ޕޭޝަންޓް 91 ގެ އިންޒާރު: ލުއިތަކެއް ލިބުނަސް، ކޯވިޑް އަކީ އާދައިގެ ރޯގާއެއްކަމަށް ހީނުކުރާތި!
ކޯވިޑް19 އަކީ އާދައިގެ ރޯގާއެއް ކަމަށް ނުދެކުމަށް އޭޝީއާއިން މިބަލިޖެހިގެން އެންމެބޮޑަށް ހާލު ސީރިއަސްވި ޕޭޝަންޓް 91 ބުނެފިއެވެ. އުމުރުން 42 އަހަރުގެ ސޮކޮޓިޝް ޕައިލެޓެއްކަމުގައިވާ ސްޓެފަން ކެމަރަން ވަނީ ވިއެޓްނާމްގެ ހޮސްޕިޓަލެއްގައި 2 މަސްދުވަހައް ވުރެއް ގިނަދުވަސް ވެންޓިލޭޓަރުގެ އެހީގައި ބާއްވާފައެވެ. އޭނާ ބާއްވާފައިވަނީ އެންމެ ހާލުދެރަވާ މީހުންނަށް ބޭނުންކުރާ އެކްމޯ މެޝުނުވެސް ގުޅާފައެވެ. މިމުއްދަތުގެ ތެރޭގައި އޭނާގެ ފުއްޕާމޭގެ ކެޕޭސިޓީވަނީ %10 އަށް ދަށްވެ ހަށިގަނޑުގެ އެކި ގުނަވަންތައް ފެއިލްވ...