Skip to main content

ފާތިމަތު ސިނާޒާ

Viewer
🇲🇻 ތިލަދުން Desk
226 Stories
104 Reads

Published on ތިލަދުން (Thiladhun) by ފާތިމަތު ސިނާޒާ

އައްޑޫ ސިޓީގެ ފަތުރުވެރިކަން ފުޅާކުރުމަށް ހާއްސަ މަސައްކަތްތަކެއް ހިންގަނީ
Raajje

އައްޑޫ ސިޓީގެ ފަތުރުވެރިކަން ފުޅާކުރުމަށް ހާއްސަ މަސައްކަތްތަކެއް ހިންގަނީ

އައްޑޫ ސިޓީގައި ފަތުރުވެރިކަން އިތުރަށް ފުޅާކޮށް ކުރިއެރުވުމަށް ޚާއްސަ މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާކަމަށް ޓުއަރިޒަމް މިނިސްޓަރ އަލީ ވަޙީދު ވިދާޅުވެއްޖެއެވެ. ޓުއަރިޒަމް މިނިސްޓަރ އަލީ ވަޙީދު މިހާރު އިނގިރޭސިވިލާތަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެޤައުމުގެ ޤާނޫނު ހަދާ މަޖިލީހަށް ކުރެއްވި ޒިޔާރަތުގައި މިއަދު ވަނީ މިކަމާއި ގުޅޭ ގޮތުން މަޝްވަރާކުރައްވާފައެވެ. އައްޑޫ ސިޓީގެ ފަތުރުވެރިކަން ކުރިއެރުވުމަށް މަސައްކަތް ފަށާފައިވާއިރު،މިނިސްޓަރ އަލީ ވަޙީދު ވިދާޅުވީ މި ބައްދަލުކުރެއް...

ގއ.ނިލަންދޫގައި އަލަށް އިމާރަތް ކުރާ އިންޖީނުގޭގެ ބިންގާ އަޅައިފި
Raajje

ގއ.ނިލަންދޫގައި އަލަށް އިމާރަތް ކުރާ އިންޖީނުގޭގެ ބިންގާ އަޅައިފި

ފެނަކަ ކޯޕަރޭޝަނުން ގއ. ނިލަންދޫގައި އަލަށް އިމާރާތް ކުރާ އިންޖީނުގޭގެ ބިންގާ އަޅައިފިއެވެ. މިއަދު ބިންގާއެޅުމަށް ބޭއްވި ރަސްމިއްޔާތުގައި އިންޖީނުގޭގެ ބިންގާ އަޅުއްވައި ދެއްވީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު ސައީދު މުހައްމަދާއި، ދާންދޫ ދާއިރާގެ މަޖިލިސް މެމްބަރ ޔައުގޫބު އަބްދުﷲ އެވެ. މިއަދު ބޭއްވެވި ރަސްމިއްޔާތުގައި ފެނަކަ ކޯޕަރޭޝަންގެ އެމްޑީ އަޙުމަދު ސައީދާއި ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު ޢަބްދުﷲ ގެ އިތުރުން ނިލަންދޫ ކައުންސިލްގެ ރައީސް ނާސިހު އިބްރާހީމް ވަނީ ބައިވެރިވެ ވާހަ...

ނަރުދޫ އަތިރިމަތި ސާފުކުރުން ފެނަކައާއި އެކު މިފަހަރު ނިކުތީ އަންހެންވެރިން
Thiladhunmathi News

ނަރުދޫ އަތިރިމަތި ސާފުކުރުން ފެނަކައާއި އެކު މިފަހަރު ނިކުތީ އަންހެންވެރިން

ފެނަކަ ނަރުދޫ ބުރާންޗް އިސްނަގައިގެން ”ރީތި ސާފު ނަރުދޫ ” ގެ ނަމުގައި ކުރިއަށް ގެންދާ ޕޮރޮގްރާމްގެ ދަށުން އެރަށު އަންހެންވެރިން ނުކުމެ އެރަށުގެ  ގޮނޑުދަށްތައް ސާފު ކޮށްފިއެވެ. މި ހަރަކާތުގައި އަންހެން ވެރިންގެ އިތުރުން  ށ.ނަރުދޫ ސުކޫލު ގާލް ގައިޑް ދަރިވަރުންވެސް ވަނީ ބައިވެރި ވެފައެވެ. މިދިޔަމަހުގެ ފަހުކޮޅު ށ. ނަރުދޫ ފެނަކަ ބްރާންޗުން ކުރިއަށްގެންދިޔަ ރަށުތެރެ ސާފުކުރުމުގެ މުބާރާތުގައި އެރަށުން 2.8 ޓަނުގެ ޕްލާސްޓިކްވަނީ ހޮވާފައެވެ. މި ޕްރޮގުރާމަކީ ފެނަކަ ކޯޕްރޭޝަން އަދި މިލަންދޫ ދާއިރާގެ […]

ހެރިޓޭޖް ސާރވޭ ޓީމުގެ މަސައްކަތްތައް ހއ.އަތޮޅުގައި ފަށައިފި
Thiladhunmathi News

ހެރިޓޭޖް ސާރވޭ ޓީމުގެ މަސައްކަތްތައް ހއ.އަތޮޅުގައި ފަށައިފި

ހެރިޓޭޖް މިނިސްޓްރީގެ ފަރާތުން ރަށް ރަށުގެ އާސާރުތައް ދިރާސާ ކުރުމުގެ މަސައްކަތް ފަށައިފިއެވެ. މޯލްޑިވްސް ހެރިޓޭޖް ސާރވޭ ޓީމުގެ މަސައްކަތްތައް މިއަދު ފަށައިފައިވަނީ ހއ.އަތޮޅުންފަށާފައި ވާއިރު އެ އަތޮޅު އަތޮޅުކައުންސިލާއި ބައްދަލު ކުރެއްވުމަށް ފަހު އެންމެ ފުރަތަމަ މަސައްކަތް ފަށާފައިވަނީ ހއ.ހޯރަފުށީގެ މުހިއްމު ގިނަދުވަސްވީ ބިނާއެއްކަމަށްވާ އެރަށުގެ ކުޑަމިސްކިތުގައެވެ. މިނިސްޓްރީން ބުނެފައިވަނީ މިމަސައްކަތަށް ފަހު އަނެއްކާވެސް އިތުރު ރަށް ތަކުގެ ސާރވޭތައް ކުރިއަށް އޮތް މަސްތަކުގައި ހެދިގެން ދާނެކަ...

ހިތާނީ ކޭމްޕް މިއަހަރުވެސް ކުޅުދުއްފުށީ ހޮސްޕިޓަލުގައި
Thiladhunmathi News

ހިތާނީ ކޭމްޕް މިއަހަރުވެސް ކުޅުދުއްފުށީ ހޮސްޕިޓަލުގައި

ކޮންމެ އަހަރަކުވެސް ކުޅުދުއްފުށީ ހޮސްޕިޓަލްގައި ބޮޑު ޗުއްޓީ އާއި ދިމާކޮށް ބާއްވަމުން އަންނަ ހިތާނީ ކޭމްޕް މިއަހަރުވެސް ބޭއްވުމަށް ހަމަޖެހިއްޖެއެވެ. ކުރީ އަހަރުތަކެކޭ އެއްގޮތައް މިއަހަރުގެ ކޭމްޕް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 20 ފެށިގެން 30 ޑިސެމްބަރުގެ ނިޔަލަށެވެ. މި ކޭމްޕްގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މިމަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މި ކޭމްޕާއި ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް ބޭނުންވާނަމަ 6528864 ނަމްބަރާއި ގުޅުއްވުމަށް އެފަރާތުން އެދިފައި...

2020 ވަނަ އަހަރުގެ ބަޖެޓުގައި ކުޑަކުދިންގެ ހިޔާ އައްޑޫ އާއި ބ އަތޮޅަށް
Raajje

2020 ވަނަ އަހަރުގެ ބަޖެޓުގައި ކުޑަކުދިންގެ ހިޔާ އައްޑޫ އާއި ބ އަތޮޅަށް

އަންނަ 2020 ވަނަ އަހަރަށް ލަފާކޮށް ނެރުނު ބަޖެޓުގައި ޕްލޭން ކޮށްފައިވާ އިޖުތިމާއި ރައްކާތެރިކަމުގެ ޕްރޮގްރާމުތަކުގެ ތެރޭގައި އައްޑޫ ސިޓީ އަދި ބ. އޭދަފުށީގައި ކުޑަކުދިންގެ ހިޔާއެއް ގާއިމުކުރަން ބަޖެޓުގައި ހިމަނައިފި އެވެ. ބަޖެޓުގައި އިސްކަން ދީފައި ވާނީ ރާއްޖޭގެ ރައްޔިތުންނަށް އިޖްތިމާއީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ ގޮތުން ސަރުކާރުގެ ސިޔާސަތާއި އެއްގޮތަށް އެހީތައް ދިނުމުގައި ހަމަހަމަ އުސޫލެއް ގާއިމްކުރުމަށްކަމަށް މަޖިލީހުގައި ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަ...

ސަމާލުވޭ! - އެސްޓީއޯގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދަނީ
Raajje

ސަމާލުވޭ! - އެސްޓީއޯގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދަނީ

ސްޓޭޓް ޓްރޭޑް އޮގަނައިޒޭޝަން(އެސްޓީއޯ) ގެ ނަމުގައި އާންމުންގެ ފޯން ނަމްބަރ ތަކަށް ގުޅައި ރުފިޔާ ހޯދަމުން ދަތީ އެކަމަށް ސަމާލުވާން އެސްޓީއޯ އިން އިލްތިމާސްކޮށްފި އެވެ. އެސްޓީއޯ އިން ބުނެފައިވަނީ އެފަރާތުން ރީލޯޑް ކޮށްގެން އިނާމް ލިބޭ ޕުރޮމޯޝަނެއް އެއްވެސް އިރެއްގައި ހިންގާފައި ނުވާ ކަމަށެވެ. Announcement! pic.twitter.com/L7hpCGxSXa — STO (@stoplc) November 6, 2019 އޮޅުވާލައިގެން ފައިސާ ހޯދުމަށް މަސައްކަތް ކުރުމަކީ ވަރަށް ބޮޑަށް އާންމުވެފައިވާ މައްސަލައެކެވެ. އެގޮތުން، ނުދަންނަ ނަންބަރުތަކުން، ގުޅ...

2020 ގައި ރާއްޖޭގެ އިގްތިސާދީ ކުރިއެރުން %7.5 ގައި ހުންނާނެ ކަމަށް ލަފާކޮށްފި
Business

2020 ގައި ރާއްޖޭގެ އިގްތިސާދީ ކުރިއެރުން %7.5 ގައި ހުންނާނެ ކަމަށް ލަފާކޮށްފި

އަންނަ 2020 ވަނަ އަހަރު ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަން (ޖީޑީޕީ) ކުރިއަރާ ނިސްބަތް ހުންނާނީ 7.5 ޕަސެންޓްގައި ކަމަށް ސަރުކާރުން އަންދާޒާކޮށްފި އެވެ. މި އަހަރު ރާއްޖޭގެ ޖީޑީޕީގެ ކުރިއެރުން ހުންނާނީ 5.2 ޕަސެންޓްގައި ކަމަށް ފިނޭންސް މިނިސްޓްރީ އާއި ވޯލްޑް ބޭންކުން ވެސް ވަނީ ލަފާކޮށްފައިވާއިރު މިއީ، ކުރީގެ އަންދާޒާތަކަށް ވުރެ ދަށް އަދަދެކެވެ. ރާއްޖޭގެ ޓޫރިޒަމް ސިނާއަތު އޮތީ ދުޅަހެޔޮކަން މަތީގައި ކަމަށް ވުމާ އެކު، އެ ދާއިރާގެ ކުރިއެރުން އަންނަ އަހަރު 2.6 […]

11 އަހަރަށްފަހު 2020 ވަނަ އަހަރުގެ ބަޖެޓުގައި ދިއްދޫގެ ބިން ހިއްކުން
Thiladhunmathi News

11 އަހަރަށްފަހު 2020 ވަނަ އަހަރުގެ ބަޖެޓުގައި ދިއްދޫގެ ބިން ހިއްކުން

11 އަހަރަށް ފަހު 2020 ވަނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ދިއްދޫގެ ބިން ހިއްކުން ހިމަނައިފިއެވެ. އެންމެ ފަހުން ދިއްދޫގެ ބިންހިއްކާފައިވަނީ ރައީސް ނަޝީދުގެ ވެރިކަމުގައި 2008 ވަނަ އަހަރުއެވެ. އޭގެ ފަހުން ދިއްދޫގެ ބިން ހިއްކުމަށް ހުށަހެޅި މިއީ ފުރަތަމަފަހަރުވެސް މެއެވެ. ބޮޑު އާބާދީއެއް ދިރިއުޅުމެއް އަންނަ ދިއްދޫ ގައި 2008 ވަނަ އަހަރު ވަނީ 27 ކިލޯމީޓަރުގެ ބިން ހިއްކާ 350 ރޯހައުސް އަޅާފައެވެ. އޭގެ ތެރެއިން 150 ގޭގައި މީހުން ދިރިއުޅެމުންދާއިރު ބާކީ 200 ގޭ ދިނުމަށް މިހާރުވަނީ […]

ނެއްލައިދޫ ބަނދަރަށް ވެލިގަނޑު ވަދެ އަނެއްކާ ހިކިއްޖެ
Thiladhunmathi News

ނެއްލައިދޫ ބަނދަރަށް ވެލިގަނޑު ވަދެ އަނެއްކާ ހިކިއްޖެ

ހދ.ނެއްލައިދޫ ބަނދަރު ތެރެއަށް ވެލިގަނޑު ވަދެ އަނެއްކާވެސް ބަނދަރު ތިލަވާންފަށައިފިއެވެ. ދާދި ފަހުން ވެސް މި މައްސަލަ ކުރިމަތިވެ އުޅަނދު ފަހަރު ވަދެ ނުކުންނަން އުދަނގޫވާ ދަރަޖައަށް ކަންތައް ދިޔުމާއި އެކު މިކަން ސަރުކާރާއި މަޖިލިސް މެމްބަރުގެ ސަމާލުކަމަށް ގެނައުމާއި އެކު ބަނދަރު ފުންކޮށްފައިވަނީ ނިމިގެން ދިޔަ މަޖިލިސް އިންތިހާބާއި ދިމާކޮށެވެ. ފުންކޮށްފައިވާ ބަނދަރު އަނެއްކާވެސް ތިލަވާން ފަށާފައިމިވަނީ ރަށްވަށާ ވޮޑޭ ވެލިގަނޑު ބަނދަރު ތެރެއަށް ވަންނަމުން ދާތީއެވެ. މި މައްސަލަ ދިމާވަމުން ދާތީ ނެއްލަ...

ހޯރަ ޕީއެސް މުބާރަތް ނިންމާލައިފި
Thiladhunmathi News

ހޯރަ ޕީއެސް މުބާރަތް ނިންމާލައިފި

ހޯރަފުށީ ކައުންސިލާއި ހޯރަފުށީ ކޮމިޔުނިޓީ ސެންޓަރާއި ހަހެތި ޓިމް ގުޅިގެން ޒުވާނުންނަށް ބޭއްވި ޕީއެސް މުބާރާތް ނިންމާލައިފިއެވެ. ހޯރަ ޕީއެސްގެ ނަމުގައި މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ދެ ދުވަހުގެ މުއްދަތައް ކުރިއަށް ގެންދިޔަ މި މުބާރާތުގެ އެއްވަނަ އަށް 1000 ރުފިޔާ އަދި ދެވަނަ އަށް 500 ދީފައިވެއެވެ. ޖުމްލަ 15 ކުޅުންތެރިންނާއި އެކު ކުރިއަށް ގެންދިޔަ މި މުބާރާތުގެ ޕީއެސް ކިންގްގެ މަގާމު ލިބިފައިވަނީ އިބްރާހިމް ހުޝާމްއަށެވެ. މި މުބާރާތުގެ ދެވަނަ ލިބިފައިވަނީ މުހައްމަދު ޝިފާޒްއަށެވެ. […]

ޑެކަގަން ކަޕް ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިިފި
Thiladhunmathi News

ޑެކަގަން ކަޕް ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިިފި

ހދ.ނޭކުރެންދޫގައި ހިންގަމުން އަންނަ ޑެކަގަން ސްޕޯޓްސް ކުލަބުގެ ފަރާތުން ބާއްވަމުން އަންނަ ފުޓްބޯޅަ މުބާރާތް ޑެކަގަން ކަޕް ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިިފިއެވެ. ިއިއްޔެ އިން ފެށިގެން މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލާފައިވާއިރު އެ ކުލަބުގެ އޮފީހުން ފޯމް ލިބެން ހުންނާނެކަމަށް އެފަރާތުގެ އިއުލާނުގައި ވަނީ ބުނެފައެވެ. ފޯމް ދޫކުރުމާއި ފޯމް ބަލައިގަތުމަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ20:30 ން21:30 ހުންނާނެކަމަށާއި އަދި މުބާތާރުގައި ބައިވެރިވުމަށް ބޭނުންވާ...

ގުރޭޓަރ މާލެ އަށް 3.35 ބިލިޔަން ހިމަނާ ބަޖެޓް ދިރާސާކުރުމަށް ފޮނުވައިފި
Raajje

ގުރޭޓަރ މާލެ އަށް 3.35 ބިލިޔަން ހިމަނާ ބަޖެޓް ދިރާސާކުރުމަށް ފޮނުވައިފި

އަންނަ އަހަރަށް ލަފާކުރާ 37.5 ބިލިއަން ރުފިޔާގެ ބަޖެޓް ދިރާސާކުރުމަށް ބަޖެޓް ކޮމެޓީއަށް ފޮނުވައިފި އެވެ. މިއަދު ބޭއްވެވި ޖަލްސާގައި މަޖިލީހަށް އަންނަ އަހަރަށް ލަފާކުރާ 37.5 ބިލިއަން ރުފިޔާގެ ބަޖެޓް ހުށަހަޅާފައިވަނީ ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރެވެ. ބަޖެޓުގައި ވާގޮތުން މީގެތެރެއިން އެންމެ ބޮޑު ބައި ޚަރަދުކުރުމަށް ހަމަޖެހިފައިވަނީ ރިކަރަންޓް ޚަރަދަށާއި ތަރައްޤީގެ މަޝްރޫޢުތަކަށެވެ. ރިކަރަންޓް ޚަރަދުގެ ގޮތުގައި ހިނގާނެކަމަށް ލަފާކޮށްފައިވަނީ 22.2 ބިލިއަން ރުފިޔާއެވެ. އަދި ޕީއެސްއައިޕީ ޕްރޮޖެކް...

ކުޅުދުއްފުށީ ހޮސްޕިޓަލުގެ ކާޑިއެކް ސެންޓަރު ޚިދުމަތް ވަގުތީ ގޮތުން ހުއްޓިފާ
Thiladhunmathi News

ކުޅުދުއްފުށީ ހޮސްޕިޓަލުގެ ކާޑިއެކް ސެންޓަރު ޚިދުމަތް ވަގުތީ ގޮތުން ހުއްޓިފާ

އޮކްޓޯބަރުމަހު 11 ވަނަ ދުވަހު ކުޅުދުއްފުށީގައި ހުޅުވާ ހިދުމަތް ދޭންފެށި ކާޑިއެކް ސެންޓަރު ހިދުމަތް ކެނޑި ހިދުމަތް ހޯދަމުންދިޔަ ފަރާތްތަކަށް ބޮޑެތި އުނދަގޫތަކާ ކުރިމަތިލާން ޖެހިއްޖެއެވެ. އެ ސެންޓަރުން ދެމުން އައި ހިދުމަތް މެދުކެނޑިފައިވަނީ ކާޑިއެކް ސެންޓަރުގައި މަސައްކަތް ކުރަމުންދިޔަ ހަމައެކަނި ހިތުގެ ޑޮކްޓަރުން ރަށުން ފުރުމުން ކަމަށް ވަނީ މައުލޫމަތު ލިބިފައެވެ. މިސްރަށް ނިސްބަތްވާ އެ ޑޮކްޓަރު އެގްރިމެންޓް ހަމަވެ އެނބުރި ރަށަށް ގޮސްފައިވަނީ މި ނިމިދިޔަ އޮކްޓޯބަރުމަހުގެ ތެރޭގައި އެވެ. ކުޅުދުއްފުށ...

ތިލަދުންމަތީގެ ފަހުރު - ޝަހީދު ޙުސައިން އާދަމް
Thiladhunmathi News

ތިލަދުންމަތީގެ ފަހުރު - ޝަހީދު ޙުސައިން އާދަމް

 1988 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 3 ވަނަ ދުވަހުގެ އަރާމު ނިދިން، ދިވެހިން ހޭލައްވާލި ބާރު އަޑަކީ ކިހާ ބިރުވެރިކަމެއްކަމެއް އެވަގުތު އެނގިފައި ނުވިނަމަވެސް މުޅި ދުވަސް ނިމިގެން ދިޔައީ ބިރުވެރި ކަމާއި ނާމާންކަމުގެ ތެރެއިން 19 ދިވެހިން ޝަހީދުކޮށްލުމަށް ފަހުއެވެ. އެ ޢުދުވާނަށް މިއަދަށް 31 އަހަރު ވެފައިވާއިރު އެދުވަހުގެ ބިރުވެރި ހަނދާންތަކާއި އަޑުތައް ދިވެހިންގެ ކަންފަތުގައި ތާއަބަދަށް ހަރުލާފައި ހުންނާނެ ކަމާމެދު އެއްވެސް ޝައްކެތްނެތެވެ. ދިވެހި ޚާއިނުންގެ މަދު ބަޔަކާއި ބޭރުގެ ކުލީ ސިފައިން ގުޅިގެ...