Skip to main content

ހުސައިން ހަބީބް

Contributor
🇲🇻 ތިލަދުން Desk
1,128 Stories
528 Reads

Published on ތިލަދުން (Thiladhun) by ހުސައިން ހަބީބް

މަހްލޫފްގެ މައްސަލަ ބަލާ ގާޒީ ބަދަލުވެ، އަޑުއެހުން ކެންސަލް
Raajje

މަހްލޫފްގެ މައްސަލަ ބަލާ ގާޒީ ބަދަލުވެ، އަޑުއެހުން ކެންސަލް

ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފްގެ މައްޗަށް ކުރާ ރިޝްވަތުގެ ދައުވާގެ މައްސަލަ ބަލާ ގާޒީ ބަދަލުވެ އަދި މައްސަލާގެ އަޑުއެހުން މިއަދު ކެންސަލްކޮށްފި އެވެ. ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަތުން ރިޝްވަތުގެ ގޮތުގައި ފަސް ލައްކަ ރުފިޔާ ނެގި ކަމަށް ބުނެ މަހްލޫފްގެ މައްޗަށް ކުރާ ދައުވާ ކްރިމިނަލް ކޯޓުގައި ކުރިން ބެއްލެވީ ގާޒީ މުހައްމަދު މިސްބާހެވެ. އޭނާ ކުރިން ނިންމެވީ އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. ފަހުން ހައި ކޯޓުން ނިންމާފައިވަނީ […]

ޖަލަށް ފޯނު ވައްދަން އުޅުނު ފުލުހަކު ފަސް މަހަށް ޖަލަށް
Raajje

ޖަލަށް ފޯނު ވައްދަން އުޅުނު ފުލުހަކު ފަސް މަހަށް ޖަލަށް

ދޫނިދޫ ޖަލަށް ވަގަށް ފޯނު ވައްދަން އުޅުނު ފުލުހަކު ފަސް މަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ. މިއީ މިފަދަ މައްސަލައެއްގައި ފުލުހެއްގެ މައްޗަށް ޖަލު ހުކުމެއް އައި ފުރަތަމަ ފަހަރެވެ. މި މައްސަލާގައި ޖަލަށްލީ ޕޮލިސް ކޮންސްޓަބަލް ލ. ދަނބިދޫ ނާއިސް، އަނަސް އަލީގެ މައްޗަށެވެ. އަނަސްގެ މައްޗަށް އެ ހުކުމް އައީ 2020 ވަނަ އަހަރު ދޫނިދޫގައި އޭނާ އުޅެނިކޮށް، ޖަލަށް ފޯނު ވައްދަން އުޅޭކަމަށް މައުލޫމާތު ލިބިގެން އޭނާގެ ހަށިގަނޑު ފާސް […]

އެމްޕީއެލްގެ ފައިސާތަކަކަށް ޚިޔާނާތްވި މެނޭޖަރަކު އަށް މަހަށް ޖަލަށް
Raajje

އެމްޕީއެލްގެ ފައިސާތަކަކަށް ޚިޔާނާތްވި މެނޭޖަރަކު އަށް މަހަށް ޖަލަށް

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އެމްޕީއެލްގެ 240،000ރ. އަށް ޚިޔާނާތްތެރިވި އެތަނުގެ މެނޭޖަރަކު އަށް މަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ. އެމްޕީއެލްއިން ހިންގި ސަދަން ޓްރާންސްޕޯޓް ލިންކުގެ ފައިނޭޝަލް މެނޭޖަރެއްގެ ގޮތުގައި ހުރެ، 2015 ވަނަ އަހަރު އެތަނުގެ ފައިސާއަށް ޚިޔާނާތްތެރިވިކަން ސާބިތުވީ ސ. ފޭދޫ ބުލްބުލްގެ އަބްދުﷲ ރަޝީދުގެ މައްޗަށެވެ. އެއީ އެތަނަށް ލިބުނު 248،000ރ. އަށް ޚިޔާނާތްވުމުންނެވެ. މިދިޔަ ހަފުތާގައި ކޯޓުން ކުރި ހުކުމުގައިވަނީ އޭނާ ދައުވާއަށް އިންކާރު ކުރިޔަސް...

މާރަންދޫ އިންޖީނުގޭގެ 2 ލައްކަ ރުފިޔާއަށް ޚިޔާނާތްވުމުން 1 ލައްކައިގެ ޖޫރިމަނާއެއް
Thiladhunmathi News

މާރަންދޫ އިންޖީނުގޭގެ 2 ލައްކަ ރުފިޔާއަށް ޚިޔާނާތްވުމުން 1 ލައްކައިގެ ޖޫރިމަނާއެއް

ހއ. މާރަންދޫ އިންޖީނުގޭގެ 224،000 އަށް ވުރެ ގިނަ ރުފިޔާއަށް ޚިޔާނާތްތެރިވި މީހާ ޖަލަށް ނުލާ، 111،000ރ. އިން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ. 2012 އިން ފެށިގެން 2014 އާ ހަމައަށް މާރަންދޫ އިންޖީނުގެ ހިންގުމާ ހަވާލުވެ ހުރި އެރަށު ފަޒާ މުހައްމަދު އަރީފު ޚިޔާނާތްތެރިވީ އެތަނުގެ 224،000ރ. އަށެވެ. ކްރިމިނަލް ކޯޓުން މިދިޔަ ހަފުތާގައި ހުކުމްކުރީ އަރީފް ކުށަށް އިންކާރު ކުރިޔަސް، ހެކިތަކުން އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށެވެ. އެކަމަކު ކޯޓުން […]

އުދައްޔު މަރާލި ކުޑަކުއްޖާ 25 އަހަރަށް ޖަލަށް، އެއް މިލިއަންގެ މަރުގެ ދިޔަ
Raajje

އުދައްޔު މަރާލި ކުޑަކުއްޖާ 25 އަހަރަށް ޖަލަށް، އެއް މިލިއަންގެ މަރުގެ ދިޔަ

މިދިޔަ އަހަރު ގއ. މާމެންދޫގައި އަހުމަދު އުދައްޔުގެ މަރާލުމުގައި ބައިވެރިވި ކުޑަކުއްޖާ 25 އަހަރަށް ޖަލަށްލައި، އެއް މިލިއަން ރުފިޔާގެ މަރުގެ ދިޔަ ދައްކަން ޖުވެނައިލް ކޯޓުން ހުކުމްކޮށްފި އެވެ. ގްރޫޕް މަރާމާރީއެއްގައި އުދައްޔުއަށް ހަމަލާދީ މަރާލުމުގެ އިތުރުން އުދައްޔުގެ ބޭބެއަށް ހަމަލާދިން ކަމަށް ބުނެ ދައުލަތުން ދައުވާކުރި 17 އަހަރު މީހާގެ މައްޗަށް ކުރި ދެ ދައުވާ ސާބިތުވިޔަސް، އޭނާގެ މައުލޫމާތު ގާނޫނު އޮންނަ ގޮތުން އޮތީ ސިއްރުކޮށްފަ އެވެ. ޖުވެނައިލް ކޯޓުން އެ މައްސަލާގައި […]

މޭރީގެ މެޑިކަލް ޗާޓު ނެތް ކަމަށް ބުނުމުން ލަމްހާ ބުނީ "ބޮޑު ދޮގެއް" ކަމަށް
Raajje

މޭރީގެ މެޑިކަލް ޗާޓު ނެތް ކަމަށް ބުނުމުން ލަމްހާ ބުނީ "ބޮޑު ދޮގެއް" ކަމަށް

މިދިޔަ އަހަރު ލޯބީގެ މައްސަލައެއްގައި މަރާލި މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި، މޭރީގެ މެޑިކަލް ޗާޓު ނެތް ކަމަށް ދައުލަތުން ބުނާ ބުނުން އެ މައްސަލާގައި ދައުވާލިބޭ ހަލީމަތު ލަމްހާ ދޮގުކޮށްފި އެވެ. ލަމްހާ އާއި މޭރީގެ ފިރިމީހާ މާވިންގެ މައްޗަށް ދައުވާކުރަނީ އެ ދެ މީހުން ލޯބީގެ ގޮތުން ގުޅިގެން އުޅެމުން އެ ދެ މީހުން ބައިވެރިވެގެން މޭރީ މަރާލި ކަމަށް ބުނެ އެވެ. އެ މައްސަލާގައި ކޯޓުން އޮތީ މޭރީއަށް ފަރުވާ ދިން މެޑިކަލް […]

އަރުޝަދު ހައްޔަރުކުރަން ނެރުނު އަމުރު ގޯސް: ސުޕްރީމް ކޯޓް
Raajje

އަރުޝަދު ހައްޔަރުކުރަން ނެރުނު އަމުރު ގޯސް: ސުޕްރީމް ކޯޓް

ޑްރަގް މައްސަލައެއްގެ ބޮޑެއް ކަމަށް ފުލުހުން ތުހުމަތުކުރާ އަރުޝަދު ޚާލިދު ހައްޔަރުކުރަން ހައި ކޯޓުން ނެރުނު އަމުރު ގޯސް ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. ނުވަ ކިލޯގެ ޑްރަގް މައްސަލައެއްގެ އިސް މީހާ ކަމަށް ތުހުމަތުކުރާ އަރުޝަދު ރާއްޖެއިން ބޭރުގައި ގިނަ ދުވަސްތަކެއް ވަންދެން އުޅުމަށްފަހު މިމަހު ކުރީކޮޅު ރާއްޖެ އައުމުން އޭނާ ހައްޔަރުކުރީ ނުވަ ކިލޯ ޑްރަގް މައްސަލާގައި ކުށް ސާބިތުނުވި މައްސަލާގައި ހައި ކޯޓަށް ހާޒިރުކުރަން އޭނާ ހައްޔަރު ކުރަން އެ […]

މަންޑޭއަށް ހެދިގެން ބަރަހަނާ ފޮޓޯ ހޯދި މީހަކު 47 ދުވަހަށް ޖަލަށްލައި، 60،000 އިން ޖޫރިމަނާ
Raajje

މަންޑޭއަށް ހެދިގެން ބަރަހަނާ ފޮޓޯ ހޯދި މީހަކު 47 ދުވަހަށް ޖަލަށްލައި، 60،000 އިން ޖޫރިމަނާ

މަޝްހޫރު ބޮޑުބެރު ލަވަކިޔުންތެރިޔާ އިބްރާހިމް މަމްދޫހު (މަންޑޭ) ގެ ނަމުގައި ފޭކް އައިޑީތަކެއް ހަދައިގެން ޒުވާން އަންހެން ކުދިންނާ ފޭސްބުކް އިން ވާހަކަ ދައްކައި، އެ މީހުންގެ ބަރަހަނާ ފޮޓޯތައް ހޯދި މީހަކު ދޮޅު މަހަށް ޖަލަށްލައި، 60،000ރ. އިން ޖޫރިމަނާކުރަން ހައިކޯޓުން މިއަދު ހުކުމްކޮށްފި އެވެ. 2017 ވަނަ އަހަރު ފޭސްބުކްގައި މަންޑޭގެ ނަމުގައި ފޭކް އައިޑީތަކެއް ހަދައިގެން ޒުވާން އަންހެން ކުދިންނާ ވާހަކަ ދައްކައިގެން އެ ކުދިންގެ ބަރަހަނާ ފޮޓޯތަކެއް ހޯދި މައްސަލާގައި ދައުލަތުން […]

ލޯބީގެ ހަދިޔާ އަނބުރާ ދޭން ނުޖެހޭނެ ކަމަށް ކުރި ހުކުމް ބާތިލް
Raajje

ލޯބީގެ ހަދިޔާ އަނބުރާ ދޭން ނުޖެހޭނެ ކަމަށް ކުރި ހުކުމް ބާތިލް

ލޯބިވެރިޔާ ކޮށްދިން ކަންތައްތަކާއި ދިން ހަދިޔާ އާއި ފައިސާ އަނބުރާ ދައްކަން ނުޖެހޭނެ ކަމަށް ކޯޓަކުން ކޮށްފައިވާ ހުކުމެއް ހައިކޯޓުން މިއަދު ބާތިލްކޮށްފި އެވެ. ލ. އަތޮޅަށް ނިސްބަތްވާ ފިރިހެނަކު ލ. ގަމު މެޖިސްޓްރޭޓަށް މައްސަލަ ހުށަހެޅީ އޭނާގެ ކުރީގެ ލޯބިވެރިޔާއާ ގުޅިގެން އުޅުނު މުއްދަތުގައި އެކަކު އަނެކަކަށް ކޮށްދިން ކަންތައްތަކާއި ދިން ހަދިޔާ އާއި ފައިސާތައް އަނބުރާ ދައްކަން ނުޖެހޭނެ ކަމަށް ކަނޑައެޅުމަށެވެ. އެ ކޯޓުން ހުކުމްކުރީ ވެސް އެގޮތަށެވެ. އަންހެން މީހާ އެ މައްސަލަ […]

އަނަސްގެ ގާތިލަކު މަރުގެ އަދަބުން ސަލާމަތްވެ، 18 އަހަރަށް ޖަލަށް
Raajje

އަނަސްގެ ގާތިލަކު މަރުގެ އަދަބުން ސަލާމަތްވެ، 18 އަހަރަށް ޖަލަށް

މާލޭގައި ތޫނު އެއްޗެހިން ހަމަލާދީ ރ. މީދޫ ޒުވާނެއް ކަމަށްވާ މުހައްމަދު އަނަސް މަރާލި މައްސަލާގައި ހިމެނޭ ކުޑަކުއްޖާ މަރުގެ އަދަބުން ސަލާމަތްވެ، 18 އަހަރަށް ޖަލަށްލާން ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. ޖުލައި، 2017 ގައި ލިޓަސް ސާވިސް ސެންޓަރު ތެރޭގައި ގްރޫޕަކުން ގޮސް ތޫނު އެއްޗެހިން ހަމަލާދީ އަނަސް މަރާލި މައްސަލާގައި ހިމެނެނީ އެ ހާދިސާ ހިނގިއިރު 17 އަހަރުގެ ކުއްޖަކަށެވެ. އޭނާއަށް މިހާރު 18 އަހަރު ފުރިފައި ވިޔަސް، ގާނޫނު އޮންނަ […]

އަރުޝަދު ދޫކޮށްލުމުގައި ސުވާލު އުފެދޭ އެތައް ކަމެއް، މައްސަލަ ބަލަން އަންގައިފި
Raajje

އަރުޝަދު ދޫކޮށްލުމުގައި ސުވާލު އުފެދޭ އެތައް ކަމެއް، މައްސަލަ ބަލަން އަންގައިފި

މަސްތުވާތަކެތީގެ ބޮޑު މައްސަލައެއްގައި ތުހުމަތުކުރެވޭ އަރުޝަދު ޚާލިދު ކޯޓު އަމުރަކާ ޚިލާފަށް ފުލުހުން އަމިއްލައަށް ބަންދުން ދޫކޮށްލީ ފުލުހުންނަށް ވެރިންނަށް ވެސް ނޭނގި ކަމަށްވާތީ އެ މައްސަލަ ބަލަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އަންގައިފި އެވެ. ނުވަ ކިލޯގެ ޑްރަގް މައްސަލައަކާ ގުޅިގެން އަރުޝަދު ބަންދުކޮށްގެން ހައިކޯޓަށް ހާޒިރުކުރަން އަންގާފައި ރޭ ފުލުހުން ވަނީ އަރުޝަދު ދޫކޮށްލައިފަ އެވެ. އޭނާ ގިނަ ދުވަސްތަކެއް ވަންދެން ސްރީލަންކާގައި އުޅުމަށްފަހު އެތަނުން ޑީޕޯޓްކޮށްލުމުން ރާއްޖެ އައީ އިހަކަށް...

އަނަސް މަރާލި ކުޑަކުއްޖާއަށް ކުށް ސާބިތުވެއްޖެ، ވާރިސުން ބޭނުންވީ މަރުގެ އަދަބު
Raajje

އަނަސް މަރާލި ކުޑަކުއްޖާއަށް ކުށް ސާބިތުވެއްޖެ، ވާރިސުން ބޭނުންވީ މަރުގެ އަދަބު

މާލޭގައި ގޭންގަކުން ގޮސް ހަމަލާދީ މަރާލި ރ. މީދޫ ޒުވާނެއް ކަމަށްވާ މުހައްމަދު އަނަސްގެ މަރުގެ މައްސަލާގައި ހިމެނޭ ކުޑަކުއްޖާގެ މައްޗަށް ހައިކޯޓުން މިއަދު ކުށް ސާބިތުވެއްޖެ އެވެ. މާލޭ ލިޓަސް ސާވިސް ސެންޓަރު ތެރޭގައި 2017 ވަނަ އަހަރު އަނަސްއަށް ހަމަލާދީ މަރާލި މައްސަލާގައި ޖުވެނައިލް ކޯޓުގައި ކުށް ސާބިތުނުވެ ސަލާމަތްވީ އެ ހާދިސާ ހިނގިއިރު އުމުރުން 17 އަހަރުގެ ކުއްޖަކަށެވެ. އޭނާގެ މައްޗަށް ހައިކޯޓުން މިއަދު ކުށް ސާބިތުވީ ދައުލަތުން އެ މައްސަލަ އިސްތިއުނާފް […]

ސްވިޑްންގެ ލޯބިވެރިޔާ ދިވެއްސަކަށް ދިން 260،000 ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ
Raajje

ސްވިޑްންގެ ލޯބިވެރިޔާ ދިވެއްސަކަށް ދިން 260،000 ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ

ސްވިޑްން އަންހެނަކާއި ދިވެހި ފިރިހެނަކާ ލޯބީގެ ގޮތުން ގުޅިގެން އުޅުނުއިރު އަންހެން މީހާ ދިން 260،00 އަށް ވުރެ ގިނަ ރުފިޔާ އަނބުރާ ދައްކަން ފިރިހެން މީހާގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ. ގދ. ރަތަފަންދޫ މީހަކު އެ ފައިސާ ދައްކަން ޖެހުނީ އޭނާގެ ކުރިން ލޯބީގެ ގޮތުން ގުޅިގެން އުޅުނު ސްވިޑްންގެ މީހަކު އޭނާއަށް ދީފައިވާ 17،000 ޑޮލަރުގެ މައްސަލާގަ އެވެ. އެ ދެ މީހުން ގުޅުނީ ފިރިހެން މީހާ ރިސޯޓްގައި އުޅެނިކޮށް އަންހެން […]

މިދިޔަ މަހު ފެމިލީ ކޯޓަށް އެންމެ ގިނައިން މީހުން ދިޔައީ ވަރިވާން
Raajje

މިދިޔަ މަހު ފެމިލީ ކޯޓަށް އެންމެ ގިނައިން މީހުން ދިޔައީ ވަރިވާން

މިދިޔަ މަހު ފެމިލީ ކޯޓަށް އެންމެ ގިނައިން މީހުން މައްސަލަ ހުށަހެޅީ ވަރިވުމަށް އެދި ކަމަށް އެ ކޯޓުން ބުނެފި އެވެ. ފެމިލީ ކޯޓުން އާންމުކުރި މިދިޔަ މަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ މަހު އެ ކޯޓަށް އެންމެ ގިނައިން ހުށަހެޅީ އަދި އެންމެ ގިނައިން ނިންމީ ވެސް ވަރީގެ މައްސަލަތަކެވެ. ވަރިއާ ބެހޭ 134 މައްސަލައެއް މިދިޔަ މަހު ހުށަހެޅި އެވެ. އެ ހިސާބުތައް ދައްކާ ގޮތުން އެންމެ ގިނައިން މައްސަލަ ހުށަހަޅާފައިވަނީ ވަރިވުމަށް […]

އަމީނީމަގުން ގަސް ނެގުން ހުއްޓުވަން ނަޝީދު އެދުނު އަމުރު ކޯޓުން ނުދިން
Raajje

އަމީނީމަގުން ގަސް ނެގުން ހުއްޓުވަން ނަޝީދު އެދުނު އަމުރު ކޯޓުން ނުދިން

އަމީނީމަގު ހެދުމަށްޓަކައި ގަސް ނެގުން ހުއްޓުވަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކޯޓަށް ހުށަހެޅުއްވި މައްސަލާގައި، އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން މިއަދު ނިންމައިފި އެވެ. އާރުޑީސީއާ ހަވާލުކޮށްގެން އަމީނީމަގު ހެދުމުގެ މަޝްރޫއު ކުރިއަށް ގެންދާއިރު، އެ މަޝްރޫއު ހިންގުމަށްޓަކައި އެ މަގުގައި ހުރި ގަސްތައް ނަގަމުންދާތީ އެކަމާ ދެކޮޅަށް ނަޝީދު މައްސަލަ ހުށަހެޅުއްވި އެވެ. އަދި މައްސަލަ ނިމެންދެން ގަސް ނެގުން ހުއްޓުވުމުގެ އަމުރަކަށް އެދުނެވެ. ކޯޓުން މިއަދު ނިންމި […]