Skip to main content

ހުސައިން ހަބީބް

Contributor
🇲🇻 ތިލަދުން Desk
1,128 Stories
528 Reads

Published on ތިލަދުން (Thiladhun) by ހުސައިން ހަބީބް

ރިލްވާން ގެއްލުވާލި މައްސަލާގައި އަހަނދުގެ މައްޗަށް ކުރި ދައުވާ ބޭރުކޮށްލައިފި
Raajje

ރިލްވާން ގެއްލުވާލި މައްސަލާގައި އަހަނދުގެ މައްޗަށް ކުރި ދައުވާ ބޭރުކޮށްލައިފި

ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލި މައްސަލާގައި އަހްމަދު އިސްމާއިލް (އަހަނދު) ގެ މައްޗަށް ކުރި ޓެރަރިޒަމްގެ ދައުވާ ސާބިތު ކުރަން ބޭނުންވާނެ ހެކި ނެތުމުން އޭނާގެ މައްސަލަ ކްރިމިނަލް ކޯޓުން އިއްޔެ ބޭރުކޮށްލައިފި އެވެ. އަހަނދުގެ މައްޗަށް އެ ދައުވާ ކުރީ  2014 ވަނަ އަހަރު ސޯޝަލް މީޑިއާގައި އިސްލާމް ދީނަށް ފުށުއަރާ ހިޔާލު ފާޅުކުރާ މީހުންނަށް އަދަބު ދިނުމަށްޓަކައި، އެ ކަހަލަ ގްރޫޕްތަކުގައި އިސްކޮށް އުޅުނު މީހުން ހޯދަން އުޅުނު ކަމުގެ ތުހުމަތުގަ އެވެ. އަދި […]

އެހީ ޕޯސްޓެއްގެ އެކައުންޓް ނަމްބަރު ބަދަލުކޮށް ފައިސާ ހޯދުމުން ނުވަ މަހަށް ގޭ ބަންދަށް
News

އެހީ ޕޯސްޓެއްގެ އެކައުންޓް ނަމްބަރު ބަދަލުކޮށް ފައިސާ ހޯދުމުން ނުވަ މަހަށް ގޭ ބަންދަށް

ކުޑަކުއްޖެއްގެ އޮޕަރޭޝަނަކަށް އެހީ ހޯދަން ކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ހޯދި ހދ. ކުޅުދުއްފުށީ މީހަކު ނުވަ މަހަށް ގޭ ބަންދުކުރަން ހުކުމްކޮށްފި އެވެ. ހދ. ކުޅުދުއްފުށީ މީހެއްގެ މައްޗަށް އެރަށު ކޯޓުން ހުކުމްކުރީ 2020 ވަނަ އަހަރު ތިން މަހުގެ ކުއްޖެއްގެ އޮޕަރޭޝަނަކަށް ފައިސާ ހޯދަން އެ ކުއްޖާގެ އާއިލާއިން ކޮށްފައިވާ ފޭސްބުކް ޕޯސްޓެއް ނަކަލުކޮށްގެން އަދި އެހެން އެކައުންޓް ނަމްބަރެއް ހިމަނައިގެން އެކި މީހުން އަތުން 2،000 އަށް ވުރެ ގިނަ ރުފިޔާ ހޯދުމުންނެވެ. […]

ލީލީއިން ކުންފުންޏަކަށް 10 މިލިއަން ރުފިޔާ ދައްކަން ހުކުމެއް
Raajje

ލީލީއިން ކުންފުންޏަކަށް 10 މިލިއަން ރުފިޔާ ދައްކަން ހުކުމެއް

އަމިއްލަ ކުންފުންޏަކަށް 650،000 އަށް ވުރެ ގިނަ ޑޮލަރު ދައްކަން ލިލީ އެންޓަޕްރައިސަސްގެ މައްޗަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. އެމްކޭޕީ ކެޕިޓަލް ކިޔާ ކުންފުންޏަކަށް 650،000 ޑޮލަރު ދައްކަން ލިލީ އެންޓަޕްރައިސަސްގެ މައްޗަށް ހުކުމްކުރީ 1.1 މިލިއަން ޑޮލަރު ގަތުމުގެ މުއާމަލާތަކަށް ފަހު އޭގެ ތެރެއިން 650،000 ޑޮލަރަށްވާ ފައިސާ ނުދައްކާތީ އެ ކުންފުނިން ދައުވާ ކުރުމުންނެވެ. ސިވިލް ކޯޓުގެ ހުކުމުގައި ވަނީ 650،000 ޑޮލަރު ނަގުދު ފައިސާއިން ދިން ކަމަށް ލިލީއިން ބުނެފައި […]

ކުޑަކުދިންތަކަކާ ބެހުނު މީހަކު ހައިކޯޓުން މިިނިވަންކޮށްފި
Raajje

ކުޑަކުދިންތަކަކާ ބެހުނު މީހަކު ހައިކޯޓުން މިިނިވަންކޮށްފި

ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި މީހެއްގެ މައްޗަށް ނުބައި ދައުވާއެއް ކޮށްފައިވާތީ ހައި ކޯޓުން އޭނާ މިނިވަންކޮށްފި އެވެ. ފ. އަތޮޅުގެ ރަށެއްގައި 2014 ވަނަ އަހަރު އެކި ފަހަރުމަތިން 14 އަހަރުގެ ކުއްޖަކާއި 13 އަހަރުގެ ކުއްޖަކު ފަޅު ގެއަކަށް ގެންގޮސްގެން އެ ކުދިންނާ މެދު އެއް ޖިންސުން ގުޅުން ހިންގި މައްސަލައެއްގައި 2021 ވަނަ އަހަރު މީހެއްގެ މައްޗަށް ހުކުމްކުރީ ތިން އަހަރަށް ޖަލަށްލައި, 19 އެތިފަހަރުން ތައުޒީރު ކުރުމަށެވެ. އެ ހުކުމް ހައި […]

ކުޑަގިރި ފަރަށް އެރި ބޯޓު ރާއްޖެއިން ފުރުން މަނާކޮށްފި
Raajje

ކުޑަގިރި ފަރަށް އެރި ބޯޓު ރާއްޖެއިން ފުރުން މަނާކޮށްފި

ކ. ކުޑަގިރި ފަރަށް އެރި ބޯޓު ރާއްޖެ އިން ފުރުން މަނާކުރަން ސިވިލް ކޯޓުން އަމުރެއް ނެރެފި އެވެ. މިދިޔަ ޖެނުއަރީ މަހު ކުޑަގިރި ފަރަށް އެރި އޭއެމް އެމްއެސްވީ މަރިޔާ ސިންތަޔަތިރައި ރިޔަނަ ބޯޓު އެ ފަރަށް އެރި މައްސަލާގައި އެންވަޔަރްމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ވަނީ އެ އުޅަނދުގެ ވެރިފަރާތް ތިން މިލިއަން ރުފިޔާއިން ޖޫރިމަނާ ކޮށްފަ އެވެ. ޖޫރިމަނާ ފައިސާ ނުދައްކާތީ އެ މައްސަލަ އީޕީއޭ އިން ސިވިލް ކޯޓަށް ހުށަހެޅުމަށް […]

ޔާމީންގެ އިސްތިއުނާފް އަޑުއެހުން ޕީޖީން އެދިގެން ކެންސަލް
Raajje

ޔާމީންގެ އިސްތިއުނާފް އަޑުއެހުން ޕީޖީން އެދިގެން ކެންސަލް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުުގެ އިސްތިއުނާފް ޝަރީއަތް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން އެދިގެން މިއަދު ކެންސަލް ކޮށްފި އެވެ. މަނީ ލޯންޑަރިން އާއި ރިޝްވަތުގެ ކުށުގައި ޔާމީނަށް އިއްވާފައިވާ ހުކުމާއި ރިޝްވަތު ދިނުމުގެ ކުރުގައި ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މައްޗަށް އިއްވާފައި ޖަލު ހުކުމުގެ އިސްތިއުނާފް ޕީޖީން އެދިގެން ކުރިން ވެސް ކެންސަލްކުރި އެވެ. މިއަދު މެންދުރު ފަހު 2:00 އަށް ތާވަލްކުރި ޝަރީއަތް […]

ދޮންދަރިއާ ބެހުނު މީހަކު 15 އަހަރަށް ޖަލަށްލީ ރަނގަޅަށް: ހައިކޯޓް
Raajje

ދޮންދަރިއާ ބެހުނު މީހަކު 15 އަހަރަށް ޖަލަށްލީ ރަނގަޅަށް: ހައިކޯޓް

ދޮން ދަރިއާ ބެހުނު މީހަކު 15 އަހަރަށް ޖަލަށް ލާން ކުރި ހުކުމް ހައި ކޯޓުން ދަމަހައްޓައިފި އެވެ. ދިވެހި ފިރިހެނެއްގެ މައްޗަށް އެ ހުކުމް އައީ އުމުރުން 8 އަހަރުގެ ދޮންދަރިފުޅު އޮކްޓޫބަރު 2018 ގައި ނިދާފައި އޮއްވައި އެ ކުއްޖާ އަށް ޖިންސީ ގޯނާކުރި މައްސަލައިގަ އެވެ. އެ މައްސަލަ އެ މީހާގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން އިއްޔެ ކުރި ހުކުމުގައި ވަނީ އެ މީހާ ޖިންސީ ގޯނާކުރި ކަމަށް އެ […]

ޔާމީންގެ އިސްތިއުނާފް އަޑުއެހުން އާދިއްތަ ދުވަހު
Raajje

ޔާމީންގެ އިސްތިއުނާފް އަޑުއެހުން އާދިއްތަ ދުވަހު

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލާން ކުރި ހުކުމުގެ އިސްތިއުނާފް ޝަރީއަތް އަންނަ އާދިއްތަ ދުވަހު ބާއްވަން ހައި ކޯޓުން ހަމަޖައްސައިފި އެވެ. ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ޔާމީން 11 އަހަރަށް ޖަލަށްލުމަށް ވަނީ ހުކުމްކޮށްފަ އެވެ. އަދި ރިޝްވަތު ދިނުމުގެ ކުށުގައި ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ތިން އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވައިފަ އެވެ. […]

ޒަރީރަށް ހަމަލާދިން މައްސަލާގައި ތިން މީހަކަށް ދައުވާކޮށްފި
Parliament

ޒަރީރަށް ހަމަލާދިން މައްސަލާގައި ތިން މީހަކަށް ދައުވާކޮށްފި

މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރަށް ހަމަލާދިން މައްސަލާގައި ތިން މީހެއްގެ ދައުވާކޮށް، ކޯޓަށް ފޮނުވައިފި އެވެ. މިދިޔަ މެއި މަހު ކެފޭއެއްގެ ތެރޭގައި ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ޒަރީރުގެ ބޮލަށް ހަމަލާދިން މައްސަލާގައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ އެ މައްސަލާގައި މިދިޔަ ހަފުތާގައި ދައުވާކޮށް، ކްރިމިނަލް ކޯޓަށް ފޮނުވީ މއ. ނައިޓްވިލާ އިބްރާހިމް އަބްދުﷲ (ގައްބަރޭ) އާއި ތ. ކިނބިދޫ ދީފްރަމްގޭ އަހުމަދު އަވްޝަމާއި މ. ތާޖް މުލާއިމް މުހައްމަދު މައްޗަށް ކަމަށެވެ. […]

އަންހެނަކު ކުރީގެ ފިރިމީހާއަށް ދިން ފައިސާ އަނބުރާ ދޭން ހުކުމްކޮށްފި
Raajje

އަންހެނަކު ކުރީގެ ފިރިމީހާއަށް ދިން ފައިސާ އަނބުރާ ދޭން ހުކުމްކޮށްފި

ކައިވެނިކޮށްގެން އުޅުނުއިރު ފިރިމީހާއަށް އަނބިމީހާ ދިން ފައިސާ އާއި އެ ފައިސާ ހޯދަން އަންހެން މީހާ ކުރަންޖެހުނު ގާނޫނީ ހަރަދު އަނބުރާ ދައްކަން ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ. ޏ. ފުވައްމުލަކު އަންހެނަކު ގދ. ތިނަދޫ ފިރިހެނަކާ 2016 ވަނަ އަހަރުން ފެށިގެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު ކައިވެނި ކޮށްގެން އުޅުނުއިރު ގިނަ އަދަދެއްގެ ފައިސާ ދިނުމުގެ އިތުރުން އޭނާ ބުނެގެން ލޯނެއް ވެސް ނަގައިދިނެވެ. ކައިވެނި ރޫޅުމަށްފަހު އެ ފައިސާ އަނބުރާ ނުދޭތީ އަންހެން […]

ޔާމީން ފައިސާ ދައުރުކުރީ އިތުރު ފައިސާ ލައިގެން އަސްލު ގެއްލޭ ގޮތަށް: ޕީޖީ
Raajje

ޔާމީން ފައިސާ ދައުރުކުރީ އިތުރު ފައިސާ ލައިގެން އަސްލު ގެއްލޭ ގޮތަށް: ޕީޖީ

ވ. އާރަށް މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަމަލު ކުރެއްވީ ފައިސާގެ އަސްލު ގެއްލޭ ގޮތަށް ކަމަށާއި އެއީ މަނީ ލޯންޑްރިންގެ އަމަލެއް ކަމަށް ދައުލަތުން މިއަދު ބުނެފި އެވެ. އާރަށް މައްސަލާގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ޔާމީން 11 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފައިވާއިރު، އެ މަނިކުފާނަށް ރިޝްވަތު ދިން ކަން ސާބިތުވެ، ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ތިން އަހަރުގެ ޖަލު […]

ފުލުހުންނަށް ނުބައި ނަމެއް ދިނުމުން ހަ މަހަށް ގޭ ބަންދަށް
Raajje

ފުލުހުންނަށް ނުބައި ނަމެއް ދިނުމުން ހަ މަހަށް ގޭ ބަންދަށް

ނަން އޮޅުވާލައިގެން ފުލުހުންނަށް މައުލޫމާތު ދިން މީހަކު ހަ މަހަށް ގޭ ބަންދުކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ. މ. މެކާނޯގޭ މުހައްމަދު ޝާހީން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ދެ މައްސަލައެއްގެ ތުހުމަތުގައި ދެ ފަހަރެއްގެ މަތިން ފުލުހުން އޭނާގެ ނަން އޮޅުން ފިލުވަން ސުވާލު ކުރުމުން އޭނާ ދިނީ ނުބައި ނަމެކެވެ.. އެ މައްސަލާގައި އޭނާގެ މައްޗަށް ކުރި ޝަހްސު އޮޅުވާލުމުގެ ދައުވާ އެވެ. ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ޝަހްސު އޮޅުވާލި […]

ނަޝީދަށް ދިން ބޮމުގެ ހަމަލާ: އަލިމަނިކު ފަސް އަހަރަށް ޖަލަށް
Raajje

ނަޝީދަށް ދިން ބޮމުގެ ހަމަލާ: އަލިމަނިކު ފަސް އަހަރަށް ޖަލަށް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން މައްސަލައާ ގުޅިގެން ހައްޔަރުކުރި އަބްދުﷲ އަލިމަނިކުގެ މައްޗަށް ޓެރަރިސްޓް ޖަމާއަތަކަށް ތާއީދު ކުރުމުގެ ކުށް ސާބިތުވެ، އޭނާ ފަސް އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. 2021 ވަނަ އަހަރު ނަޝީދަށް ދިން ބޮމުގެ ހަމަލާއަށްފަހު ހއ. މޮޅަދޫ ބަހާރުގޭ އަލިމަނިކުގެ އިތުރުން ހއ. ހޯރަފުށީ އަލަނާސިގޭ މުހައްމަދު ތަސްލީމް ހައްޔަރުކޮށް އެ މީހުންގެ މައްޗަށް ކުރީ ޓެރަރިސްޓް ޖަމާއަތަކަށް ތާއީދު ކުރުމުގެ ދައުވާ […]

ޔާމީންގެ އިސްތިއުނާފް އަޑުއެހުން ކެންސަލްކޮށްފި
Raajje

ޔާމީންގެ އިސްތިއުނާފް އަޑުއެހުން ކެންސަލްކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމްގެ އިސްތިއުނާފުގެ އަޑުއެހުން ހައި ކޯޓުން މިއަދު ކެންސަލް ކޮށްފި އެވެ. ވ. އާރަށް މައްސަލާގައި ޔާމީން 11 އަހަރަށް ޖަލަށްލާން ކުރި ހުކުމުގެ އިސްތިއުނާފް މައްސަލާގައި މިއަދު މެންދުރު ފަހަށް ތާވަލުކުރި އަޑުއެހުން ކެންސަލްކުރީ ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން އެދިގެންނެވެ. އަޑުއެހުން ކެންސަލް ކުރަން އެދުނު ސަބަބެއް ސާފެއް ނުވި އެވެ. ޔާމީންގެ ޖަލު ހުކުމްގެ އިސްތިއުނާފުގެ މައްސަލާގައި އަޑުއެހުމެއް އެންމެ ފަހުން އޮތީ މި […]

މިސްކިތަކުން ފައިވާނެއް ވަގަށް ނެގި މީހަކު ޖަލަށް
Raajje

މިސްކިތަކުން ފައިވާނެއް ވަގަށް ނެގި މީހަކު ޖަލަށް

މިސްކިތަށް ދިޔަ މީހެއްގެ ފައިވާނެއް ވަގަށް ނެގި މީހަކު އެއް މަހާއި 24 ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. ޏ. ފުވައްމުލަކު ބިއްދަރިގޭ އިބްރާހިމް އަހުމަދުގެ މައްޗަށް އެ ހުކުމް އައީ މާލޭގެ މަސްޖިދުލް އިބްރާހިމަށް މިދިޔަ އޭޕްރީލް މަހު އިޝާ ނަމާދަށް ދިޔަ މީހެއްގެ ފައިވާން ވަގަށް ނަގާފައިވާތީ އެވެ. ކްރިމިނަލް ކޯޓުގެ ހުކުމުގައިވަނީ އޭނާ ކުށަށް އިއުތިރާފްވެފައިވާތީ އޭނާގެ އިއުތިރާފުން އެ ދައުވާ ސާބިތުވާ ކަމަށެވެ. އެ ކުށުގެ އަސާސީ […]