މިސީޒަނުގައި މާޒިޔާ ބަލިކުރި ފުރަތަމަ ޓީމަކަށް އީގަލްސް
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ ބަލިކުރި ފުރަތަމަ ޓީމަކަށް ކްލަބް އީގަލްސް ވެއްޖެއެވެ. ރޭ ގަލޮޅު ދަނޑުގައި އީގަލްސް އިން މާޒިޔާ ބަލިކުރީ 0-1 ގެ ނަތީޖާއަކުންނެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި އީގަލްސްގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ މެޗުގެ 30 ވަނަ މިނެޓުގައި އަލީ ފާސިރު (ސެންޓޭ) އެވެ. އޭރިޔާ ބޭރުގައި ހުރެފައި ސެންޓޭ ތިރިތިރިން ބާރަށް ފޮނުވާލި ބޯޅަ ގޯލުގެ ތިރީ ކަނަށް އަމާޒުވިއިރު، އެ ބޯޅަ ހުއްޓުވަން މާޒިޔާގެ ގޯލުގައި ހުރި […]