3 ކުޑަކުދިންނާއިއެކު ދަތުރުކުރި ޑިންގީއެއްގެ ޚަބަރެއް ނުވެގެން ހޯދަނީ
އދ.މާމިނގިލިން ފުރައިގެން ފ.ފީއައްޔަށް ދަތުރުކުރި ޑިންގީއެއްގެ ޚަބަރެއް ނުވެގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން ހަރަކާތްތެރިވާން ފަށައިފިއެވެ. މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ މިއަދު 16:53 ހާއިރުއެވެ. މި ހާދިސާގައި ޚަބަރެއް ނުވެގެން ހޯދަމުންދާ ޑިންގީގައި ތިބީ ފިރިހެނަކާއި 3 ކުޑަކުދިން ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. “ގެއްލުނު ޑިންގީގައި 18 އަހަރުން ދަށުގެ ތިން ކުދިންނާއި ބޮޑު މީހަކު އިންކަމަށް މައުލ...