ޗީފް ސްޓެޓިސްޓީޝަންގެ މަޤާމަށް ޑރ. އަޙްމަދު ރިޔާޒް
ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ޗީފް ސްޓެޓިސްޓީޝަންގެ މަޤާމަށް، ޑރ. އަޙްމަދު ރިޔާޒް އައްޔަނުކޮށްފިއެވެ. މާލީ ވުޒާރާއިން ބުނިގޮތުގައި ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ޤާނޫނުގެ ދަށުން މި މަޤާމަށް އޭނާ އައްޔަނުކޮށްފައި ވަނީ 23 އޯގަސްޓް 2026 އިން ފެށިގެންނެވެ. މި ޤާނޫނުގެ ދަށުން އެންމެ ފުރަތަމަ ޗީފް ސްޓެޓިސްޓީޝަންގެ މަޤާމަށް ބޭފުޅަކު އައްޔަންކުރެއްވީ 21 އޯގަސްޓް 2021 ގައެވެ. އެ މަޤާމަށް އޭރު އައްޔަންކުރެއްވީ ތަފާސްހިސާބުގެ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ ޢާއިޝަތު ޙަސަނެވެ. އޭނާގެ މަގާމުގެ މުއްދަ...