ކުޅުދުއްފުށި ސިޓީގެ އިންތިހާބީ ދާއިރާތައް އިޢުލާނުކުރުން މިރޭ
ކުޅުދުއްފުށި ސިޓީއަކަށް ބަދަލުކުރުމާ ގުޅިގެން ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެ ސިޓީގެ އިންތިހާބީ ދާއިރާތައް އިއުލާނުކުރުން މިރޭ އޮންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ. އެކޮމިޝަނުން ބުނީ ދާއިރާތައް އިއުލާން ކުރުމާއި އަންހެނުންނަށް ހާއްސަ ދާއިރާތައް ކަނޑައެޅުން މިރޭ 9:00 ގައި ހދ.އަތޮޅު އެޑިއުކޭޝަން ސެންޓަރުގައި އޮންނާނެ ކަމަށެވެ. ކޮމިޝަނުން ކޮށްފައިވާ ޓްވިޓެއްގައި ބުނެފައި ވަނީ މި ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ ކުޅުދުއްފުށި ސިޓީގައެވެ. މި ރަސްމިއްޔާ...