ފެނަކައިގެ ވަޒީފާތައް މަދުކުރަންޖެހޭ، މަސައްކަތެއްނުކޮށް ފައިސާ ދިނުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން: އަޒާން
ފެނަކަ ކޯޕަރޭޝަން ލިމިޓެޑް (ފެނަކަ) ގެ ވަޒީފާތައް އަދިވެސް މަދުކުރަންޖެހޭ ކަމަށާއި، އެއްވެސް މަސައްކަތެއް ނުކޮށް ރައްޔިތުންގެ ފައިސާ ލިބޭ ގޮތަށް މީހުން ވަޒީފާގައި ބޭތިއްބުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން ވިދާޅުވެއްޖެއެވެ. އަޒާން މިހެން ވިދާޅުވީ އައްޑޫ ސިޓީގެ ފެނަކަ ބްރާންޗުން ބައެއް ވަގުތީ މުވައްޒަފުން ވަޒީފާއިން ވަކިކުރުމާ ގުޅިގެން ދެކެވެމުން އަންނަ ވާހަކަތަކަށް އަލިއަޅުވާލާ މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގަ އެވެ. މެން...