އެފްއޭއެމްގެ ރީޖަނަލް އޮފީސްތައް ދިއްދޫ، މަހިބަދޫ، ގަން އަދި މާލޭގައި ގާއިމުކުރަނީ
ދިވެހިރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަން (އެފްއޭއެމް) ގެ ހިންގުން ލާމަރުކަޒީކޮށް، މުޅި ރާއްޖެއަށް ފުޓްބޯޅަ ފުޅާކުރުމުގެ ގޮތުން ރީޖަނަލް ފުޓްބޯޅަ އެސޯސިއޭޝަންތަކުގެ އޮފީސްތައް ޤާއިމުކުރާނެ ރަށްތައް އެ އެސޯސިއޭޝަނުން ކަނޑައަޅައިފިއެވެ. ނިންމުން ނިންމާފައިވަނީ ރޭ ބޭއްވުނު އެ އެސޯސިއޭޝަންގެ އެގްޒެކެޓިވް ކޮމިޓީ (އެކްސްކޯ) ގެ 16 ވަނަ ބައްދަލުވުމުގައެވެ. މި މަޝްރޫޢުގެ ދަށުން އޮފީސްތައް ޤާއިމުކުރުމަށް ކަނޑައަޅާފައިވަނީ ނޯތު، ސެންޓްރަލް، މާލެ އަދި ސައުތު ރީޖަންގެ އިދާރާތަކެވެ. އެގޮތުން ނޯތު ރީޖަން ފުޓްބޯލް އ...