Skip to main content

ހުސައިން ހަބީބް

Contributor
🇲🇻 ތިލަދުން Desk
1,128 Stories
528 Reads

Published on ތިލަދުން (Thiladhun) by ހުސައިން ހަބީބް

ބޭބެ މަރާލި މީހާ 12 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި
Raajje

ބޭބެ މަރާލި މީހާ 12 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި

އައްޑޫގައި ބޭބެއަށް ވަޅިން ހަމަލާދީ މަރާލި ހުސައިން މަވާޒުގެ މައްޗަށް 12 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން މިއަދު އިއްވައިފި އެވެ. މިދިޔަ ޖޫން މަހު އެއްބަނޑު އެއްބަފާ ބޭބެއަށް ޝުއައިބުއަށް ވަޅިއަކުން ހަމަލާދީ މަރާލި ކަމަށް ބުނެ ދައުލަތުން ދައުވާ ކުރުމުން މަވާޒު ކުރިން ވަނީ ކޯޓުގައި ކުށަށް އިއުތިރާފުވެ ތައުބާވާން ބޭނުންވާ ކަމަށް ބުނެފަ އެވެ.  މަވާޒާއި ދައުލަތާ ދެމެދު ވެފައިވާ އިއުތިރާފު އެއްބަސްވުމުގެ ދަށުން އޭނާގެ މައްޗަށް އަންނާނެ ކަަމަށް ކަނޑައަޅާފައިވަނީ […]

ފައިސާ ލޯންޑާކުރަން އުޅުނުނަމަ އެކައުންޓްގައި ފައިސާ ނުބަހައްޓާނަން: ޔާމީން
News

ފައިސާ ލޯންޑާކުރަން އުޅުނުނަމަ އެކައުންޓްގައި ފައިސާ ނުބަހައްޓާނަން: ޔާމީން

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން މަނީ ލޯންޑާކުރަން ބޭނުންވި ނަމަ ރާއްޖޭގެ ބޭންކެއްގައި ހުރި އަމިއްލަ އެކައުންޓަކަށް އެ ފައިސާ ޖަމާ ނުކުރާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ހައި ކޯޓުގައި މިއަދު ވިދާޅުވެއްޖެ އެވެ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، ޔާމީން 11 އަހަރަށް ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) އިން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ވަނީ […]

ބޭބެ މަރާލިކަމަށް ކޮއްކޮ އެއްބަސްވެއްޖެ
Raajje

ބޭބެ މަރާލިކަމަށް ކޮއްކޮ އެއްބަސްވެއްޖެ

އައްޑޫގައި ބޭބެއަށް ހަމަލާދީ މަރާލި މީހާ ކްރިމިނަލް ކޯޓުގައި މިއަދު އެކަމަށް އިއުތިރާފްވެއްޖެ އެވެ. މިދިޔަ ޖޫން މަހު ސ. މަރަދޫ ފޭދޫގައި އެއްބަނޑު އެއްބަފާ ބޭބެއަށް ވަޅިއަކުން ހަމަލާދީ މަރާލި ކަމަށް ބުނެ ދައުލަތުން ދައުވާ ކުރަނީ އެރަށު ބްލޫސްޓާ ހުސައިން މަވާޒު އޭނާގެ ބޭބެ އަހުމަދު ޝުއަައިބު މަރާލި މައްސަލާގަ އެވެ. ކްރިމިނަލް ކޯޓުގައި މަވާޒުގެ ޝަރީއަތް މިއަދު ފެށުމުން އޭނާ ކޯޓުގައި އެ ކުށަށް އިއުތިރާފްވެ އަދި އެ ހާދިސާ ހިނގިގޮތް ކިޔައިދިނެވެ. […]

އިންޑިއާ އައުޓް ގަރާރުގެ މައްސަލަ ހައި ކޯޓުން ބޭރުކޮށްލައިފި
Raajje

އިންޑިއާ އައުޓް ގަރާރުގެ މައްސަލަ ހައި ކޯޓުން ބޭރުކޮށްލައިފި

އިންޑިއާ އައުޓް ހަރަކާތްތައް ހުއްޓުވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނެރުއްވި ގަރާރު ބާތިލް ކުރުމުގެ މައްސަލައަކީ ދުސްތޫރީ މައްސަލައަކަށް ނުވާތީ އެ މައްސަލަ ކުރިއަށް ގެންދެވެން ނެތް ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. އިންޑިއާ އައުޓް ހަރަކާތެއް ފަށާފައި ވަނިކޮށް ގައުމުތަކާ ދެކޮޅަށް އެފަދަ ހަރަކާތްތައް ހުއްޓުވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިދިޔަ އަހަރު ގަރާރެއް ނެރުއްވި އެވެ. އެ ގަރާރުގެ ދަށުން އިންޑިއާ އައުޓް ބެނާތަކާއި ޕޯސްޓަރުތައް ފުލުހުން ނެގި […]

ޕެސްޓްގެ މައްޗަށް ކުރި ޑްރަގްގެ ބޮޑެތި ދައުވާތައް ސާބިތުނުވެ ސަލާމަތްވެއްޖެ
Raajje

ޕެސްޓްގެ މައްޗަށް ކުރި ޑްރަގްގެ ބޮޑެތި ދައުވާތައް ސާބިތުނުވެ ސަލާމަތްވެއްޖެ

ރެޕް ލަވަކިޔުންތެރިޔާ އިސްމާއީލް އިފްހާމް މުހައްމަދު (ޕެސްޓް) އާއި އިތުރު ބައެއްގެ މައްޗަށް ކުރި މަސްތުވާތަކެތީގެ ބޮޑެތި ދައުވާތައް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ. ޕެސްޓުގެ މައްޗަށް އުފުލީ ކެނެބިސް ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ އާއި ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ އާއި ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ބޭނުންކުރުމާއި އަތުގައި ބެހެއްޓުމާއި ސިއްރުކުރުމުގެ ކުށުގެ ދައުވާ އެވެ. ޕެސްޓުގެ […]

ފަނޑިޔާރު ނިޔާޒްގެ ސުވާލެއް: "ކޯޓުތައް އަޅަން ދާންވީ ފަނޑިޔާރުން ތޯ"
Raajje

ފަނޑިޔާރު ނިޔާޒްގެ ސުވާލެއް: "ކޯޓުތައް އަޅަން ދާންވީ ފަނޑިޔާރުން ތޯ"

ކޯޓުތަކުގެ އިމާރާތްތައް ބާވެ, ބޮލަށް ވެއްޓޭ ހިސާބަށް ދިއުމުން ކޯޓުތައް އިމާރާތް ކުރަން ދާންވީ ކޯޓުތަކުގެ ފަނޑިޔާރުންތޯ ވިދާޅުވެ, ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒް ދައުލަތާ ސުވާލު ކުރިމަތި ކުރައްވައިފި އެވެ. މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކޮށް ދެ ދައުވާއެއް އުފުލާފައިވާ އަހުމަދު އަމްނު ކިޔާ މީހެއް ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވަނިކޮށް އޭނާ ކްރިމިނަލް ކޯޓުން ދޫކޮށްލި މައްސަލަ ހައި ކޯޓުގައި ދައުލަތުން އިސްތިއުނާފުކުރުމުން އިއްޔެ ބޭއްވި އަޑުއެހުމުގައި ފަނޑިޔާރު މުހައްމަދު ނި...

ޚިޔާނާތުގެ ތުހުމަތުގައި ވަކިކުރި މީހަކަށް ކޯޓުން ދިނީ އެއް ރުފިޔާގެ ބަދަލެއް
Raajje

ޚިޔާނާތުގެ ތުހުމަތުގައި ވަކިކުރި މީހަކަށް ކޯޓުން ދިނީ އެއް ރުފިޔާގެ ބަދަލެއް

ޚިޔާނާތެއްގައި ބައިވެރިވި ކަމަށް ތުހުމަތުވެގެން އެމްޕީއެލްގެ ވަޒީފާއިން ވަކިކުރި މުވައްޒަފަކަށް ބަދަލުގެ ގޮތުގައި އެއް ރުފިޔާ ނަގައިދޭން ހައި ކޯޓުން ހުކުމްކޮށްފި އެވެ. ހައި ކޯޓުން މިގޮތަށް ހުކުމްކުރީ އެމްޕީއެލްގެ ތެރެއިން ފެންމަތިވި ތެލުގެ ހިޔާނާތުގައި ބައިވެރިވާ ކަމަށް ޝައްކު ކުރެވިގެން ވަޒީފާއިން ވަކިކުރި މުހައްމަދު އައިމަން ކިޔާ މީހެއްގެ މައްސަލާގަ އެވެ. ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ނިންމާފައިވަނީ އޭނާއަށް ބަދަލުގެ ގޮތުގައި މުސާރަ އާއ އިނާޔަތުގެ ގޮތުގައި ލިބެމުން ދިޔަ ގާތްގަނޑަކަށް 19،000ރ....

ފަނޑިޔާރު ސުއޫދު ޖޭއެސްސީ "ސައިޒަށް ކަނޑާލައިފި"
Raajje

ފަނޑިޔާރު ސުއޫދު ޖޭއެސްސީ "ސައިޒަށް ކަނޑާލައިފި"

އިދާރީ ގޮތުން ސުޕްރީމް ކޯޓުގެ ހިންގުން ހުއްޓިފައިވާ ކަމަށް ވިދާޅުވެ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު މިއަދު ނުރުހުން ފާޅުކުރައްވައިފި އެވެ. ކޯޓުތަކުން ވަކިކުރި 10 އެޑްމިނިސްޓްރޭޓަރުންނަށް އަލުން ވަޒީފާ ދޭން އެންގި މައްސަލަ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރި މައްސަލާގައި މިއަދު އޮތް އަޑުއެހުމުގައި ފަނޑިޔާރު ސުއޫދު ވަނީ ސުޕްރީމް ކޯޓުގެ އިދާރީ ހިންގުން ހުއްޓިފައިވާ ކަމަށް ވިދާޅުވެ ޖޭއެސްސީއަށް ފާޑު ވިދާޅުވެފަ އެވެ. “މިހާރު ދެ އަހަރުވެގެން މި […]

ތަހުގީގުގައި ހަނުހުރީ ފުލުހުން ފުރައްސާރަކުރާތީ: ޔާމީން
Raajje

ތަހުގީގުގައި ހަނުހުރީ ފުލުހުން ފުރައްސާރަކުރާތީ: ޔާމީން

ވ. އާރަށް މައްސަލާގައި ފުލުހުންގެ ތަހުގީގުގައި ހަނު ހުންނެވީ ފުލުހުންގެ ފަރާތުން ކުރިމަތިވި ފުރައްސާރައިގެ ސަބަބުން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ހައި ކޯޓުގައި ވިދާޅުވެއްޖެ އެވެ. އާރަށް މައްސަލާގައި ރިޝްވަތާއި މަނީލޯންޑްރިންގެ ކުށުގައި ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމަކާއި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާ ދެއްކުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރި އެވެ. ޔާމީންގެ ފަރާތުން ހައި ކޯޓުގައި އެ ހުކުމް އިސްތިއުނާފުކޮށްފައިވާ މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި ޔާމީން ވިދާޅުވީ […]

ޔާމީންގެ ޖޫރިމަނާ ފަސްކޮށްދީފި, ޖަލު ހުކުމް ފަސްކޮށެއް ނުދިން
Raajje

ޔާމީންގެ ޖޫރިމަނާ ފަސްކޮށްދީފި, ޖަލު ހުކުމް ފަސްކޮށެއް ނުދިން

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) ގެ ޖޫރިމަނާ ތަންފީޒުކުރުން ފަސްކޮށް, ނަމަވެސް ޖަލު ހުކުމް ފަސްކޮށްދެވެން ނެތް ކަމަށް ހައި ކޯޓުން މިއަދު ނިންމައިފި އެވެ. ޔާމީން 11 އަހަރަށް ޖަލަށްލައި، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ކުރި ހުކުމުގެއިސްތިއުނާފް ނިމެންދެން ޖަލު ހުކުމާއި ޖޫރިމަނާގެ ފަސްކުރަން ޔާމީންގެ ފަރާތްޕުޅުން ހައި ކޯޓުގައި ދާދިފަހުން އެދިވަޑައިގަތެވެ. ހައި ކޯޓުން މިއަދު އެންގީ ޖޫރިމަނާގެ […]

ހޮސްޕިޓަލްގައި އެޑްމިޓް ނުވެ މިހިރީ އާއިލާއަށްޓަކައި: ޔާމީން
Raajje

ހޮސްޕިޓަލްގައި އެޑްމިޓް ނުވެ މިހިރީ އާއިލާއަށްޓަކައި: ޔާމީން

ހޮސްޕިޓަލްގައި އެޑްމިޓް ނުވެ ޖަލުގައި ހުންނެވީ އާއިލާއަށް ލިބިދާނެ އިތުރު ހިތްދަތިކަމަކަށްޓަކައި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ހައި ކޯޓުގައި މިއަދު ވިދާޅުވެއްޖެ އެވެ. އާރަށް ކުއްޔަށް ދިން މައްސަލާގައި ޔާމީންގެ މައްޗަށް ވަނީ 11 އަހަރުގެ ޖަލު ހުކުމަކާއި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާގެ ހުކުމެއް އިއްވައިފަ އެވެ. އެ ހުކުމް ޔާމީން ތަންފީޒު ކުރަމުންދާއިރު މައްސަލއިގެ އިސްތިއުނާފު ހައި ކޯޓުގައި ވަނީ ފަށައިފަ އެވެ. އަދި ހުކުމް ތަންފީޒު ކުރުން ފަސްކުރުމުގެ އަމުރަކަށް […]

މީހަކު މެރުމުގެ ތުހުމަތުވާ ދެ މީހަކަށް ފެނަކައިން ވަޒީފާ, ހައިކޯޓުގެ ސުވާލު ދައުލަތަށް
Raajje

މީހަކު މެރުމުގެ ތުހުމަތުވާ ދެ މީހަކަށް ފެނަކައިން ވަޒީފާ, ހައިކޯޓުގެ ސުވާލު ދައުލަތަށް

މާލޭގެ ކެފޭއެއްގެ ތެރޭގައި މަރާލި ނަދީމް އިބްރާހިމްގެ މަރުގެ މައްސަލައިގެ ދައުވާ ލިބޭ ދެ މީހަކު ބަންދުކުރަން އެދުނުއިރު ފެނަކަ ކޯޕަރޭޝަނުން އެ މީހުންނަށް ވަޒީފާ ދީފައިވާތީ ހައި ކޯޓުގެ ފަނޑިޔާރުން މިއަދު ސުވާލު އުފައްދައިފި އެވެ. ޓާމިނަލް ކެފޭ ތެރޭގައި 2017 ވަނަ އަހަރު ގްރޫޕަކުން ގޮސް ނަދީމަށް ތޫނު އެއްޗެހިން ހަމަލާދީ، މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރީ ގ. ޝާރާޒް މަފާޒް ހުސައިން ސަލީމާއި ލ. ގަން ވިދާތަރި އަލީ ނިފާޒާއި ރ. އިންނަމާދޫ […]

ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާ އޮތުމުން ޔާމީން އިތުރު ހުރަހެއް
Raajje

ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާ އޮތުމުން ޔާމީން އިތުރު ހުރަހެއް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާ އެމަނިކުފާނު ނުދައްކަވާ އޮތުމުން އިންތިހާބުގައި ވާދަކުރުމުގެ ޝަރުތާ މެދު އިތުރު މައްސަލައެއް ސުޕްރީމް ކޯޓުގައި މިއަދު ފެންމަތިވެއްޖެ އެވެ.  ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށުގައި ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމަކާއި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ކްރިމިނަލް ކޯޓުން އިއްވި އެވެ. ރިޔާސީ އިންތިހާބަށް ވާދަކުރުމުގެ ޝަރުތުތަކުގެ ތެރޭގައި އެއް އަހަރަށް ވުރެ ދިގު ހުކުމެއް ތަންފީޒު ކުރަމުން ނުދިއުމާއި […]

ޔާމީނަށް ވާދަނުކުރެވޭނަމަ ޕީޕީއެމްގެ އާ ކެންޑިޑޭޓެއްގެ ނަން ހުށަހެޅުމުގެ ފުރުސަތަކަށް އެދެފި
Raajje

ޔާމީނަށް ވާދަނުކުރެވޭނަމަ ޕީޕީއެމްގެ އާ ކެންޑިޑޭޓެއްގެ ނަން ހުށަހެޅުމުގެ ފުރުސަތަކަށް އެދެފި

ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރުތު ފުރިހަމަ ނުވާ ކަމަށް ސުޕްރީމް ކޯޓުން ނިންމައިފި ނަމަ، އިތުރު ކެންޑިޑޭޓެއް ނެރުމަށް ޕީޕީއެމަށް ފުރުސަތު ދިނުމުގެ ޔާމީން ސުޕްރީމް ކޯޓުގައި މިއަދު އެދިވަޑައިގެންފި އެވެ.  ސުޕްރީމް ކޯޓަށް ޔާމީންގެ ފަރާތުން ދުސްތޫރީ މައްސަލައެއް ހުށަހަޅާފައިވަނީ އެމަނިކުފާނުގެ ކެންޑިޑެސީ ބަލައިނުގަތުމަށް އިލެކްޝަން ކޮމިޝަނުން މިދިޔަ އާދިއްތަ ދުވަހު ނިންމުމާ ގުޅިގެންނެވެ.  އިލެކްޝަން ކޮމިޝަނުން އެގޮތަށް ނިންމީ، ޖިނާއީ ކުށެއް ސާބިތުވެ އެއް އަހަރަށ...

ޔާމީންގެ ކެންޑިޑެސީ މައްސަލަ ސުޕްރީމް ކޯޓުން މާދަމާ ފަށަނީ
Raajje

ޔާމީންގެ ކެންޑިޑެސީ މައްސަލަ ސުޕްރީމް ކޯޓުން މާދަމާ ފަށަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތް މައްސަލާގައި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ފުރަތަމަ އަޑުއެހުން މާދަމާ އަށް ތާވަލްކޮށްފި އެވެ. ޔާމީންގެ ކެންޑިޑެސީ ފޯމް އިލެކްޝަންސް އަށް ހުށަހެޅީ މިދިޔަ އާދީއްތަ ދުވަހު އެވެ. އެކަމަކު ޖިނާއީ ކުށެއް ސާބިތުވެ، 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތުގެ ހުކުމެއް ޔާމީންގެ މައްޗަށް އޮތުމުން ކެންޑިޑެސީ ބަލައިނުގަންނަން ނިންމައިފަ އެވެ. އެ ނިންމުން ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގެ އަޑުއެހުން މާދަމާ […]