Skip to main content

އަލީ އާދިލް

Editor
🇲🇻 ތިލަދުން Desk
3,342 Stories
1,627 Reads

Published on ތިލަދުން (Thiladhun) by އަލީ އާދިލް

60 ޕްރިޒަން އޮފިސަރުން ހޯދަނީ
Raajje

60 ޕްރިޒަން އޮފިސަރުން ހޯދަނީ

60 ފިރިހެން ޕްރިޒަން އޮފިސަރުން ހޯދަން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން އިޢުލާންކޮށްފިއެވެ. އަސާސީ މުސާރައިގެ ގޮތުގައި މަހަކު 6,050.00 ރުފިޔާ (ޕްރޮބޭޝަން މުއްދަތު ގައި ލިބޭނީ ހަމައެކަނި އަސާސީ މުސާރަ ) އަދި ސަރވިސް އެލަވެންސް އަށް މަހަކު 3,500.00 ރުފިޔާ އާއި ނޮން ޕްރެކްޓިސް އެލަވެންސް ގެ ގޮތުގައި މަހަކު 2,722.50 ރުފިޔާ އަދި ލިވިންގ އެލަވެންސް އަށް މަހަކު 2,500.00 ރުފިޔާގެ އިތުރުން ޔުނިފޯމް އެލަވެންސްއަށަ މަހަކު 300.00 ރުފިޔާ ހަމަޖެހިފައިވާކަމަށް އެއިދާރާއިން ނެރެފައިވާ އިޢުލާނުގައި ބުނެފައިވ...

އިހަވަންދޫގައި ސަރުކާރުން ޤާއިމްކޮށްފައިވާ އައިސްޕްލާންޓް ކައުންސިލާއި ހަވާލުކުރަނީ
Thiladhunmathi News

އިހަވަންދޫގައި ސަރުކާރުން ޤާއިމްކޮށްފައިވާ އައިސްޕްލާންޓް ކައުންސިލާއި ހަވާލުކުރަނީ

އިހަވަންދޫގައި ސަރުކާރުން ޤާއިމްކޮށްފައިވާ އައިސްޕްލާންޓް ކައުންސިލާއި ހަވާލުކުރަން ނިންމާފައިވާކަމަށް ރައީސް އޮފީހުން ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑުގެ ރައީސް މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް ޢިމްރާން ޢަބްދުﷲއަށް އެޑްރެސް ކުރައްވާ ފޮނުވާފައިވާ ސިޓީގައި ބުނެފައިވެއެވެ. އިހަވަންދޫ ކައުންސިލުން ރައްޔިތުންނާއި މިސީޓީ ހިއްސާ ކުރަމުން ބުނެފައިވަނީ އައިސް ޕްލާންޓް އިހަވަންދޫ ގެ ރައްޔިތުންގެ މުދަލެއްގެ ގޮތުގައި ހަމަޖެހިގެން ދިއުމުން، މަސްވެރިންނަށް ލުއި ގޮތްތައް ހޯދައިދެވި، ރަށްވެހި ކަމުގެ އި...

Thiladhunmathi News

ނުރައްކަލަށް ހުށަހެޅިފައިވާ ކުޑަކުދިންނާއި ޢާއިލާތައް ވާނަމަ މަޢުލޫމާތު ހިއްސާކޮށް ދިނުމަށް ދިއްދޫ ކައުންސިލުން އެދިއްޖެ

ނުރައްކަލަށް ހުށަހެޅިފައިވާ ކުޑަކުދިންނާއި ޢާއިލާތައް ވާނަމަ އެ މަޢުލޫމާތު ހިއްސާކޮށް ދިނުމަށް ހއ. ދިއްދޫ ކައުންސިލުން އެދިއްޖެއެވެ. ނުރައްކަލަށް ހުށަހެޅިފައިވާ ކުޑަކުދިންނާއި ޢާއިލާތަކުގެ މަޢުލޫމާތު ހިއްސާކޮށް ދިނުމަށް އެކައުންސިލުން އެދުނީ އެފަރާތްތަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ނިޒާމް ހަރުދަނާ ކުރުމުގެ މަސައްކަތް ސަރުކާރުގެ ކަމާބެހޭ ވުޒާރާއިން ކުރަމުން އަންނަ ކަމަށް އެ ވުޒާރާއިން އެ ކައުންސިލަށް އަންގާފައިވާތީ އެކަމަށް އެއްބާރުލުން ދެއްވުމުގެ ގޮތުންނެވެ. އެ ކައުންސިލުން ބުނެފައިވަނީ ދަ...

"ތަތް ނުލަވާ ތަވައާއި ތެލި" އެއްލާލާކަށް ނުވޭތަ؟
Report

"ތަތް ނުލަވާ ތަވައާއި ތެލި" އެއްލާލާކަށް ނުވޭތަ؟

ތަތްނުލަވާ ތަވައާއި ތެއްޔަކީ ދިވެހިންގެ މެދުގައި ވަރަށް މަޤުބޫލު އެއްޗެކެވެ. ފަސޭހަ ކަމާއި އެތަކެއް ތަކުލީފަކުން މިންޖު ކުރެވުން އެއްޗެކެވެ. އެހެން ނަމަވެސް މިފަދަ ތަތް ނުލަވާ ތަވައާއި ތެލި ބޭނުން ކުރުމުގައި ސަމާލުވާން ޖެހެއެވެ. ރާއްޖޭގެ މަޝްޙޫރު ޑޮކްޓަރ ޒިޔާދު ފޭސްބުކްގައި އަންނަނީ އެކިއެކި މަޢުލޫމާތު ހިއްސާ ކުރަމުންނެވެ. އެގޮތުން “ތިބާއަށް އެނގޭ ހެއްޔެވެ؟” މިބައިގެ ދަށުން ލިއުއްވަމުން ގެންދަވާ އެކި އެކި ސިއްޙީ މަޢުލޫމާތުތަކުގެ ތެރެއިން “ކޮބާ އެއްލާލާކަށް ނުވޭތަ؟” މިސުރުޙީގެ ދަށުން ލިޔެފައިވާ ލ...

Thiladhunmathi News

ހއ. އަތޮޅުގައި ތިމާވެށީގެ ގޮތުން ހިމާޔަތް ކުރެވިފައިވާ ސަރަޙައްދުތަކާބެހޭ މަޝްވަރާ ބައްދަލުވުން ކެލާގައި ބާއްވައިފި

ހއ. އަތޮޅު (ތިލަދުންމަތީ އުތުރު ބުރީ) ގައި ތިމާވެށީގެ ގޮތުން ހިމާޔަތް ކުރެވިފައިވާ ސަރަޙައްދުތަކާބެހޭ މަޝްވަރާ ބައްދަލުވުން ހއ. ކެލާގައި ބާއްވައިފިއެވެ. ތިމާވެއްޓާއި ބެހޭ މިނިސްޓްރީއިން އިންތިޒާމް ކޮށްގެން ކުރިއަށްގެންދިޔަ އެ ބައްދަލުވުން އިއްޔެ ކެލާގައި ކުރިއަށް ދިޔަ އިރު އެ ބައްދަލުވުމުގައި ތިމާވެއްޓާއި ބެހޭ ވަޒީރު ޑޮކްޓަރު ޙުސައިން ރަޝީދު ޙަސަނާއި، އެމިނިސްޓްރީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެ މަސައްކަތު ބައްދަލުވުމުގެ އެންމެ ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވުނީ ބޮޑުތިލަދުންމަތ...

އިންޑިޔާގެ 71 ވަނަ ޖުމްހޫރީ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފި
Raajje

އިންޑިޔާގެ 71 ވަނަ ޖުމްހޫރީ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފި

އިންޑިޔާގެ 71 ވަނަ ޖުމްހޫރީ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފި އެވެ. އިންޑިއާގެ 71 ވަނަ ޖުމްހޫރީ ދުވަސް ފާހަގަކުރުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލީހްއެވެ. މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބް ފައިސަލް ނަސީމްއާ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދާއި، އުއްތަމް ފަނޑިޔާރު އަޙްމަދު މުޢުތަސިމް އަދްނާނު ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން އިންޑިއާއިން ދިވެހިރާއްޖެއަށް ކަނދައަޅުއްވާފައި ހުން...

ދިވެހި ޢާއިލާއަކުން ބަނގުލަދޭޝް ވިލެޖަކަށް ސާފު ފެންލިބޭނެ އިންތިޒާމް ހަމަޖައްސައިދީފި
International

ދިވެހި ޢާއިލާއަކުން ބަނގުލަދޭޝް ވިލެޖަކަށް ސާފު ފެންލިބޭނެ އިންތިޒާމް ހަމަޖައްސައިދީފި

ދިވެހި ޢާއިލާއަކުން ބަނގުލަދޭޝްގެ ވިލެޖެއްގައި ދިރިއުޅޭ ޢާއިލާ ތަކަކަށް ސާފު ފެންލިބޭނެ އިންތިޒާމް ހަމަޖައްސައިދީފިއެވެ. ސ. މަރަދޫއަށް ނިސްބަތްވާ އެ ޢާއިލާގެ އެހީގައި މި މަޝްރޫޢު ހިންގާފައިވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދަތި ހާލުގައި އުޅެމުންދާ، އެހީތެރިކަމަށް ބޭނުންވެފައިވާ މުސްލިމް އަޚުންނާއި އުޚުތުންނަށް އެހީތެރިވަމުން އަންނަ ރާއްޖޭގެ ޖަމްޢިއްޔާ އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ)ގެ ފަރާތުންނެވެ. އައިއޭސީއިން ބުނެފައިވަނީ އެވަޅު ހަދާފައިވަނީ ބަންގްލަދޭޝްގެ ސްކޫލެއްގެ ކައިރީކަމަށ...

ބޭސިކް ސްވިމިންގ ކޯޗިންގ ކޯހެއް ކުޅުދުއްފުށި ސިޓީގައި ފަށަނީ
Thiladhunmathi News

ބޭސިކް ސްވިމިންގ ކޯޗިންގ ކޯހެއް ކުޅުދުއްފުށި ސިޓީގައި ފަށަނީ

ވާދަވެރި ފެތުންތެރިން އުފެއްދުމަށް ބޭނުންވާ ފެތުމުގެ ކޯޗުން ތަމްރީނުކުރުމަށް ބޭސިކް ސްވިމިންގ ކޯޗިންގ ކޯހެއް މޯލްޑިވްސް ސުވިމިން ސޯސިއޭޝަނާ މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް އާއި ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމް 1 ގުޅިގެން ކުޅުދުއްފުށި ސިޓީގައި ހިންގަން ވަނީ ހަމަޖެހިފައެވެ. 10 ދުވަހުގެ މުއްދަތަށް ހިންގާ މިކޯސް ކުރިޔަށްދާނީ 2020 ފެބުރުއަރީ 2 ވަނަދުވަހުން ފެށިގެން 12 ވަނަ ދުވަހުގެ ނިޔަލަށެވެ. ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ކޯހުގައި ބައިވެރިވުމުގެ ޝަރުޠުހަމަވާ ކޮންމެދިވެއްސަކަށް ލިބިގެ...

އެއާރޕޯޓެއް ތަރައްޤީ ކުރިފަހުން ކުޅުދުއްފުށިވަނީ ނުރައްކަލެއްގެ ތެރެއަށް ވެއްޓިފަ: ހިއުމަން ރައިޓްސް ވޮޗް
Thiladhunmathi News

އެއާރޕޯޓެއް ތަރައްޤީ ކުރިފަހުން ކުޅުދުއްފުށިވަނީ ނުރައްކަލެއްގެ ތެރެއަށް ވެއްޓިފަ: ހިއުމަން ރައިޓްސް ވޮޗް

ކުޅީގެ %70 ހަލާކުކޮށް އެއާރޕޯޓެއް ތަރައްގީ ކުރިފަހުން ކުޅުދުއްފުށި ސިޓީވަނީ އިތުރު ނުރައްކަލެއްގެ ތަރެއަށް ވެއްޓިފައިކަމަށް ހިއުމަން ރައިޓްސް ވޮޗްއިން ބުނެފިއެވެ. އެ ޖަމްޢިއްޔާއިން މިގޮތަށް ބުނެފައިވަނީ މޫސުމަށް އަންނަ ބަދަލުތަކުން ކުރާ އަސަރު ކުޑަކުރުމަށް ގުދުރަތީ ވަޞީލަތްތަކާއި ޚާއްސަކޮށް ކުޅި، ފާ، އަދި ޗަސްބިންތައް ޙިމާޔަތްކޮށް ބެލެހެއްޓުމަށާއި ހދ.ކުޅުދުއްފުށީ ކުޅީގެ ބާކީ އޮތްބައި ޙިމާޔަތްކުރުމުގެ މުހިއްމުކަން ހާމަކޮށް އެކަމާމެދު ޢަމަލީ ގޮތުން މިހާރުން މިހާރަށް ފިޔަވަޅުއެޅުމަށް ގޮވާލައި ނެރުނ...

ކުޑަކުދިންގެ ހައްޤުތައް ހޯދައިދިނުމަށް ހިންގާ ހަރަކާތްތަކުގައި ޤާނޫނާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް އިލްތިމާސްކޮށްފި
News

ކުޑަކުދިންގެ ހައްޤުތައް ހޯދައިދިނުމަށް ހިންގާ ހަރަކާތްތަކުގައި ޤާނޫނާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް އިލްތިމާސްކޮށްފި

ކުޑަކުދިންގެ ހައްޤުތައް ހޯދައިދިނުމަށް ވަކާލާތުކޮށް ހަރަކާތްތައް ހިންގާއިރު ޤާނޫނާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮން ހިތުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ. ފުލުހުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ދެކުނުގެ ރަށެއްގައި ތުއްތު ކުއްޖަކަށް ޖިންސީ އަނިޔާކުރި މައްސަލައެއް ފެންމަތިވުމާއި ގުޅިގެން ދިވެހިރާއްޖޭގައި ކުޑަކުދިންނަށް ޖިންސީ އަދި ޖިސްމާނީ އަނިޔާ ދިނުމުގެ މައްސަލަތަކާއި މެދު އާންމު ރައްޔިތުންގެ ކަންބޮޑުވުން އިތުރުވެ މިފަދަ މައްސަލަތަކާއި ގުޅިގެން ފިޔަވަޅު އެޅުމުގައި...

އެމްޑީޕީއަށްދޭ ވޯޓުގެ ނަތީޖާ، ސަރުކާރާއި މަޖިލީހާއި ކައުންސިލްތައް ގުޅިގެން ދައްކައިދޭނަން: ރައީސް
Raajje

އެމްޑީޕީއަށްދޭ ވޯޓުގެ ނަތީޖާ، ސަރުކާރާއި މަޖިލީހާއި ކައުންސިލްތައް ގުޅިގެން ދައްކައިދޭނަން: ރައީސް

ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި ހުރިހާ ރައްޔިތުންގެ ކިބައިން ވެސް އެދެނީ އެމްޑީޕީގެ މެންބަރުންނަށް ވޯޓު ދިނުމަށް ކަމަށާއި އެއީ ގެއްލިގެން ދާނެ ވޯޓެއް ނޫންކަމަށް އަދި އޭގެ ނަތީޖާ، ސަރުކާރާއި މަޖިލީހާއި ކައުންސިލްތައް ގުޅިގެން ރައްޔިތުންނަށް ދައްކައިދޭނެކެމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. ކައުންސިލް އިންތިހާބަށް ތައްޔާރުވުމަށް އެމްޑީޕީން ލ. ގަމުގައި މިއަދު ބޭއްވި ވޯކްޝޮޕްގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ލާރުމަކަޒީ ނިޒާމުން ކަންކަން ކުރުމުގެ ވިސްނުމާއި ފިކުރު...

Raajje

ދަސްވާރުގެ ސަބަބުން ޘާނަވީ ތަޢުލީމްގެ މަރުހަލާއަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކުރި: މިނިސްޓްރީ

ސްކޫލުތަކުގެ ނަތީޖާ މަތިކުރުމަށް ބައެއް ދަރިވަރުންނަށް ދަސްވާރު ހެދުމަށް ސްކޫލުތަކުން މަޖުބޫރު ކުރިކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ. އިންކްލޫސިވް އެޑިޔުކޭޝަން ގެ ސިޔާސަތުގެ ދަށުން ސްކޫލްތަކުގައި ކުރިން ހިންގަމުން ދިޔަ “ދަސްވާރު ޕްރޮގްރާމް” ސްޓްރީމްއެއްގެ ގޮތުގައި އިތުރަށް ކުރިއަށް ނުގެންދިއުމަށް ނިންމާފައިވާކަން ހާމަކުރައްވައި އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ވަނީ މި ޕްރޮގްރާމްގެ ސަބަބުން ދަރިވަރުންނަށް ނޭދެވޭ އަސަރު ކޮށްފައިވާކަން ފާހަގަކުރައްވާފައެވެ. އެޑިއުކޭ...

ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް ބީވީއައިއެސްއެމް އިން ފަށައިފި
Raajje

ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް ބީވީއައިއެސްއެމް އިން ފަށައިފި

ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ޖަމިއްޔާ “ބްލައިންޑް އެންޑް ވިޝުއަލީ އިމްޕަޔަޑް ސޮސައިޓީ އޮފް މޯލްޑިވްސް” (ބީވީއައިއެސްއެމް) އިން ތެލްސީމިއާ ސެންޓަރުގައި ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމެއް މިއަދު ފަށައިފިއެވެ. ލޭ ހަދިޔާ ކުރުމުގެ މި ހަރަކާތަކީ އެ ޖަމިއްޔާގެ 10 ވަނަ އަހަރީ ދުވަހާއި ދިމާކޮށް ކުރިޔަށް ގެންދާ ހަރަކާތެކެވެ. މިއަދު ހަވީރު 17:00 އާއި ހަމަޔަށް މި ޕްރޮގްރާމް ކުރިޔަށް ދާނެކަމަށް އެޖަމިއްޔާއިންވަނީ ބުނެފައެވެ. މި ޕްރޮގްރާމްގެ ތެރެއިން ގިނަބަޔަކު ވަނީ އަލަށް ލޭ ހަދިޔާކޮށްފައެވެ. ޕްރޮ...

ޚާއްސަ ތަމްރީނު ލިބިފައިވާ ފަރާތްތައް ނޫނީ އަނިޔާ ލިބޭ ކުދިންނާ ސުވާލު ނުކުރުމަށް ފުލުހުން އެދިއްޖެ
Raajje

ޚާއްސަ ތަމްރީނު ލިބިފައިވާ ފަރާތްތައް ނޫނީ އަނިޔާ ލިބޭ ކުދިންނާ ސުވާލު ނުކުރުމަށް ފުލުހުން އެދިއްޖެ

ޚާއްސަ ތަމްރީނު ލިބިފައިވާ ފަރާތްތައް ނޫނީ އަނިޔާ ލިބޭ ކުދިންނަން ސުވާލު ނުކުރުމަށް ފުލުހުން އެދިއްޖެއެވެ. ފުލުހުން ބުނީ އެކިބާވަތުގެ އަނިޔާ ލިބޭ ކުޑަކުދިންނާ ސުވާލު ކުރުމުގެ ޚާއްސަ ތަމްރީނު ލިބިފައިވާ ފަރާތްތައް ނޫން ފަރާތަކުން އެފަދަ ކުދިންނާ ސުވާލުކުރުމަކީ އެކުދިންނަށް ނޭދެވޭ އަސަރު ކުރާނެ ކަމެއްކަމަށެވެ. އެހެންކަމުން އެ ފަދަ އަމަލުތައް ނުހިންގެވުމަށް އިލްތިމާސް ކުރާކަމަށް ފުލުހުން ބުނެފައިވެއެވެ.  https://www.facebook.com/219613284729264/posts/2947575178599714/?d=n އޭގެ އިތުރުން، ކުއްޖާގެ ވަ...

ނޮވެލް ކޮރޯނާވައިރަސްއިން ރައްކާތެރިވެ ތިބުމަށް އެއަރޕޯރޓް ތައްޔާރުގައި
Raajje

ނޮވެލް ކޮރޯނާވައިރަސްއިން ރައްކާތެރިވެ ތިބުމަށް އެއަރޕޯރޓް ތައްޔާރުގައި

ނޮވެލް ކޮރޯނާވައިރަސްއިންގެ ސަބަބުން ދިމާވެދާނެ ހާލަތަކަށް ރާއްޖޭގެ މައި ދޮރާށި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯރޓް ތައްޔާރު ވެއްޖެއެވެ. އެ އަރޕޯރޓްގެ ފަޔަރފައިޓަރުންނާއި، އީއެމްޓީސް އަދި އެއަރޕޯރޓް އެމެޖެންސީ ސަރވިސަސްއިން ވަނީ އެފަދަ ހާލަތަކަށް ރަނގަޅަށް ތައްޔާރުވެފައިކަމަށް ބުނެފައެވެ. މޯލްޑިވްސް އެއަރޕޯރޓް ރެސްކިއު އެންޑް ފަޔަރ ފައިޓަރސް ސަރވިސަސްއިންވަނީ އެކަމަށް ތައްޔާރުވެފައިވާކަން ދައްކާލައިފައެވެ. މޯލްޑިވްސް އެއަރޕޯރޓް ރެސްކިއު އެންޑް ފަޔަރ ފައިޓަރސް ސަރވިސަސްގެ ފޭސްބުކް ޕޭޖްގައި ބުނެފައި...