Skip to main content

އަލީ އާދިލް

Editor
🇲🇻 ތިލަދުން Desk
3,342 Stories
1,664 Reads

Published on ތިލަދުން (Thiladhun) by އަލީ އާދިލް

ވޯލްޑް ކަޕުގައި އިސްރާއީލް ކުޅޭނަމަ ސްޕެއިން ވަކިވާނެކަމުގެ އިންޒާރު!
Sports

ވޯލްޑް ކަޕުގައި އިސްރާއީލް ކުޅޭނަމަ ސްޕެއިން ވަކިވާނެކަމުގެ އިންޒާރު!

އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ބޭއްވުމަށް ހަމަޖެހިފައިވާ 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕުގައި އިސްރާއީލް ކޮލިފައިވެ ބައިވެރިވެއްޖެނަމަ، ސްޕެއިން އެ މުބާރާތުން ވަކިވެދާނެކަމަށް އެ ގައުމުގެ އިސް ފަރާތްތަކުން ބުނެފިއެވެ. ސްޕެއިންގެ ނޫސް މާކާގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުން، ސްޕެއިންގެ ޕާލިމެންޓުގައި ސޯޝަލިސްޓް ޕާޓީގެ ސްޕޯކްސްޕާސަން ޕަޓްޝި ލޯޕެޒް ވިދާޅުވެފައިވަނީ ޣައްޒާގައި ހިނގަމުންދާ އިންސާނިއްޔަތާ ދެކޮޅު ޢަމަލުތަކާ ދެކޮޅަށް އިހުތިޖާޖުކުރުމުގެ ގޮތުން ވޯލްޑް ކަޕުން ވަކިވުމުގެ ފުރުސަތު އޮތްކ...

ހައި ކޯޓުގެ ފަނޑިޔާރަކަށް މާހިރު އައްޔަން ކުރައްވައިފި
Raajje

ހައި ކޯޓުގެ ފަނޑިޔާރަކަށް މާހިރު އައްޔަން ކުރައްވައިފި

ފެމިލީ ކޯޓުގެ އިސް ގާޒީއަކަށް ހުންނެވި އިބްރާހިމް މާހިރު، ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް މިއަދު އައްޔަން ކުރައްވައިފިއެވެ. ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، މާހިރު އެ މަގާމަށް އައްޔަން ކުރައްވައި ލިޔުން ހަވާލު ކޮށްދެއްވީ، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސް ހުސައިން ރިޒާ އާދަމެވެ. މާހިރަކީ ފެމިލީ ކޯޓުގެ އިސްގާޒީގެ އިތުރުން، އެ ކޯޓުގައި އެންމެ ގިނަ ދުވަހު މަސައްކަތް ކުރެއްވި ގާޒީއެވެ. އެގޮތުން ފެމިލީ ކޯޓުގައި މާހިރު މަސައްކަތް ކުރައްވާތާ 15 އަހަރު […]

ހުޅުމާލޭގައި އަލިފާނުގެ ދެ ހާދިސާއެއް
Raajje

ހުޅުމާލޭގައި އަލިފާނުގެ ދެ ހާދިސާއެއް

ހުޅުމާލެ ފޭސް 2ގެ ހިޔާ ފްލެޓް 3 ކައިރީގައި ހުރި ކުނިތަކެއްގައި ރޯވި އަލިފާނާއި، އަމިން އެވެނިއު ކައިރިން ދުއްވާފައިދިޔަ ކާރެއްގައި ރޯވި އަލިފާން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ވަނީ ނިއްވާލައިފައެވެ. އެމްއެންޑީއެފް އިން ބުނީ، ހިޔާ ފްލެޓް 3 ކައިރީގައި ހުރި ކުނިތަކުގައި ރޯވި އަލިފާނުގެ މައުލޫމާތު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސަށް ލިބިފައިވަނީ ރޭ ދަންވަރު 02:57 ހާއިރުކަމަށެވެ. މައުލޫމާތު ލިބުމާއެކު ވަގުތުން އެ ސަރަހައްދަށް ދިޔަ ފަޔަރ ފައިޓަރުން […]

ގަވާއިދާ ހިލާފަށް ސިނގިރެޓާއި ދުންފަތުގެ ވިޔަފާރިކުރި ދެ ބިދޭސީން ހައްޔަރުކޮށްފި
Raajje

ގަވާއިދާ ހިލާފަށް ސިނގިރެޓާއި ދުންފަތުގެ ވިޔަފާރިކުރި ދެ ބިދޭސީން ހައްޔަރުކޮށްފި

  ގަވާއިދާ ހިލާފަށް ވިޔަފާރިކުރަމުންދާ ކަމަށް ތުހުމަތުކުރެވޭ ބަންގްލަދޭޝްގެ ދެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފިއެވެ. މި ދެ މީހުން ހައްޔަރުކޮށްފައިވަނީ ގަވާއިދާ ހިލާފަށް ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ހަރަކާތްތައް ބެލުމަށް މިހާރު ކުރިއަށްދާ ގައުމީ އޮޕަރޭޝަންގެ ތެރެއިންނެވެ. މި އޮޕަރޭޝަން ކުރިއަށް ގެންދަނީ މޯލްޑިވްސް އިމިގްރޭޝަނާއި، ދިވެހި ފުލުހުންގެ ޚިދުމަތާއި މޯލްޑިވްސް ކަސްޓަމްސް ސާވިސް ގުޅިގެންނެވެ. މި އޮޕަރޭޝަންގެ ދަށުން ހައްޔަރުކުރެވުނު ދެ މީހުންނަކީ 37 އަހަރުގެ އެމްޑީ ޝަމިމް މިއާ އާއި...

އިސްލާމްވިތާ 900 އަހަރު ފާހަގަކުރަން، އިސްލާމީ އަދި ޤައުމީ ރޫޙު އާލާވާނެ ޙަރަކާތްތަކެއް ހިންގަނީ
News

އިސްލާމްވިތާ 900 އަހަރު ފާހަގަކުރަން، އިސްލާމީ އަދި ޤައުމީ ރޫޙު އާލާވާނެ ޙަރަކާތްތަކެއް ހިންގަނީ

އަންނަ އަހަރު ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރޭއިރު، އިސްލާމީ އަދި ޤައުމީ ރޫޙު އާލާވާނެ ޙަރަކާތްތަކެއް ހިމަނައިގެން ކުލަގަދަކޮށް ފާހަގަކުރާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މިކަން ރައީސް ފާހަގަކުރެއްވީ ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ރޭ ފޮނުއްވި ޚިޠާބުގައެވެ. ރައީސް މުއިއްޒުގެ ޚިޠާބުގައި ފާހަގަކުރެއްވި ގޮތުގައި، ދިވެހީންގެ ގައުމީ ހަޔާތަށް އެންމެ ބޮޑު ބަދަލެއް ގެނުވި އިލާހީ ނިއުމަތަކީ، ހުރިހާ ރައްޔިތުން އިސްލާމްދީން ގަބޫލުކޮށް، ދިވެހީންގެ އުޅުމާއި ގުޅުންތައް އ...

ދެ ޞިއްޙީމަރުކަޒެއް ހޮސްޕިޓަލަކަށް ބަދަލުކުރުމާއި އަޕްގްރޭޑް ކުރަން ވެމްކޯއާ ހަވާލުކޮށްފި
News

ދެ ޞިއްޙީމަރުކަޒެއް ހޮސްޕިޓަލަކަށް ބަދަލުކުރުމާއި އަޕްގްރޭޑް ކުރަން ވެމްކޯއާ ހަވާލުކޮށްފި

ތ. ގުރައިދޫ އަދި ތ. ގާދިއްފުށީ ޞިއްޙީމަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ މަސައްކަތާއި، ތ. މަޑިފުށީ ޞިއްޙީމަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ސަރުކާރުން ކުނި މެނޭޖްކުރަން އުފައްދާފައިވާ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އާ މިއަދު ހަވާލުކޮށްފިއެވެ. މި ތިން މަޝްރޫޢުގެ ތެރެއިން އެންމެ ބޮޑު އަގެއްގައި ހަވާލުކޮށްފައިވަނީ ގުރައިދޫ ޞިއްޙީމަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ މަސައްކަތެވެ. އެ މަސައްކަތް ވެމްކޯއާ ހަވާލުކޮށްފައިވަނީ 32.8 މިލިއަން ރުފިޔާއަށް، 325 ދުވަހުގެ ތެރޭގައި ނިންމުމަށެވެ...

16 ވަނަ ޓަވަރުގައި ހިންގާ ކްލިނިކް 24 ގަޑިއިރަށް ބަދަލުކޮށްފި
Raajje

16 ވަނަ ޓަވަރުގައި ހިންގާ ކްލިނިކް 24 ގަޑިއިރަށް ބަދަލުކޮށްފި

ހުޅުމާލެ ހޮސްޕިޓަލުން ހުޅުމާލެ ފޭސް ދޭއްގައި ހިންގަމުންދާ ޖެނެރަލް ޕްރެކްޓިޝަނާ ކްލިނިކުގެ ޚިދުމަތް މިއަދުން ފެށިގެން 24 ގަޑިއިރަށް ފުޅާކޮށްފިއެވެ. ހިޔާ 16 ވަނަ ޓަވަރުގެ އެންމެ ތިރީ ފަންގިފިލާގައި 2023 ވަނަ އަހަރުގެ ޖެނުއަރީ މަހު ހުޅުވުނު މި ކްލިނިކުން މިހާތަނަށް ޚިދުމަތް ދެމުން ގެންދިޔައީ 16 ގަޑިއިރަށެވެ. ނަމަވެސް މިހާރު ހުކުރު ދުވަސް ފިޔަވައި އެހެން ދުވަސްތަކުގައި ދަންވަރުގެ ވަގުތުތަކުގައިވެސް ޚިދުމަތް ލިބޭނެއެވެ. މި ކްލިނިކުން އާންމުކޮށް ތިން ޑޮކްޓަރުން ބަލިމީހުން ބަލަމުން ގެންދާއިރު، […]

ވ. އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށްފި
Raajje

ވ. އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށްފި

ވ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއެމް ޚިދުމަތް ގާއިމުކޮށްފި އެވެ. ރަކީދޫގައި އޭޓީއެމް ޚިދުމަތް ތައާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި ވަޒީރުންނާއި ބީއެމްއެލްގެ ޗެއާޕަރސަން އަޙްމަދު ޢަލީ ޙަބީބާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފާއި ބީއެމްއެލްގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ. މި މުނާސަބަތުގައި ވާހަކަފުޅު ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން...

ހުޅުމާލޭ ޗެނަލްގައި އިންޖީނުލީ އުޅަނދު ދުއްވުން މަނާކޮށްފި
Raajje

ހުޅުމާލޭ ޗެނަލްގައި އިންޖީނުލީ އުޅަނދު ދުއްވުން މަނާކޮށްފި

ހުޅުމާލޭ ފޭސް 1 އާއި ފޭސް 2 ގުޅުވައިދޭ ޗެނަލް ސަރަޙައްދުގައި އެންމެހައި އިންޖީނުލީ އުޅަނދުތައް ދުއްވުން މިއަދުން ފެށިގެން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މަނާކޮށްފި އެވެ. މި ފިޔަވަޅު އަޅާފައިވަނީ އެ ސަރަޙައްދުގައި މޫދަށް އެރި ކުޅޭ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، މުރަކަ އާލާކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް މަގުފަހިކުރުމުގެ ބޭނުމުގައި ކަމަށް އެޗްޑީސީން ބުނެފައިވެއެވެ. އެޗްޑީސީން ފާހަގަކުރި ގޮތުގައި، މި ޗެނަލް ސަރަޙައްދަކީ ކުޑަކުދިންނާއި ބޮޑެތި މީހުން ހިމެނ...

ޣައްޒާގައި ހަނގުރާމަ ހުއްޓާލަން ގޮވާލާ ޤަރާރު އެމެރިކާއިން ވީޓޯކޮށް ފެއިލްކޮށްލައިފި
International

ޣައްޒާގައި ހަނގުރާމަ ހުއްޓާލަން ގޮވާލާ ޤަރާރު އެމެރިކާއިން ވީޓޯކޮށް ފެއިލްކޮށްލައިފި

ފަލަސްތީނުގެ ޣައްޒާގައި އަނިޔާވެރި އިސްރާއީލުން ހިންގަމުންދާ އަނިޔާވެރި ގަތުލްއާންމު ވަގުތުން ހުއްޓާލުމަށް ގޮވާލާ ހުށަހެޅުނު ޤަރާރު އެމެރިކާއިން ވީޓޯކޮށް މިފަހަރުވެސް ފެއިލްކޮށްލައިފިއެވެ. އދ. ގެ ސެކިއުރިޓީ ކައުންސިލްގެ 10،000 ވަނަ ޖަލްސާގައި މި ޤަރާރު ވީޓޯކުރީ ޣައްޒާގައި ބަނޑުހައިހޫނުކަން ފެތުރެމުންދާ ދަނޑިވަޅެއްގައި އަދި އިސްރާއީލުން ޣައްޒާ ސިޓީ އެކީ ކޮންޓްރޯލްކުރުމަށް ހިންގަމުންދާ ހަނގުރާމައިގެ ތެރޭގައެވެ. މިއަދު ވޯޓަށް އެހި ގަރާރަކީ ޣައްޒާގެ މައްސަލައިގައި މިދިޔަ ޖޫންމަހާއި މިދިޔައަހަރުގެ ނޮ...

މީޑިއާ ރެގިއުލޭޓް ކުރަން "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން" އުފައްދައިފި
Raajje

މީޑިއާ ރެގިއުލޭޓް ކުރަން "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން" އުފައްދައިފި

މީޑިއާ ރެގިއުލޭޓް ކުރުމަށް އިއްޔެ ތަސްދީގު ކުރެއްވި ގާނޫނުގެ ދަށުން އުފައްދަން ޖެހޭ ހާއްސަ ކޮމިޝަން، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ) ރައީސް ޑރ. މުހައްމަދު މުއިއްޒު އުފައްދަވައިފި އެވެ. ރައީސް އޮފީހުން މައުލޫމާތު ދެއްވި ގޮތުގައި، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ގާނޫނުގެ ދަށުން އުފެއްދި މި ކޮމިޝަނާ އެކު މޯލްޑިވްސް މީޑިއާ ކައުންސިލާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން ވަނީ އުވިފައެވެ. މި ދެ އިދާރާގެ މަސައްކަތްތައް ދެން ކުރިއަށް ގެންދާނީ އަލަށް [...

22 ޓައްޕާއި އެކިސައިޒުގެ 89 ފުޅި ބަނގުރަލާއި އެކު ތިން ބިދޭސީން ހައްޔަރުކޮށްފި
Raajje

22 ޓައްޕާއި އެކިސައިޒުގެ 89 ފުޅި ބަނގުރަލާއި އެކު ތިން ބިދޭސީން ހައްޔަރުކޮށްފި

މާލޭގައި ފުޅާ ދާއިރާއެއްގައި ބަނގުރަލުގެ ވިޔަފާރިކުރަމުން ދިޔަ ތިން ބިދޭސީން ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓު ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފިއެވެ. ފުލުހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި އިއްޔެ ހިނގި މި އޮޕަރޭޝަންގައި މާލޭގެ ތިން އެޕާޓްމަންޓެއް ބަލައި ފާސްކުރިއެވެ. މި ބަލައި ފާސްކުރުމުގައި ނުވަ ފުޅި ބަނގުރަލާއި، ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް ހުރި 5 ލީޓަރުގެ ހަ ފުޅިއާއި، 500 އެމްއެލްގެ 78 ފުޅިއާއި، 22 ޓައްޕު ފެނުނެވެ. މީގެ އިތުރުން ކުށްކޮށްގެން […]

ވަތަނީ ޚިދުމަތުގެ ތަމްރީނު ޕްރޮގްރާމްގައި ބައިވެރިވާ 340 ޒުވާނުން މާފިލާފުށްޓަށް
Raajje

ވަތަނީ ޚިދުމަތުގެ ތަމްރީނު ޕްރޮގްރާމްގައި ބައިވެރިވާ 340 ޒުވާނުން މާފިލާފުށްޓަށް

ދިވެހި ވަތަނީ ޚިދުމަތުގެ ތަމްރީނު ޕްރޮގްރާމްގެ ފުރަތަމަ ބުރަށް ހޮވުނު 340 ޒުވާނުން މިއަދު ޅ. މާފިލާފުށްޓަށް ފުރައިފިއެވެ. މި ޒުވާނުން މާފިލާފުށީގައި ތިން މަސްދުވަހުގެ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަ ކުރާނެއެވެ. ދިފާޢީ ވުޒާރާގެ ދަށުން ކުރިއަށްގެންދާ މި ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ މިދިޔަ އަހަރުގެ ނަސްރުގެ ދުވަހު އިޢުލާން ކުރެއްވި ޕްރޮގްރާމެކެވެ. ޕްރޮގްރާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލިތާ ދެމަސްތެރޭ 1200 އަށްވުރެ ގިނަ ޒުވާނުން ކުރިމަތިލާފައިވާކަމަށް ދިފާޢީ ވުޒާރާއިން މަޢުލޫމާތު ދެއެވެ. ދި...

ބިލު ޤާނޫނަކަށް ވެއްޖެ ނަމަަ، ޕްރެސް ފްރީޑަމް އިންޑެކްސް ދައްވެގެން ދާނެ: އެމްއެމްސީ
Raajje

ބިލު ޤާނޫނަކަށް ވެއްޖެ ނަމަަ، ޕްރެސް ފްރީޑަމް އިންޑެކްސް ދައްވެގެން ދާނެ: އެމްއެމްސީ

ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކުރި “މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ބިލު” ތަޞްދީޤު ކުރައްވައިފި ނަމަ ޕްރެސް ފްރީޑަމް އިންޑެކްސް ގައި ރާއްޖޭގެ ރޭންކިން ދައްވެގެން ދާނެކަމަށް ބުނެ މޯލްޑިވްސް މީޑިއާ ކައުންސިލުން ބަޔާނެއް ނެރެފި އެވެ. މި ބިލު މަޖިލީހުން ފާސްކޮށްފައިވަނީ ދިވެހިރާއްޖޭގެ ގިނަ އަދަދެއްގެ ނޫސްވެރިންނާއި، މީޑިއާ މުއައްސަސާތަކާއި، މަދަނީ ޖަމްޢިއްޔާތަކުން ފާޅުކުރަމުންދިޔަ ކަންބޮޑުވުންތަކަށް އެކަށީގެންވާ ރިޢާޔަތެއް ނުކޮށް ކަމަށް ވާތީ ބިލު ތަޞްދީޤު ނުކުރެއްވުމަށް...

ޣައްޒާގެ ކުޑަކުދިންގެ ބޮލަށާއި މެޔަށް އަމާޒުކޮށް، ބަޑިޖަހާފައިވަނީ އެއްގޮތަކަށް: ބައިނަލްއަގުވާމީ ޑޮކްޓަރުން
International

ޣައްޒާގެ ކުޑަކުދިންގެ ބޮލަށާއި މެޔަށް އަމާޒުކޮށް، ބަޑިޖަހާފައިވަނީ އެއްގޮތަކަށް: ބައިނަލްއަގުވާމީ ޑޮކްޓަރުން

ފަލަސްތީނުގައި ހިނގަމުންދާ ނަސްލު ނައްތާލުމުގެ ޖަރީމާގައި ޔަހޫދީ އިޒްރޭލުން ޣައްޒާގެ ކުޑަކުދިންގެ ހަށިގަނޑަށް ބަޑިޖަހާފައިވާ ގޮތް ވަރަށް ކަންބޮޑުވާ މިންވަރަށް އެއްގޮތްވާކަން، ޑަޗް ނޫސް “ދަ ވޯކްސްކްރަންޓް” އިން ކުރި ތަހުގީގަކުން ހާމަ ވެއްޖެ އެވެ. މިކަން ހާމަވެފައިވަނީ ކުޑަކުދިންނަށް ގަސްތުގައި އަމާޒުކޮށް ހަމަލާދޭކަމުގެ ކަންބޮޑުވުން ދުނިޔޭގެ އެކިކަންކޮޅުގައި އަދި ހާއްސަކޮށް ޔޫރަޕުގެ ގައުމުތަކުގައި އުފެދިފައިވާ ދަނޑިވަޅެއްގަ އެވެ. “ދަ ވޯކްސްކްރަންޓް” ނޫހުން ވާހަކަ ދެއްކި 17 ޑޮކްޓަރުންނާއި ނަރުހަކީ...