކޮށްފި

“އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް” މަޝްރޫޢުގެ ދަށުން ހައި ސްޕީޑް ފެރީ ނިޒާމުގެ ހިދުމަތަށް ބޭނުންވާ ސްޕީޑް ފެރީތައް ބަނުމަށް ގަލްފް ކްރާފްޓްމޯލްޑިވްސް އާއި ހަވާލުކޮށްފިއެވެ. މިކަމަށްޓަކައި މިއަދު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އަލްފާޟިލް އާދަމް އާޒިމްއެވެ. އަދި ގަލްފް ކްރާފްޓްމޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗެއަރމަން މުޙައްމަދު ޙުސައިން އަލްޝާލީއެވެ. އެމްޓީސީސީން ގަލްފް ކްރާފްޓާ ހަވާލުކުރީ 17 ސްޕީޑް ފެރީއެއް ބަނުމ...

ކޮވިޑާ ހެދި މާފަރާއި މުމްބާއީއާ ދެމެދުގެ ދަތުރު ފަސްކޮށްފި
Business

ކޮވިޑާ ހެދި މާފަރާއި މުމްބާއީއާ ދެމެދުގެ ދަތުރު ފަސްކޮށްފި

ގައުމީ އެއާލައިން މޯލްޑިވިއަން އިން ނ. މާފަރުން އިންޑިއާގެ މުމްބާއީ އާ ދެމެދު ސީދާ ދަތުރުތައް ފެށުން ފަސްކޮށްފިއެވެ. މޯލްޑިވިއަންއިން ކުރިން ނިންމީ މި މަހުގެ13 ވަނަ ދުވަހު މާފަރު އިންޓަނޭޝަނަލް އެއާޕޯޓުން ސީދާ ދަތުރުތައް ފެށުމަށެވެ. ނަމަވެސް މިހާރު އެ ދަތުރުތައް ފަށާނީއަންނަ މަހުގެ ނުވަ ވަނަ ދުވަހު ކަމަށް މޯލްޑިބިއަނުން ބުންޏެވެ. މޯލްޑިވިއަން އިން މާފަރާއި މުމްބާއީއާ ދެމެދު ހަފްތާއަކު ތިން ދަތުރު ކުރުމަށް ވްނީ ހަމަޖައްސާފައެވެ. އެއީ ހުކުރު، އާދިއްތަ އަދި އަންގާރަ […]

ވެމްކޯ ސައިޓުގައި ހުރި މިސްކިތް ބޮޑުކޮށް އަލުން ހުޅުވައިފި
News

ވެމްކޯ ސައިޓުގައި ހުރި މިސްކިތް ބޮޑުކޮށް އަލުން ހުޅުވައިފި

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ މާލޭގެ ވޭސްޓް ޓްރާންސްފާ ސެންޓަރުގައި ހުރި މިސްކިތުގެ ޖާގަ ބޮޑުކޮށް އަލުން ހުޅުވައިފިއެވެ. މި މިސްކިތް ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ގެ ނައިބު ޝާފިއު އަލީއެވެ. އަދި އިމާމްވެ ނަމާދު ކުރެއްވީ އިސްލާމީ މަރުކަޒުގެ އިމާމް އައްޝައިޚްއިބްރާހީމް ރަޝީދު ހަސަނެވެ. އެ ކުންފުނިން ބުނިގޮތުގައި ޖާގަ ބޮޑުކޮށް މި މިސްކިތް އަލުން ހުޅުވީ ރޯދަ މަހާ ގުޅިގެންނެވެ. އެގޮތުންމިހާރު ވުޞޫ ކުރެވޭނެ އިންތިޒާމްވެސް ހަމަޖެހިފައިވާނެ ކަމަށް އެކުންފުނިން […]

ރާނީގެ ފިރިކަލުން ޕްރިންސް ފިލިޕް އަވަހާރަވެއްޖެ
International

ރާނީގެ ފިރިކަލުން ޕްރިންސް ފިލިޕް އަވަހާރަވެއްޖެ

އިނގިރޭސި ވިލާތުގެ ރާނީ ކުއީން އެލިޒަބަތުގެ ފިރިކަލުން ޕްރިންސް ފިލިޕް އަވަހާރަވެއްޖެއެވެ. އޭނާ އަވަހާރަވީ އުމުރުފުޅުން 99 އަހަރުގައެވެ. އޭނާ އަވަހާރަވިކަން މިއަދު ބަކިންހަމް ޕެލަސް އިން ވަނީ އިއުލާންކޮށްފައެވެ. ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދިން ޕްރިންސް ފިލިޕްގެ ހިތްޕުޅުގެ އޮޕަރޭޝަނެއް ވެސް ދާދި ފަހުން ވަނީ ކޮށްފައެވެ. ފިލިޕަށް ވަނީ މަހެއްހާ ދުވަހު ހޮސްޕިޓަލްގައިފަރުވާ ދީފައެވެ. “ލޮބުވެތި ފިރިކަލުން ހިޒް ރޯޔަލް ހައިނެސް ދަ ޕްރިންސް ފިލިޕް، ޑޫކް އޮފް އެޑިންބަރާ އަވަހާރަވިކަން ވަރަށް ފު...

ބީއެމްއެލް ސެލްފް ސާވިސް އޭޓީއެމެއް މަކުނުދޫގައި ހުޅުވައިފި
Thiladhunmathi News

ބީއެމްއެލް ސެލްފް ސާވިސް އޭޓީއެމެއް މަކުނުދޫގައި ހުޅުވައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހދ. އަތޮޅަށް ކުރަމުން އަންނަ އިންވެސްޓުމަންޓުގެ ދަށުން މަކުނުދޫގައި ސެލްފް ސާވިސް އޭޓީއެމެއް ހުޅުވައިފިއެވެ. މި ހިދުމަތް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފަރކުރުމުގެ ހިދުމަތް ލިބިގެންދާނެއެވެ. މި ފެށުނު އޭޓީއެމް ހިދުމަތާއެކު މިވަގުތު ހދ. އަތޮޅުގެ ތިން ރަށެއްގައި އެންމެ ޒަމާނީ އޭޓީއެމްގެ ހިދުމަތް ބޭންކުން ދަނި ފޯރުކޮށްދެމުންނެވެ. މީގެ ތެރޭގައި ކުޅުދު...

މިފްކޯ މަސްދަޅު ކޭސް ޑެލިވަރީގެ ހިދުމަތް އައިބީއެމާ ހަވާލުކޮށްފި
Business

މިފްކޯ މަސްދަޅު ކޭސް ޑެލިވަރީގެ ހިދުމަތް އައިބީއެމާ ހަވާލުކޮށްފި

މިފްކޯ މަސްދަޅު ކޭސް ޑެލިވަރީގެ ހިދުމަތް އައިލެންޑް ބެވަރެޖަސް މޯލްޑިވްސް (އައިބީއެމް) އާ ހަވާލުކޮށްފިއެވެ. އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އައިބީއެމްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރި އިބްރާހިމް އަންވަރެވެ. އަދި މިފްކޯގެފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީއެވެ. އައިބީއެމުން ބުނިގޮތުގައި މިއީ މިފްކޯގެ އުފެއްދުންތައް އަވަހަށް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް ވި އެއްބަސްވުމެކެވެ. އެހެންކަމުން މިހާރު އައިބީއެމްމެދު...

އުރީދޫ ސުޕަނެޓް ހިތާދޫއަށް
Business

އުރީދޫ ސުޕަނެޓް ހިތާދޫއަށް

އުރީދޫގެ ފިކްސްޑް ބްރޯޑްބޭންޑް ހިދުމަތް، އުރީދޫ ސުޕަރނެޓް ބ. ހިތާދޫއަށް ތައާރަފުކޮށްފިއެވެ. މިއީ ރާއްޖޭގެ އެންމެ ހަލުވި އިންޓަނެޓް ސްޕީޑު ކަމަށްވާ 100 އެމްބީޕީއެސްއާ ހަމައަށް އިންޓަނެޓު ލިބޭ ހިދުމަތެވެ. ކަސްޓަމަރުންގެ ބޭނުންތަކަށްފަރުމާކޮށްފައިވާހަލުވިސްޕީޑުގެ އިންޓަނެޓް ޕެކޭޖްތައް މި ހިދުމަތް ބޭނުންކުރާ ކަސްޓަމަރުންނަށް ލިބޭނެއެވެ. ހިތާދޫއަށް މި ހިދުމަތް ތައާރަފު ކުރުމާއެކު އެ ރަށުން އެންމެ ފުރަތަމަ ހިދުމަތަށް އެދޭ 20 މީހުންނަށް މައިކްރޮސޮފްޓް 360 ލައިސެންސް ލިބޭނެއެވެ. އުރީދޫގެ އެކްޓިން ޗީފް ކ...

ހޯރަފުށީގެ މަގު ހެދުމުގެ މަޝްރޫއު އެމްޓީސީސީއަށް
Thiladhunmathi News

ހޯރަފުށީގެ މަގު ހެދުމުގެ މަޝްރޫއު އެމްޓީސީސީއަށް

ހއ. ހޯރަފުށީގެ މަގު ހެދުމުގެ  މަޝްރޫއުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފި އެވެ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާ ސްޓްރަކްޗާގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އޮޕަރޭޓިން އޮފިސަރު ޝާހިދު ހުސައިން މުސާއެވެ. އަދި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ޕާމަނަންޓްސެކްޓްރީ ޒީނިޔާ އަހުމަދު ހަމީދެވެ. މި މަޝްރޫއު އެމްޓީސީސީއާ ހ...

ހެނބަދޫ ފެނުގެ ނިޒާމުގެ މަސައްކަތް ފަށައިފި
Business

ހެނބަދޫ ފެނުގެ ނިޒާމުގެ މަސައްކަތް ފަށައިފި

ނ. ހެނބަދޫ ފެނުގެ ނިޒާމުގެ މަސައްކަތް ފަށައިފިއެވެ. މި މަސައްކަތް ކުރިއަށް ގެންދާނީ މޯލްޑިވްސް ވޯޓާ އެންޑް ސްވަރެޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިންނެވެ. މި މަމަޝްރޫއަށް 41.36 މިލިއަން ރުފިޔާ ހަރަދުވާނެކަމަށް އެ ކުންފުނިން ވަނީ ލަފާކޮށްފައެވެ. ހެނބަދޫގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް ފައްޓަވައިދެއްވީ އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހާއި ކެނދިކުޅުދޫ ދާއިރާގެމެމްބަރު އަހުމަދު އީސާ އާއި އެ ރަށުގެ ކައުންސިލް ރައީސް އާދަމް ސަމީރެވެ. މި ރަސްމިއްޔާތުގައި އެމްޑަބްލި...

ތިލަދުންމަތި ދިއްދޫ ބަނދަރު ބޮޑު ކުރުމަށް ސައިޓު މޮބިލައިޒް ކޮށް
Thiladhunmathi News

ތިލަދުންމަތި ދިއްދޫ ބަނދަރު ބޮޑު ކުރުމަށް ސައިޓު މޮބިލައިޒް ކޮށް

ހއ. ދިއްދޫ ބަނދަރު ބޮޑުކުރުމާއި ޖެޓީ ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ގޮތުން ސައިޓް މޮބިލައިޒްކޮށްފިއެވެ. އެ މަސައްކަތް ފެށުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ވަނީ ސައިޓް މޮބިލައިޒްކުރުމުގެ ގޮތުން ހާއްސަރަސްމިއްޔާތެއް ދިއްދޫގައި ވަނީ ބާއްވާފައެވެ. މި ރަސްމިއްޔާތުގައި، ޕްރޮޖެކްޓް ހަވާލުކޮށްފައިވާ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އާއި އެމްޓީސީސީގެ އިސްވެރިންބައިވެރިވެވަޑައިގެންނެވިއެވެ. ދިއްދޫ ބަނދަރު ބޮޑުކުރުމާއި ޖެޓީ ހެދުމުގެ މަޝްރޫއުގެ ދ...

ހޯރަފުށި ފެރީ ޓާމިނަލުގެ ބިންގާ އަޅައިފި
Thiladhunmathi News

ހޯރަފުށި ފެރީ ޓާމިނަލުގެ ބިންގާ އަޅައިފި

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހއ. ހޯރަފުށީ ފެރީ ޓާރމިނަލް ބިންގާ އަޅައި އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ. މި ރަސްމިއްޔާތުގައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްއާއި އެމްޓީސީސީގެ އިސްވެރިންނާއި، ހޯރަފުށީ ދާއިރާގެ މެމްބަރު އަޙުމަދު ސަލީމާއި، ހޯރަފުށީ ކައުންސިލްގެރައީސް މުޙައްމަދު ވަހީދު ބައިވެރިވެވަޑައިގެންނެވިއެވެ. މި ޓަރމިނަލަކީ ދިވެހިރާއްޖެ ހައި -ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމަށް ފަރުމާކޮށްފައިވާ “އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް” މ...

ހެނބަދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ފަށައިފި
Business

ހެނބަދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ފަށައިފި

ނ. ހެނބަދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ޕްރޮޖެކްޓް ސައިޓް މޮބިލައިޒް ކުރުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ. މި ރަސްމިއްޔާތުގައި އެމްޓީސީސީގެ ޗެއަރމަން މުޙައްމަދު ފަހީމާއި، ސީއީއޯ އާދަމް އާޒިމްއާއި އެމްޓީސީސީގެ އިސްވެރިންނާއި، ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދުއީސާ ބައިވެރިވެވަޑައިގެންނެވިއެވެ. ސަތޭކަ ދުވަހުގެ ތެރޭގައި ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މި މަޝްރޫއަކީ ފަސް މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. ނ. ހެނބަދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގ...

ޕިކާސޯގެ މި ކުރެހުން 55 މިލިއަން ޑޮލަރަށް ވިއްކާލަނީ
International

ޕިކާސޯގެ މި ކުރެހުން 55 މިލިއަން ޑޮލަރަށް ވިއްކާލަނީ

މަޝްހޫރު ކުރެހުންތެރިޔާ ޕަބްލޯ ޕިކާސޯގެ ކުރެހުމެއް 55 މިލިއަން ޑޮލަރަށް ނީލަމުގައި ވިއްކާލަން ނިންމައިފިއެވެ. މި ކުރެހުމަކީ ޕިކާސޯގެ ޒުވާން އިރުގެ ލޯބިވެރިޔާ، މެރީ ޓެރެސާ ހާއްސަކޮށްގެން ކުރެހި ކުރެހުމެކެވެ. މި ކުރެހުމުގައި ފެންނަނީ އޭނާގެ ލޯބިވެރިޔާ ކުޑަދޮރެއްގެ ކައިރީގައި އިށީންދެލައިގެން އިންނަ މަންޒަރެވެ. ޕިކާސޯ މި ކުރެހުން ތައްޔާރުކޮށްފައިވަނީ 1932 ވަނަ އަހަރުގައެވެ. އެއީ އޭނާގެ ހަޔާތަށް ބޮޑެތި ބަދަލުތަކެއް އައި އަހަރެކެވެ. އޭރު އޭނާއަށް 50 އަހަރެވެ. މި ކުރެހުން ވިއްކާލަން ބާއްވާ ނީލަން […]