Skip to main content

އިބްރާހިމް ޚަލީލް

Viewer
🇲🇻 ތިލަދުން Desk
3,613 Stories
287 Reads

Published on ތިލަދުން (Thiladhun) by އިބްރާހިމް ޚަލީލް

ޗެމްޕިއަން ޓީމަށް 50000 ރުފިޔާ ދޭ، ތިލަދެކުނު ވޮލީބޯޅަ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި
Thiladhunmathi News

ޗެމްޕިއަން ޓީމަށް 50000 ރުފިޔާ ދޭ، ތިލަދެކުނު ވޮލީބޯޅަ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި

ހދ.އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ “ތިލަދެކުނު ވޮލީބޯޅަ މުބާރާތް 2025” ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ހދ.އަތޮޅުގެ ކްލަބް، ޖަމިއްޔާތަކުގެ އަންހެން އަދި ފިރިހެން ޓީމްތަކަށެވެ. މި އަހަރުގެ މުބާރާތް ބޭއްވުމަށް ހަމަޖެހިފައި ވަނީ ހދ.ނައިވާދޫގައެވެ. މުބާރާތް ފެށުމަށް ތާވަލުކޮށްފައި ވަނީ މި މަހުގެ 24 ވަނަ ދުވަހުއެވެ. މުބާރާތުގައި ބައިވެރިވާން ބޭނުންވާ ޓީމްތަކުން މި މަހުގ...

ހާފިޒުންގެ އެލަވަންސް ބޮޑުކޮށް، ޖަމާކުރަން ފަށައިފި
Raajje

ހާފިޒުންގެ އެލަވަންސް ބޮޑުކޮށް، ޖަމާކުރަން ފަށައިފި

ކީރިތި ޤުރުއާން ހިތުދަސްކޮށް ހާފިޒުކަމުގެ ސަނަދު ހާސިލްކުރާ ފަރާތްތަކަށް ދެމުން އަންނަ އެލަވަސް ބޮޑުކޮށް، ޖަމާކުރަން ފަށައިފިއެވެ. ކުރިން ހާފިޒުންނަށް ސަރުކާރުން ދެމުން އައީ 2000 ރުފިޔާގެ އެލަވަންސްއެކެވެ. ނަމަވެސް އެ އަދަދު މިހާރު ވަނީ 4000 ރުފިޔާއަށް ބަދަލުކޮށްފައެވެ. ހާފިޒުންނަށް ދޭ އެލަވަންސް ދެގުނަ ބޮޑުކުރެއްވުމަށް ވަޒީރުންގެ މަޖިލީހުގައި މަޝަވަރާ ކުރެއްވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ނިންމަވައި، އެކަން އިއުލާން ކުރައްވާފައިވަނީ މި އަހަރުގެ ޖޫން މަހުގެ 24 ވަނަ ދުވަހު...

ބޮޑެތި އަދި ދާއިމީ ބަލިތަކަށް ބޭސްފަރުވާ ކުރާ މީހުންނަށް އާރުޓީއެލްގައި ހިލޭ ދަތުރުކުރެވޭނެ ގޮތް ހަދަނީ
Raajje

ބޮޑެތި އަދި ދާއިމީ ބަލިތަކަށް ބޭސްފަރުވާ ކުރާ މީހުންނަށް އާރުޓީއެލްގައި ހިލޭ ދަތުރުކުރެވޭނެ ގޮތް ހަދަނީ

ބޮޑެތި އަދި ދާއިމީ ބަލިތަކަށް ބޭސްފަރުވާ ކުރާ މީހުންނަށް، ސިއްހީ އެކިއެކި ހިދުމަތްތައް ހޯދަން އާރުޓީއެލް ފެރީގައި ހިލޭ ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ނިންމާފައިވާ ކަމުގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް ޔާސިރް ވިދާޅުވެއްޖެއެވެ. ޑެޕިއުޓީ މިނިސްޓަރ ޔާސިރް މިހެން ވިދާޅުވެފައި ވަނީ ދައުލަތުގެ މީޑިއާ، ޕީއެސްއެމް އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައެވެ. ޔާސިރު ވިދާޅުވީ ބޭސްފަރުވާ ހޯދުމަށް އާރްޓީއެލް ފެރީގައި ކުރާ ދަތުރުތައް ހިލޭ ކުރެވޭނެ ގޮތް ހަމަޖެއްސުމުގެ މަސައްކަ...

ހަނިމާދޫއަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލަ ކަންބޮޑުވާ ދަރަޖައަށް
Thiladhunmathi News

ހަނިމާދޫއަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލަ ކަންބޮޑުވާ ދަރަޖައަށް

ހދ.ހަނިމާދޫއަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލަ މިހާރު ކަންބޮޑުވާ ދަރަޖައަށް ގޮސްފައިވާ ކަމުގައި، ހަނިމާދޫ ކައުންސިލްގެ ރައީސް އަބްދުއްސައްތާރު ހަސަން ވިދާޅުވެއްޖެއެވެ. މި ނޫހަށް މައުލޫމާތު ހިއްސާކުރައްވަމުން ރައީސް އަބްދުލްސައްތާރު ހަސަން ވިދާޅުވީ ހަނިމާދޫގެ ބަނދަރުގެ އުތުރުފަރާތުގެ ގޮނޑުދޮށް ގިރުމަކީ ކޮންމެ އަހަރެއްގެ ވެސް ހުޅަނގު މޫސުމުގައި ދިމާވަމުން އަންނަ ކަމެއް ނަމަވެސް މި އަހަރު އެ ސަރަހައްދު އާދަޔާ ހިލާފަށް ބޮޑަށް ގިރަމުން އަންނަ ކަމަށެވެ. އެތަނުގެ ހާލަތު މިވަގުތު އޮތްގޮތް ސިފަކޮށްދެ...

މަނަފަރުން ކުނި ބަރުކޮށްގެން ތިލަފުއްޓަށް ދަތުރުކުރި ދޯންޏެއް ފަރަށް އަރައިފި
Raajje

މަނަފަރުން ކުނި ބަރުކޮށްގެން ތިލަފުއްޓަށް ދަތުރުކުރި ދޯންޏެއް ފަރަށް އަރައިފި

ހއ. އަތޮޅުގައި އޮންނަ މަނަފަރު ރިސޯޓުން ކުނި ބަރުކޮށްގެން، 3 މީހުންނާއިއެކު ކ.ތިލަފުށްޓަށް ދަތުރުކުރަމުންދިޔަ ދޯންޏެއް ފަރަށް އަރައިފިއެވެ. މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނީ ދިވެއްސަކާއި ދެ ބިދޭސީންނާ އެކު ދަތުރުކުރަމުންދިޔަ “ގުރުވަ1 ” ނަމަކަށް ކިޔާ ދޯނި ނ.ކުޑަރަށް ކައިރިން ފަރަށް އެރި ކަމުގެ މައުލޫމާތު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއަށް ލިބިފައިވަނީ އޮގަސްޓި 1 ވަނަ ދުވަހުގެ ރޭ 23:24 ހާއިރު ކަމަށެވެ. މި ހާދިސާގެ […]

ބޮޑުތިލަދުންމަތީގައި ހުރި ތަރިކަތަކުން އާމްދަނީ ހޯދުމާގުޅޭ މަޝްވަރާ ބައްދަލުވުމެއް
Thiladhunmathi News

ބޮޑުތިލަދުންމަތީގައި ހުރި ތަރިކަތަކުން އާމްދަނީ ހޯދުމާގުޅޭ މަޝްވަރާ ބައްދަލުވުމެއް

ބޮޑުތިލަދުންމަތީގައި ހުރި ތަރިކަތައް ހިމާޔަތްކޮށް، ތަރިކައިން އާމްދަނީ ހޯދުމާގުޅޭ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ. އިގުތިސާދު ސިންދަފާތުކުރުމާއި ފަތުރުވެރިކަން ސިންދަފާތުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ބޮޑުތިލަދުންމަތީގައި ހުރި ތަރިކަތައް ހިމާޔަތްކޮށް، އެ ތަރިކަތައް ފަތުރުވެރިންނަށް ވިއްކުމުގެ ހާއްސަ މަސައްކަތްތަކެއް ފެށުމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާއި ބެހޭ ވުޒާރާއިން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން މި މަސައްކަތުގެ އަ...

''ޤުރްއާން ހިތުދަސްކުރުމަކީ އެހެނިހެން އިލްމުތައް ހާސިލުކުރުމަށް ފަސޭހަވާނޭ ކަމެއް''
Religion

''ޤުރްއާން ހިތުދަސްކުރުމަކީ އެހެނިހެން އިލްމުތައް ހާސިލުކުރުމަށް ފަސޭހަވާނޭ ކަމެއް''

ކީރިތި ޤުރުއާން ހިތުދަސް ކުރުމަކީ އެހެނިހެން އިލްމުތައް ހާސިލްކުރުމަށް ފަސޭހަވެގެންދާނޭ ކަމެއްކަމުގައި މިއަދުގެ ހުކުރު ހުތުބާގައި ވިދާޅުވެއްޖެއެވެ. ޤުރްއާން ހިތުދަސްކުރުމަކީ އެހެނިހެން އިލްމުތައް ހާސިލުކުރާން ފަސޭހަވާނޭ ކަމެކެކަން ފާހަގަކުރައްވައި ހުތުބާގައި ވިދާޅުވީ އުންމަތުގެ ސަލަފުން އެ ބޭކަލުންގެ ދުވަސްވަރުގައި ހަދީޘް އިލްމު އުނގަންނަވައިދެއްވުމުގައި އެ ބޭކަލުންގެ ދަރިވަރުން ކީރިތި ޤުރްއާން ހިތުދަސްކުރުން ލާޒިމުކުރެއްވި ކަމަށެވެ. އެގޮތުން اَلْإِمَامُ النَّوَوِيْ رَحِمَهُ اللهُ ވިދާޅުވެފައިވެ...

އިންޒާރުގެ މެސެޖު ނުޖަހައި ދުންފަތުގެ އެއްވެސް ބާވަތެއް އެތެރެނުކުރެވޭގޮތަށް އިސްލާހެއް
Raajje

އިންޒާރުގެ މެސެޖު ނުޖަހައި ދުންފަތުގެ އެއްވެސް ބާވަތެއް އެތެރެނުކުރެވޭގޮތަށް އިސްލާހެއް

އިންޒާރުގެ މެސެޖު ނުޖަހައި ދުންފަތުގެ އެއްވެސް ބާވަތެއް ރާއްޖެ އެތެރެނުކުރެވޭގޮތަށް ގަވައިދު އިސްލާހުކޮށްފިއެވެ. ހީޓެޓް ޓޮބޭކޯ ޕްރޮޑަކްޓްސްއާއި ނިކޮޓިން ޕައުޗް އިތުރުކޮށް، ދުންފަތުގެ ބާވަތްތައް ޕެކެޓުކޮށް، ލޭބަލް ޖެހުމާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ “ޑިޒައިން އެންޑް ރިކުއާމަންޓްސް ފޯ ހެލްތު ވާނިން” ގެ ފުރަތަމަ އިސްލާހު ގެޒެޓުކުރީ މިދިޔަ ބުރާސްފަތި ދުވަހެވެ. ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނާއި ދުންފަތް ކޮންޓްރޯލްކުރުމާ ގުޅޭ އާންމު ގަވާއިދުގައި، ރާއްޖެ އެތެރެކުރާ ދުންފަތުގެ ބާވަތްތަކާއި ރާއްޖޭ...

ހަނިމާދޫ ކައުންސިލުން ހިލޭ ހިންގާ ކުރު ކޯސްތަކުގައި ބައިވެރިވާން ހުޅުވާލައިފި
Thiladhunmathi News

ހަނިމާދޫ ކައުންސިލުން ހިލޭ ހިންގާ ކުރު ކޯސްތަކުގައި ބައިވެރިވާން ހުޅުވާލައިފި

ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލުން ހިންގާ ކުރުމުއްދަތުގެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ޖުމްލަ ނުވަ ކޯހެއްގައި ބައިވެރިވާން ހުޅުވާލާފައިވާއިރު، މި ހުރިހާ ކޯހެއްވެސް ކުރިއަށް ގެންދަނީ ހަތް ދުވަހުގެ މުއްދަތަށެވެ. އަދި މި ކޯސްތަކުގައި ބައިވެރިވާ ބައިވެރިންގެ އަތުން އެއްވެސް ފީއެއް ނުނަގާނެއެވެ. ކޯސްތަކުގެ މައުލޫމާތު ޅެންހަދަން ދަސްކޮށްދޭ ބޭސިކް ލެވެލް – ސްކޫލް ދަރިވަރުންނަށް ހާއްސަ 30 ޖާގަ، އެހެނިހެން 30 ޖާގަ ބަނދި ހަދަން ދަސްކޮށްދޭ ބޭސިކް ލެވެލް – ސްކޫލް ދަރިވަރު...

ފަސޭހަކަމާއި އެކު ޕީއެސްޖީ ބަލިކޮށް، ޗެލްސީ ދުނިޔޭގެ ރަސްކަމަށް
Sports

ފަސޭހަކަމާއި އެކު ޕީއެސްޖީ ބަލިކޮށް، ޗެލްސީ ދުނިޔޭގެ ރަސްކަމަށް

ޔޫރަޕްގެ ޗެމްޕިއަން ޕީއެސްޖީ 3-0 އިން ބަލިކޮށް ޗެލްސީ ކްލަބް ވޯލްޑް ކަޕް ކާމިޔާބު ކޮށްފިއެވެ. އެމެރިކާގެ މެޓްލައިފް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗު ފަށައިގެން ޗެލްސީން ކުރިއަށް ޖެހިގެން ކުޅެމުންދިޔައިރު، ޕީއެސްޖީން ވެސް ލިބޭ ފުރުސަތުގައި އެޓޭކް ކުރެވޭތޯ ބަލަމުންދިޔައެވެ. އެ ގޮތުން، ޗެލްސީގެ ޑެޒީރޭ ޑުއޭ އަށް ލިބިގެންދިޔަ ފުރުސަތުގައި ބޭނުން ނުކުރެވިދިޔައިރު، ޑުއޭ ޖެހި ބޯޅައެއް ޗެލްސީގެ ކީޕަރު، ރޮބާޓް ސަންޗޭޒް ވަނީ މަތަކޮށްފައެވެ. ޗެލްސީ މި މެޗުގައި ޖެހި ތިން ލަނޑު […]

ށ.އަތޮޅު ކައުންސިލުން މި އަހަރު މާލީ އެހީދޭ ޖަމިއްޔާތަކާއިއެކު ސޮއިކޮށްފި
Thiladhunmathi News

ށ.އަތޮޅު ކައުންސިލުން މި އަހަރު މާލީ އެހީދޭ ޖަމިއްޔާތަކާއިއެކު ސޮއިކޮށްފި

ށ.އަތޮޅުގެ ރަށްތަކުގައި އިޖްތިމާއީ ހަރަކާތް ހިންގަން ފަންޑް ދިނުމަށް އެ އަތޮޅު ކައުންސިލުން ހުޅުވާލި ފުރުސަތުގެ ދަށުން ހުށަހެޅި ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ހޯދި ދެ ޖަމިއްޔާ އަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އެއްބަސްވުމުގައި އަތޮޅު ކައުންސިލާއި އެ ޖަމިއްޔާތަކާއި ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މި އަހަރު ހޮވާފައިވާ ދެ ޖަމިއްޔާއަކީ ފޯކައިދޫ ބްލަޑް ބްރަދާސް އާއި ނަރުދޫ ރަމްޒު ޖަމިއްޔާއެވެ. މިކަމަށް ހުޅުވާލި ފުރުސަތުގައި ނަރުދޫ ރަމްޒް ޖަމިއްޔާއިން ޕްރޮޕޯސަލް ކާމިޔާބުކ...

މޫސުން ގޯސްވުމުން މޫދު ކުޅިވަރުތައް މަޑުޖައްސާލަން ފުލުހުން އިލްތިމާސްކޮށްފި
Raajje

މޫސުން ގޯސްވުމުން މޫދު ކުޅިވަރުތައް މަޑުޖައްސާލަން ފުލުހުން އިލްތިމާސްކޮށްފި

މިހާރު ގަދަވަޔާއިއެކު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން، މޫދު ކުޅިވަރުތައް މަޑުޖައްސާލަން ދިވެހި ފުލުހުންގެ އިދާރައިން އިލްތިމާސް ކޮށްފިއެވެ. މިކަން ހާމަކޮށް މިއަދު ފުލުހުން ވިދާޅުވީ މޫސުން ގޯސްވަގުތަކަށްވާތީ މޫދުކުޅިވަރާއި މޫދުގައި ހިންގާ ތަފާތު އެހެން ހަރަކާތްތައްވެސް މޫސުން ރަނގަޅު ނުވަނީސް ކުރިއަށް ނުގެންދިއުމަށް އެދޭ ކަމަށެވެ. ފުލުހުން ވިދާޅުވީ ވިއްސާރަވެ ކަނޑުގަދަވުމުގެ ސަބަބުން ކަނޑުމަތީގެ ހާދިސާތަކުގެ ރިޕޯޓުތައް ލިބެމުންދާ ކަމަށާއި، އެ މުއައްސަސާއިން އެންމެ ބޮޑު އިސްކަމެއް ދެނީ...

ވަށަފަރު ސްކޫލް ކްލާސްރޫމެއްގެ ސީލިން ވެއްޓި ދެކުއްޖަކަށް އަނިޔާވެފަރުވާދެނީ
Thiladhunmathi News

ވަށަފަރު ސްކޫލް ކްލާސްރޫމެއްގެ ސީލިން ވެއްޓި ދެކުއްޖަކަށް އަނިޔާވެފަރުވާދެނީ

ތިލަދުންމަތީ އުތުރުބުރީ ވަށަފަރު ސްކޫލުގެ ކްލާސް ރޫމެއްގެ ސީލިނގުން ބައެއް ވެއްޓި ކުދިންތަކަކަށް އަނިޔާވެއްޖެއެވެ. ސްކޫލުގެ ކްލާސް ރޫމެއްގެ ސީލިން މިއަދު ވެއްޓި ކުދިންތަކަކަށް އަނިޔާވި ހާދިސާއާއި ގުޅިގެން މި ނޫހުން ސުވާލު ކުރުމުން ވަށަފަރު ސްކޫލްގެ ޕްރިންސިޕަލް މުހައްމަދު ނިޒާރު ވިދާޅުވީ އެކަން ހިނގާދިޔަ ގޮތުގެ ތަފްސީލީ ރިޕޯޓް މިހާރު އެޑިއުކޭޝަން މިނިސްޓްރީއަށް ފޮނުވާފައިވާނެ ކަމަށެވެ. ނިޒާރު އިތުރަށް ވިދާޅުވީ އެ މައުލޫމާތު ހޯދުމަށް މިނސްޓްރީއަށް ގުޅުއްވުމަށް އެދޭކަމަށެވެ. ސީލިންގ ވެއްޓުނު ހާދިސ...

ރެއާލް ލަދުގަންނަވާލުމަށްފަހު ޕީއެސްޖީ ވޯލްޑް ކަޕްގެ ފައިނަލަށް
Sports

ރެއާލް ލަދުގަންނަވާލުމަށްފަހު ޕީއެސްޖީ ވޯލްޑް ކަޕްގެ ފައިނަލަށް

ފަސޭހަކަމާއިއެކު ރެއާލް މެޑްރިޑް ބަލިކޮށް ޕީއެސްޖީން ކްލަބް ވޯލްޑް ކަޕްގެ ފައިނަލުން ޖާގަ ހޯދައިފިއެވެ. ރޭ އެމެރިކާގެ މެޓްލައިފް ސްޓޭޑިއަމްގައި ކުޅުނު ސެމީ ފައިނަލް މެޗު، ޕީއެސްޖީން ކާމިޔާބު ކޮށްފައި ވަނީ 4-0 ގެ ތަފާތު ބޮޑު ނަތީޖާއިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ޕީއެސްޖީގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު، ރެއާލަށް ގޭމްގެ ތެރެއަށް ވަންނަން ބޮޑު ހުރަހަކަށް ދިމާވީ މެޗުގެ ފުރަތަމަ ނުވަ މިނެޓް ތެރޭ އެ ޓީމްކޮޅަށް ވަތް ދެ ލަނޑެވެ. ޕީއެސްޖީން […]

ތިލަދެކުނު ވޮލީބޯޅަ މުބާރާތް ހޯސްޓް ކުރުމުގެ ފުރުސަތު ހުޅުވާލައިފި
Thiladhunmathi News

ތިލަދެކުނު ވޮލީބޯޅަ މުބާރާތް ހޯސްޓް ކުރުމުގެ ފުރުސަތު ހުޅުވާލައިފި

ހދ. އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ “ތިލަދެކުނު ވޮލީބޯޅަ މުބާރާތް 2025” ހޯސްޓް ކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި މުބާރާތް ހޯސްޓް ކުރުމަށް ޕްރޮޕޯސަލް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން މި މަހުގެ 17 ވަނަ ދުވަހުގެ 11:00 ގެ ކުރިން، އެކަމަށް ފުރިހަމަ ކުރަންޖެހޭ އޮންލައުން ފޯމް ފުރިހަމަ ކުރެއްވުމަށް ފަހު ސަބްމިޓް ކުރެއްވުމަށް އެ ކައުންސިލުން އެދިލައްވައެވެ. މި މުބާރާތް ހޯސްޓް ކުރުމާއި ގުޅޭގޮތުން ބާއްވާ މަޢުލޫމާތު ސެޝަން […]