Skip to main content

ޢަބްދުﷲ ސަޢީދު

Contributor
🇲🇻 ތިލަދުން Desk
243 Stories
25 Reads

ނ. މަނަދޫއަށް އުފަން، ކޮމާންޑް ސާޖެންޓް މޭަޖަރ ޢަބްދުﷲ ސަޢީދަކީ، ހުނަރުވެރި މޮޅު ލިޔުންތެރިއެކެވެ. ޚާއްޞަކޮށް ތާރީޚީ ދިރާސީ ލިޔުންތައް ލިޔުއްވުމުގައި ފަންނުވެރި ކުޅަދާނަ ލިޔުންތެރިއެކެވެ. ބަހަވީ އަދަބީ ތާރީޚީ ސަގާފީ ޚިދުމަތްތަކުންވެސް ގައުމީގޮތުން ފާހަގަކުރެވޭ، ފަޚުރުވެރި ދިވެހި ދަރިއެކެވެ.

Published on ތިލަދުން (Thiladhun) by ޢަބްދުﷲ ސަޢީދު

މުސްލިމުންގެ ފުރަތަމަ ނިއުކްލިއަރ ބާރަކަށް ޕާކިސްތާނު ވީގޮތް
Column

މުސްލިމުންގެ ފުރަތަމަ ނިއުކްލިއަރ ބާރަކަށް ޕާކިސްތާނު ވީގޮތް

ޕާކިސްތާނުގެ ރައްޔިތުން “ވިނަ ކާންޖެހުނަސް ނިއުކްލިއަރ ބޮމެއް އޮންނަން ޖެހޭ” ކަމަށް ބޮޑު ވަޒީރު ޒުލްފިގާރު ޢަލީ ބުއްޓޫ ވިދާޅުވުމަކީ ޕާކިސްތާނުން ނިއުކްލިއަރ ބާރުވެރިކަން ހޯދުމަށް ކުރި ދަތުރުގެ ފެށުމެވެ. ބުއްޓޫ މިހެން ވިދާޅުވީ ޕާކިސްތާނުގެ ހަތުރެއްގެ ގޮތުގައި އަބަދުވެސް އޮންނަ އަވަށްޓެރި އިންޑިއާއިން 1974 ވަނަ އަހަރު ނިއުކްލިއަރ ޓެސްޓެއް ހެދުމާ ގުޅިގެންނެވެ. ޕާކިސްތާނުން ނިއުކްލިއަރ ބާރަކަށްވުމަށް މަސައްކަތް ފެށުމާ އެކު ބައިނަލްއަޤްވާމީ ދުނިޔެއިން އެކި ގޮތްގޮތުން އެކަމަށް ހުރަސްއަޅަން މަސައްކަތްކ...

އެމެރިކާއިން ހަނގުރާމައަށް ވަންނާނެކަން ކަށަވަރު
Column

އެމެރިކާއިން ހަނގުރާމައަށް ވަންނާނެކަން ކަށަވަރު

ޔަހޫދީ، ޒަޔަނިސްޓް އިޒުރޭލުން އިސްލާމީ ޤައުމެއް ކަމަށްވާ އީރާނަށް އިސްވެ ދިން ނިރުބަވެރި ހަމަލާތަކުގެ ސަބަބުން އީރާނާއި އިޒުރޭލާ ދެމެދުގައި ހިނގަމުންދާ ހަނގުރާމައިގެ ތެރެއަށް އެމެރިކާއިން ވަންނާނެކަން އެއީ ކަށަވަރުވެ ޔަގީންވާ ކަމެކެވެ. އަދި އެކިގޮތްގޮތުން މި ހަނގުރާމައިގައި ހުޅަނގުގެ ޤައުމުތަކުން އިޒުރޭލަށް މަދަދު ފޯރުކޮށްދޭނެކަން ވެސް އެއީ ޔަގީން ކަމެކެވެ. އިޒުރޭލުން މި ހަނގުރާމަ ފެށީ މި ޔަގީންކަމާއި ކަށަވަރުކަން އެ މީހުންނަށް އޮތީމައެވެ. އިސްވެ އިޒުރޭލުން އިރާނަށް މި ދަނޑިވަޅުގައި ހަމަލާ ދިނުމ...

ޙައްޖަށް ދާއިރު ރޮވެނީ ކީއްވެ؟
Column

ޙައްޖަށް ދާއިރު ރޮވެނީ ކީއްވެ؟

އެއީ ލޯބީގެ ކަރުނައެވެ. އެއީ އުފަލާއި ހިތާމައިގެ ކަރުނައެވެ. އެއީ ހިތްހަމަޖެހުމާއި ހިތް ނުތަނަވަސްކަމުގެ ކަރުނައެވެ. އެ ވަގުތުކޮޅުން އެ ފެންނަނީ ދީނަށް އޮތް މަތިވެރި ލޯތްބާއި އިޙްތިރާމެވެ. އަދި ދަރީންނާއި އާއިލާގެ މައްޗަށް އޮތް ލޯތްބާއި ކުލުނާއި އޯގާތެރިކަމެވެ. ހިތުގައި އޮތް ދީނީ ލޯތްބާއި ތަޤުވާވެރިކަމެވެ. ޙައްޖަށް ފުރާއިރު ރޮވެނީ ހަމައެކަނި ޙައްޖާޖީންނަކަށް ނޫނެވެ. ޙައްޖާޖީންގެ ޢާއިލާގެ މެންބަރުން ވެސް ރޮވެއެވެ. މި ދަނޑިވަޅުގައި ރޮވޭ އެއް ސަބަބަކީ އެމީހެއްގެ ލޮބުވެތި ޢާއިލާއާ ވަކިވާންޖެހުމުގެ ހ...

ބޮޑުތަކުރުފާނު ހާމަކޮށްދެއްވީ ކޮންމެކޮންމެ މީހަކު މީހަކަށް ނުހެދޭނެކަން!
Column

ބޮޑުތަކުރުފާނު ހާމަކޮށްދެއްވީ ކޮންމެކޮންމެ މީހަކު މީހަކަށް ނުހެދޭނެކަން!

“މީހުން މީހުންނަށް ވާނީ މީހުން މީހުންނަށް ހެދީމަ” އެވެ. މިއީ ދިވެހިރާއްޖޭގެ ޤައުމީ ބަޠަލު ބޮޑު ތަކުރުފާނު ނުވަތަ އުތީމު މަހާރަދުން ވިދާޅުވެފައިވާ ބަސްފުޅެކެވެ. މިހެން ބޮޑުތަކުރުފާނު ވިދާޅުވީ ކަޅުއޮށްފުންމިއަށް ދުވާފަރު ޢަލީ ދަންޑަހެލު ލެއްވި ދުވަހުއެވެ. ދުވާފަރަށް ވަޑައިގެންނެވި ދަތުރުފުޅެއްގައި ދުވާފަރުގެ އަތިރިމަތީގައި ހުރި ހޮޅުއަށްޓެއްގައި ކަސްއަޅައި ދޮސްއަޅައިފައިވާ އިން ކުއްޖަކު ބޮޑުތަކުރުފާނަށް ފެނިވަޑައިގަތެވެ. އެ ކުއްޖާ ކަޅުއޮށްފުންމިއަށް ލެއްވުމުން ކޮއްކޯފުޅު ޙަސަން ތަކުރުފާނު އެކަމާ ހި...

އިބްރާހީމް ރަސްގެފާނަށް ހެދި ސިހުރު
Column

އިބްރާހީމް ރަސްގެފާނަށް ހެދި ސިހުރު

އައްސުލްޠާން އިބްރާހީމް އިސްކަންދަރު (ދެވަނަ) ސިރީ ރަންނަވަ ލޯކަ މަހާރަދުން ދިވެހިރާއްޖޭގެ ރަސްކަން ކުރެއްވީ މީލާދުން 1721 ވަނަ އަހަރުން 1750 ވަނަ އަހަރަށެވެ. އެއީ ހިޖުރައިން 1133 ވަނަ އަހަރުން 1163 ވަނަ އަހަރަށެވެ. މި ރަދުން ފަސް ބޭފުޅަކާ ކައިވެނި ބައްލަވައިގެންނެވިއެވެ. ލިބިވަޑައިގަތީ ހަތް ބޭފުޅުންނެވެ. މީގެ ތެރެއިން ފުރަތަމަ ދަރިކަނބަލުން އައިމިނާ ރަނިކިލެގެފާނު ލިބިވަޑައިގެންނެވީ ރަދުންގެ އުމުރުފުޅުން 15 އަހަރުފުޅުގައެވެ. އިބްރާހީމް ރަސްގެފާނުގެ ބޭފުޅުންގެ ތެރެއިން އެންމެ ނަން އަރާހުރި ބޭފުޅ...

މަނަދޫގެ ތިން މީހަކު ގެއްލި އެކަކު ސަލާމަތްވި ހާދިސާ
Column

މަނަދޫގެ ތިން މީހަކު ގެއްލި އެކަކު ސަލާމަތްވި ހާދިސާ

ދުވަހަކީ މީލާދީން 1957 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 2 ވަނަ ދުވަހެވެ. އެއީ ހިޖުރައިން 1376 ވަނަ އަހަރުގެ ޖުމާދަލްއައްވަލް މަހުގެ 29 ވަނަ ދުވަހެވެ. ވެލިދޫގޭ މޫސައިދީ (މޫސާ ދީދީ) ގެ “ކުރަނގި” ދޯނިން 9 މީހަކު މަހަށް ދިޔައެވެ. އޭގެތެރޭގައި ހިމެނެނީ މަނަދޫ ހަތަރު މީހުންނާއި ކަނޑޫދޫ ދެ މީހުންނާއި މިލަދޫ މީހަކާއި ފޯކައިދޫ މީހަކާއި ގުޅީ މީހެކެވެ. މި އެންމެންނަކީ ވެސް އާންމުކޮށް މަހަށްގޮސް އުޅޭ ކަނޑުމައްޗަށް ފަރިތަ ބައެކެވެ. ހުރިހާ […]

އިބްރާހީމް ޙިލްމީއަށް އިސް މަގާމެއް ނުދެއްވުމުން އުފެދުނު ސުވާލު
Column

އިބްރާހީމް ޙިލްމީއަށް އިސް މަގާމެއް ނުދެއްވުމުން އުފެދުނު ސުވާލު

ރައީސް އިބްރާހީމް ނާޞިރުގެ ބޮޑުވަޒީރުކަމާއި ރައީސްކަމުގެ ދައުރުގައި ވެސް ކަކާގޭ އިބްރާހީމް ޙިލްމީއަށް ސަރުކާރުން އިސް މަގާމެއް ނުދެއްވައެވެ. އެހެން ނަމަވެސް ވަރަށް އިތުބާރު ކުރެވޭ ބޭފުޅަކަށް ނޫނީ ހަވާލު ނުކުރައްވާނެ ފަދަ ތިންކަމެއް އިބްރާހީމް ޙިލްމީއާ ރައީސް ނާޞިރު ހަވާލު ކުރެއްވި ކަމަށް އަޅުގަނޑުގެ ބައްޕަ ވިދާޅުވިއެވެ. އެ ތިންކަމަކީ ކީރިތި ޤުރުއާން ދިވެހިބަހަށް ތަރުޖަމާ ކުރެއްވުމަށް އެކުލަވާލެއްވި ޢިލްމުވެރީންގެ ކޮމެޓީގައި ހިމެނުއްވުމާއި، ޖަމީލު ދީދީގެ ފަނޑިޔާރުކަމުގައި ބަޔަކު އެ މަނިކުފާނުގެ އ...

ޢިލްމީ ނަޒަރަކުން ދިވެހި ޤައުމިއްޔަތުގެ މަފުހޫމާއި އޭގެ ފުން ޢިލްމު - 2
Column

ޢިލްމީ ނަޒަރަކުން ދިވެހި ޤައުމިއްޔަތުގެ މަފުހޫމާއި އޭގެ ފުން ޢިލްމު - 2

ދިވެހީންގެ ދައުލަތް ދައުލަތްތަކީ އިންސާނުން ވަކި ޖަމާޢަތެއްގެ ގޮތުގައި ދެމިތިބުން ކަށަވަރުކުރުމަށް ޓަކައި އުފައްދާފައިވާ ނިޒާމެކެވެ. މި ނިޒާމަށްވުރެ ފުޅާކޮށް ގިނަ ދައުލަތްތަކެއް ހިމަނައިގެން އެކުވެރި ދައުލަތްތައް (United Nations) އާއި ހުޅަނގުގެ އިއްތިހާދު (European Union) ފަދަ ނިޒާމުތައް އުފެދިފައިވެއެވެ. ނަމަވެސް ޤައުމެއްގެ ގޮތުގައި ނުވަތަ އެކުވި ވިސްނުމާއެކު ޖަމާޢަތެއްގެ ގޮތުގައި ދެމިތިބުމަށް އޮތް އެންމެ ރަނގަޅު ނިޒާމަކީ އަދިވެސް ދައުލަތްކަން އިންސާނީ ތަޖުރިބާއިން ދަނީ ފެންނަމުންނެވެ. ޤައުމެއް...

ދުރޫސުލް އަޚްލާޤު: ތުނިތުނި ބޯ ފޮތެއް
Column

ދުރޫސުލް އަޚްލާޤު: ތުނިތުނި ބޯ ފޮތެއް

ދުރޫސުލް އަޚްލާޤު މި ފޮތަކީ އުސްތާޛުލް ޖީލް، އައްޝައިޚުލް އުސްތާޛު މުޙައްމަދު ޖަމީލް ދީދީ 23 ޝައުބާން 1358 (07 އޮކްޓޫބަރު 1939) ގައި ލިޔުއްވާފައިވާ ވަރަށް ތުނިތުނި އެކަމަކު އަޅުގަނޑުގެ ނަޒަރުގައި “ވަރަށް ބޯ” ފޮތެކެވެ. އާންމުކޮށް ހުރިހާ ދިވެހީންނަށް ޚާއްޞަކޮށް އޭރުގެ މަދަރުސަތުލް ސަނިއްޔާގެ ދަރިވަރުންނަށް ކިޔަވައި ދެއްވުމަށް އެކުލަވާލައްވާފައިވާ 41 ޞަފުޙާގެ މި ފޮތުގައި ހިމަނުއްވާފައިވާ 40 ފިލާވަޅުން މި ފޮތުގެ ބޮޑުކަމާއި ބޯކަން އެނގެއެވެ. ކޮންމެ ފިލާވަޅެއް ދަސްކުރާން އުނދަގޫ ނުވާވަރަށް […]

ޢިލްމީ ނަޒަރަކުން ދިވެހި ޤައުމިއްޔަތުގެ މަފުހޫމާއި އޭގެ ފުން ޢިލްމު - 1
Column

ޢިލްމީ ނަޒަރަކުން ދިވެހި ޤައުމިއްޔަތުގެ މަފުހޫމާއި އޭގެ ފުން ޢިލްމު - 1

ކޮންމެ ޤައުމަކަށް ވެސް އެ ޤައުމަކަށް ޚާއްޞަ ޤައުމިއްޔަތެއް އޮވެއެވެ. ދިވެހީންނަކީ އެވޭލާ ޤައުމަކަށްވާތީ ދިވެހީންގެ ވަރަށް ފުން ޤައުމިއްޔަތެއް އޮވެއެވެ. އެހެން ހުރިހާ ދާއިރާތަކެކޭ އެއްގޮތަށް ދިވެހި ޤައުމިއްޔަތަކީ ވެސް މަފުހޫމެއްގެ މައްޗަށް ޢިލްމީ މާނަތަކެއް ހިމެނޭ ގޮތަށް ތަރުތީބު ވެފައިވާ ފުން ދާއިރާއެކެވެ. މިއީ މި ދެންނެވި ޢިލްމީ ފުން މާނަތަކުގެ މައްޗަށް ބަލާލެވިފައިވާ މަސައްކަތެވެ. މި ލިޔުމުގެ މައިގަނޑު މަސްދަރަކީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާއިން ދިވެހި ޤައުމިއްޔަތުގެ އިސްވަރުން 3...

އަދުގެ ތަޢުލީމީ ނާ މުޅިރާއްޖެއަށްކުރި ދަތުރު
Column

އަދުގެ ތަޢުލީމީ ނާ މުޅިރާއްޖެއަށްކުރި ދަތުރު

މިއީ، އޭރުގެ ދިވެހިރާއްޖޭގެ އިގުތިސާދީ ހާލަތާއި، އިންސާނީ ވަސީލަތާއި، ރައްޔިތުންގެ ހޭލުންތެރިކަމާއި، ޖޯގުރަފީއާއި ރާއްޖެތެރޭގައި ތަޢުލީމު އޮތް ދެރަވަރުކަމަށް ބަލާއިރު ފަސޭހަ ދަތުރެއް ނޫނެވެ. އެކަމަކު ދިވެހިރާއްޖޭގެ އަދުގެ ތަޢުލީމީ ނާ ވަރަށް ދުރަށް ދަތުރުކޮށްފިއެވެ. އަޅުގަނޑުމެން ކޮންމެ މީހަކީ މި ދަތުރުގެ ބައިވެރިއެކެވެ. މީލާދީން 1970 ގެ އަހަރުތައް ފެށުނުއިރު މާލޭގައި ހުރީ ސަރުކާރުގެ އެންމެ ތިން މަދަރުސާއެވެ. ރާއްޖެތެރޭގައި ސަރުކާރުގެ އެންމެ މަދަރުސާއެއް ވެސް ނެތެވެ. އަޅުގަނޑު މި ދަންނަވާ ނާގެ ފަ...

ރާދަވަޅިއަކީ ކޮން އެއްޗެއް؟
Column

ރާދަވަޅިއަކީ ކޮން އެއްޗެއް؟

“ރާދަވަޅި” ކިޔަނީ ކުރުކޮށް އަދި ހުލާސާކޮށް ލިޔެފައި ހުރި ދިވެހި ތާރީޚުގެ ފޮތްތަކަކަށެވެ. ރާދަވަޅިތައް ދިވެސް އަކުރުންނާއި ޢަރަބިން ވެސް ލިޔެފައިވާކަމަށް ވެއެވެ. ނަމަވެސް ފެންނަންހުރި ރާދަވަޅިތައް ލިޔެފައިވަނީ ތާނައިންނެވެ. ރާދަވަޅިތައް ލިޔަމުން އައިސްފައި ވަނީ އޭގެ ކުރީގެ ރާދަވަޅީގައި ވާ ލިޔުން ނަކަލު ކޮށް، އޭގެ ފަހުގެ ތާރީޚުތައް ހިމަނައިގެންނެވެ. މިއީ އެއް ފޮތުން އަނެއް ފޮތަށް ނަކަލުކުރަމުން ގެންގުޅެފައިވާ ތާރީޚީ މުހިންމު ލިޔެކިޔުންތަކެކެވެ. ދިވެހިރާއްޖޭގެ ރަސްކަމުގެ ތާރީޚު ލިޔަމުން އައިސްފައިވ...

ބޮޑުތަކުރުފާނަކީ އެންމެ އިސް ޤައުމީ ބަޠަލުކަމުގައި ދިވެހީން ކަނޑައެޅި މައިގަނޑު 10 ސަބަބު
Column

ބޮޑުތަކުރުފާނަކީ އެންމެ އިސް ޤައުމީ ބަޠަލުކަމުގައި ދިވެހީން ކަނޑައެޅި މައިގަނޑު 10 ސަބަބު

ދިވެހިރާއްޖޭގެ ޤައުމީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ރަބީޢުލްއައްވަލް މަހުގެ 1 ވަނަ ދުވަހެވެ. މި ދުވަސް ނިސްބަތް ވަނީ އައްސުލްޠާނުލްޣާޒީ މުޙައްމަދު ތަކުރުފާލް އަޢުޒަމް ސިރީ ސަވާދީއްތަ މަހާރަދުން (ބޮޑު ތަކުރުފާނު) ޕޯޗުގީޒުންގެ ކިބައިން މި ރާއްޖެ މިނިވަންކޮށްދެއްވި ދުވަސް ކަމުގައިވާ 981 ވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހުގެ 1 ވަނަ ދުވަހަށެވެ. އެއީ މީލާދީން 2 ޖުލައި 1573 އެވެ. ދިވެހީންގެ ޤައުމީ ދުވަހެއް ފުރަތަމަ ފާހަގަކުރީ 1365 ވަނަ އަހަރުގެ ރަބީޢުލްއައްވަލް […]

ޖީލުތަކުގެ ތަފާތު
Column

ޖީލުތަކުގެ ތަފާތު

ޖީލު (Generation) އަކީ 20 އަހަރާއި 30 އަހަރާ ދެމެދުގެ މުއްދަތެކެވެ. އެއީ އެއް ދުވަސްވަރެއްގައި ދުނިޔެއަށް އުފަންވާ މީހުން ނުވަތަ އެއް އުމުރުފުރައެއްގެ މީހުންނެވެ. އެހެންކަމުން އެއް ޖީލެއްގެ މީހުންނަކީ އެއް ދުވަސްވަރެއްގެ ތެރޭގައި އުފަންވެ، ބޮޑުވާ އަދި އާންމު ތަޖުރިބާތަކާއި ގިޔަމުތަކާއި ސަގާފީ ނުފޫޒުތައް ހިއްސާކުރާ މީހުންނެވެ. މިގޮތުން ޖީލުތައް ބައިކުރާއިރު މައިގަނޑު ހަތަރު ބަޔަކަށް ޖީލުތައް ބެހިގެން ދެއެވެ. އެއީ ބެބީބޫމަރސް، ޖެނެރޭޝަން އެކްސް، މިލިނިއަލްސް، އަދި ޖެނެރޭޝަން ޒެޑް (ޖެން ޒީ) […]

ބޮޑު ގޮހޮޑާ ވާހަކައިގެ ޚުލާޞާ
Column

ބޮޑު ގޮހޮޑާ ވާހަކައިގެ ޚުލާޞާ

މިސްރުގައި ރަސްކަލެއް އުޅުއްވިއެވެ. އެ ރަސްގެފާނުގެ ހަތް އަނބިކަނބަލުން ތިއްބެވިއެވެ. އޭގެ ތެރެއިން އެންމެ ހަގު ކަމަނާ އާލާސްވެ އިންނަވާ ވަރަށް ރީތި ފިރިހެން ބޭފުޅެއް ރައްކައުވިއެވެ. އެ ދަރިކަލުންނަށް ނުވަރޭނުވަދުވާ ވީތަނާ ގެއްލިވަޑައިގަތެވެ. މަންމާފުޅު ހައްމާމުން ނިކުމެ ވަޑައިގެންނެވިއިރު އެ ދަރިކަލުން ޖެހުނުތާ ލަކުނު ވެސް ނެތީއެވެ. ރަސްގެފާނުގެ އެ ދަރިކަލުން ގެންދެވީ ހަވާ ބޮޑު އެދުރުކަލޭފާނެވެ. އެ ބޭފުޅާ ބޮޑުފުޅުވުމުން އާއިލާ ކައިރިއަށް މިސްރަށް ފޮނުއްވިއެވެ. ޖިންނީގެ އަސްގާޑިޔާ ކޮޅެއްގައެވެ....