Skip to main content

މުޙައްމަދު ޝިހާބް

Viewer
🇲🇻 ތިލަދުން Desk
59 Stories
31 Reads

Published on ތިލަދުން (Thiladhun) by މުޙައްމަދު ޝިހާބް

ބުރުސޫރައަށް، ނުކުޅެދުންތެރިކަމަކަށް، އައިބުތަކަށް ފާޑުކިޔުން، މިމުޖުތަމައުން ފޮހެލަންޖެހޭ
Column

ބުރުސޫރައަށް، ނުކުޅެދުންތެރިކަމަކަށް، އައިބުތަކަށް ފާޑުކިޔުން، މިމުޖުތަމައުން ފޮހެލަންޖެހޭ

މިއަދު އަޅުގަޑުގެ ހަނދާނަށް އަންނަނީ ކުރީގެ ތަޖުރިބާއެކެވެ. ރައްޓެހިންތަކަކާއެކު އަޅުގަޑު އިނީ ވަރަށް މަޝްހޫރު ބޮޑު ރެސްޓޯރަންޓެއްގައި އަސްރުގެ ފަހުގެ ސަޔަށް އިންތިޒާރު ކުރާށެވެ. އޭގެ ތެރެއިން އެއްރައްޓެއްސަކު އަޅުގަޑުމެން ތިބި މޭޒުކައިރިއަށް އައި ވެއިޓަރު ފައިއަޅާގޮތާއި ބެހޭ ގޮތުން ވާހަކަ ދެއްކިއެވެ. ދެންވެސް، އެތަނަށް ވަދެ ނިކުމެވާ މީހުންނާއި އެތަނުގައި އުޅޭ މީހުންގެ ސިފަޔާއި ބުރުސޫރައަށް އަދި ތިބޭގޮތަށް ފާޑުކިޔާ ހެދިއެވެ. މިއީ ވަަރަށް ގިނައިން އަޅުގަޑަށް ކުރެވޭ ތަޖުރިބާއެކެވެ. މީހުންގެ ސިފަޔަ...

އުމުރު ހަމަނުވާ ކުދިންނާއި ކައިވެނިކޮށް ދަރިންލިބުން، މިއީ އާ ވާހަކައެއް ނޫނެވެ.
Column

އުމުރު ހަމަނުވާ ކުދިންނާއި ކައިވެނިކޮށް ދަރިންލިބުން، މިއީ އާ ވާހަކައެއް ނޫނެވެ.

ތަސައްރަފު ނުފުދޭ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވާ އުމުރުގެ ކުދިން، ޝަރުއީ ހަމަތަކާ ޚިލާފަށް އަމިއްލައަމިއްލައަށް ކައިވެނިކުރުމުގެ ކަންތައްތައް ރާއްޖޭގައި އޮތް ފުޅާމިނުގެ މައްޗަށް އަނެއްކާވެސް މިވަނީ ބަހުސުކުރަން ފެށިފައެވެ. ރަހުމުކުޑަގޮތަކަށް އަނިޔާކުރުމަށްފަހު، ކަނޑަށް އެއްލާލި ޒުވާނާއަކީ އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކާ، ޝަރުއީ ހަމަތަކުގެ ބޭރުން، ކައިވެނިކޮށްގެން އުޅޭ މީހެއްކަމަށާއި އެކުއްޖާ މިދިޔަ ހަފްތާގެ ތެރޭގައި ވިހާފައިވާކަމަށް ޚަބަރު ފެތުރުމާއި ގުޅިގެންނެވެ. އެހެންނަމަވެސް، މިއީ...

ކޮންމެ ތަޖުރިބާއަކީ ފިލާވަޅެއް!
Column

ކޮންމެ ތަޖުރިބާއަކީ ފިލާވަޅެއް!

ކޮންމެ ދުވަހަކީވެސް އާދުވަހެކެވެ. އާތަޖުރިބާއެކެވެ. އާކަންތައްތަކެއް ފެނި، ތަޖުރިބާކުރެވި، އިވި، ފެނި، ހަނދާންތަކެއް ހިތާއި ސިކުނޑީގައި ބިންވަޅު ނެގޭ ދުވަހެކެވެ. އެއީ އިންސާނީ ހަގީގަތެވެ. އެ ހަނދާން ތަކާއި އެތަޖުރިބާތަކުން އެކިމީހުންނަށް އަސަރުކުރަނީ އެކިމިންވަރަށެވެ. އެކިގޮތަށެވެ. މިފަދަ ބައެއް ތަޖުރިބާތަކަކީ ކޮންމެހެން ފެންނަން ހުންނަ ހާދިސާތަކެއް ނޫނެވެ. ހަމައެކަނި ކުރެވޭ އިހްސާސަކަށް ވެސް ވެދާނެއެވެ. ބައެއް ހާދިސާތަކަކީ ހިތްދަތި ތަޖުރިބާ ތަކެވެ. ހިތުގެ އެންމެ ފުނަށް އޭގެ ހިތްދަތިކަމުގެ ރަހަ...

ނުރުހުމުގެ ބަސްތަކުން ވާހަކަ ދެއްކުން!
Column

ނުރުހުމުގެ ބަސްތަކުން ވާހަކަ ދެއްކުން!

އަޅުގަޑުމެންގެ ދުވަސްތައް މިއަދު ވޭތިކުރަން ޖެހިފައިވަނީ ނުތަނަވަސްކަމާ، މާޔޫސްކަމާ، އިންތިހާދަރަޖައިގެ ކަންބޮޑުވުންތަކާ އެކުގައެވެ. އެއީ މިއަދުގެ ހަގީގަތެވެ. ކަން އޮތްގޮތެވެ. ހިތްހަމަނުޖެހުމުން ފުރިގެންވާ، ކުދިކުދި އެތައްކަމަކާ ކޮންމެ ދުވަހަކުވެސް ކުރިމަތިލާންޖެހެއެވެ. ދިރިއުޅުމުގެ ކޮންމެ ހިނދުކޮޅެއް ވޭތުކުރަންޖެހިފައި މިވަނީ އެގޮތުގައެވެ. އެއީ  ހަލަބޮލި މިޒަމާނުގެ އިންސާނީ ހަގީގަތެވެ. މިހަލަބޮލިކަމުގެ ތެރޭގައި ދިރިއުޅުމުގެ ދުވަސްތައް ތަހައްމަލު ކުރަމުންދާ މީހުންނަށް، ނުރުހުމުގެ ބަސްތަކުން ވާހަ...

ކާމިޔާބު މީހަކަށް ވުމުގެ ހުވަފެން ދެކެމު ހެއްޔެވެ؟
Column

ކާމިޔާބު މީހަކަށް ވުމުގެ ހުވަފެން ދެކެމު ހެއްޔެވެ؟

ކާމިޔާބު މީހަކަށް ވުމުގެ ހުވަފެން ދެކެމު ހެއްޔެވެ؟ އެހުވަފެން ވުޖޫދުވީ ކޮންކަމަކާ ގުޅިގެން ކަން ހިތަށް ގެންނާށެވެ. ބައެއްފަހަރު އެއީ ތިމާގެ ހިތުގައި އުފެދުނު ލޯބީގެ ޝުއޫރެއްގެ ސަބަބުން ހަތަށްވެރިވި އިހްސާސަކަށް ވެދާނެއެވެ. ނޫނީ ކުރިމަތިވި ހިތްދަތި ތަޖުރިބާއަކުން އަރައިގަތުމަށް ކަނޑައެޅި އަޒުމަކަށް ވެދާނެއެވެ. ނޫނީ އަނެކާއަށްވުރެ ކުރިއަރާ ދިޔުމަށް އޮތް ޝައުގުވެރިކަމެއްގެ ސަބަބުން ކަމަށް ވެސް ވެދާނެއެވެ. މިއިން ކޮންމެ ސަބަބަކާހެދި ކަމުގައި ވިޔަސް، ތިމާދެކޭ ހުވަފެނެއް ހަގީގަތަކަށް ހެދޭނީ އެކަމާ އުޅ...

Column

ނުހައްގު އަނިޔާއާއި ގޯނާ ތަހައްމަލު ކުރަމުންދިޔަ ކުދިން: މިއަދު ޒުވާނުން

ދިވެހި ރާއްޖޭގައި، ނުހައްގު އަނިޔާއާއި ގޯނާ ތަހައްމަލު ކުރަމުންދާ 5000 ށްވުރެ ގިނަ ކުދިން އެބަތިބިކަމަށް އަޅުގަޑަށް ގަބޫލުކުރެވެއެވެ. މިއީ ލިބެން ހުރި ހިސާބުތަކުގެ މައްޗަށް އަންދާޒާކޮށް ނެރެފައިވާ އަދަދެކެވެ. ކުޑައިރު މިގޮތަށް ނުހައްގު އަނިޔާއާއި ގޯނާއާއި ކުރިމަތިވި އެތައް ކުދިންނެއް އެ އުދާހުގެ ތެރޭގައި ދިރިއުޅުން ވޭތުކުރަމުން އެގެންދަނީ މިއަދު ޒުވާނުންގެ ގޮތުގައެވެ. އެއީ ވެސް ހާހުން ގުނާލެވޭނެ އަދަދެކެވެ. އެމީހުން އިންސާފު ހޯދަން ދާނެތަނެއް ނެތެވެ. އިންސާފު ނުލިބޭނެކަމުގެ ޔަގީންކަން އޮތީމައެވެ...

Column

ދަރިފުޅު ހޭލިއިރު މަރުހަބާކީ އުފާވެރި ހިނިތުންވުމަކާ އެކު ބައްދާލުމަކުން ހެއްޔެވެ؟

ދަރިފުޅު ހޭލިއިރު އޭނާއަށް މަރުހަބާކީ އުފާވެރި ހިނިތުންވުމަކާ އެކު ގަޔާއިކައިރިކޮށް ބައްދާލުމަކުން ހެއްޔެވެ؟ ދުވަސް ފެށުމަށް ދަރިފުޅަށް ދެވޭނެ އެންމެބޮޑު ހަދިޔާއަކީ އުފާވެރި ހިނިތުންވުމަކާއި ހިތުގެ ގާތްކަމެވެ. އެއީ ފައިސާ ދީފައި ގަންނަންޖެހޭ އެއްޗެއް ނޫނެވެ. ބޭނުންވަނީ ހަމައެކަނި ލޯބިން ފުރިފައިވާ ހިތެކެވެ. ހިތްހެޔޮކަމާއި ލޯބީގެ ސާލެއްގެ ތެރެއަށް ހޭލެވުމަކީ ދުވަހުގެ ގޮންޖެހުންތަކާއި ކުރިމަތިލާ ހުރަސްތައް ގިރާކޮށް ކާމިޔާބު ހޯދުމަށް ކުއްޖަކަށް ދެވޭނެ އެންމެ ވަރުގަދަ ހަތިޔާރެވެ. ކިތަންމެ ކުޑަ ވަގުތ...

"މަގެ ދީނާ މަގެ ޤައުމާ ނުކުޅެއްޗޭ"
Column

"މަގެ ދީނާ މަގެ ޤައުމާ ނުކުޅެއްޗޭ"

މިއަދު އަޅުގަޑު އެއްޗެއް ދަންނަވާލަން މިއުޅެނީ، މިވަގުތު އަޅުގަޑުމެންގެ ތެރޭގައި ބަހުސްކުރެވުމުންދާ ދީނަށް ފުރައްސާރަ ކުރުމުގެ މައްސަލައާއި ގުޅޭގޮތުންނެވެ. ދިވެހިންގެ ދީނަކީ އިސްލާމްދީނެވެ. އެއީ މީގެ ނުވަ ސަތޭކަ އަހަރުކުރީއްސުރެ ދިވެހިންގެ ކާބަފައިން ނިންމާ، ދިވެހިރާއްޖޭގައި އުޅޭ މީހުންގެ ދީންކަމުގައި ބަލައިގެންފައިވާ ދީނެވެ. އަދި ދިވެހިރާއްޖޭގެ ގާނޫނު އަސާސީގައި ދިވެހިރައްޔިތުންގެ ތަބާވާ ދީނުގެ ގޮތުގައި ކަނޑައަޅާފައިވާ ދީނެވެ އެގޮތަށް ކަނޑައަޅާފައިވަނީ ޑިމޮކްރަޓިކް ހަމަތަކުގެ މަތީން ދިވެހި ރައް...

ލޯތްބާއި އިހްތިރާމާއި އަޅާލުން …
Column

ލޯތްބާއި އިހްތިރާމާއި އަޅާލުން …

އާއިލާގެ ކުދިންނާއެކު ހޭދަކޮށްލަން ލިބުނު ވަގުތުކޮޅެއްގައި އަޅުގަޑު އަހާލީމެވެ. “އަންކަލްއަށް ދޭނެ އެއްޗެއް އެބައޮތްތަ؟” އެއީ ޗުއްޓީގައި ގޮސް ކޮއްކޮގޭގައި ހުރިއިރު، ކޮއްކޮމެންގެ ކުދިންނާއެކު ހޭދަކޮށްލަން ލިބުނު ވަގުތުކޮޅެއްގައި އަޅުގަޑު ކޮށްލި ތަޖުރިބާއެކެވެ. ކޮންމެ ކުއްޖެއްގެ ވެސް ފުރަތަމަ ޖަވާބަކީ “އަންކަލްއަށް ދޭނެއެއްޗެއް ނެތް” ކަމަށް ބުނުމެވެ. އަނެއްކާވެސް ސުވާލު ތަކުރާރު ކުރުމަށްފަހު، އަޅުގަޑު ބުނީމެވެ. “ކޮންމެ ކުއްޖަކަށްވެސް ދެވޭނެ އެއްޗެއް އެބައޮތް.” މިހެންބުނުމަށްފަހު، އަދި އެއްފަހަރު ފ...

Column

ޚިދުމަތްތެރި އަދި ކަންކުރާ މީހަކަށް ވުމަށްޓަކާ!

ގައުމަށް ޚިދުމަތެއް ކުރުމަށް، މުޖުތުމައަށް ފައިދާއެއް ކުރާނެކަމުގެ އުންމީދުގައި، އެހެންމީހުންގެ ދިރިއުޅުމުގެ ފެންވަރަށް ހެޔޮބަދަލެއް ގެނައުމަށް ބޭނުންވެގެން، އިޚްލާސްތެރިކަމާއެކު މީހަކު ކުރާ މަސައްކަތަށް ފާޑުކިޔުމަކީ ކުރަން ފަސޭހަކަމެކެވެ. އެއީ ދުލެއް ނުވަތަ ގަލަމެއް އޮތް ކޮންމެ މީހަކަށް ކުރެވިދާނެކަމެކެވެ. އެހެންނަމަވެސް، ކުރިންދެންނެވި ފަަދަ ޚިދުމަތްތެރި އަދި ކަންކުރާ މީހަކަށް ވުމަށްޓަކާ – ތަންދޮރުފިލާފައި ހުރުމާ، އެކަމަށް ވަގުތުދޭނެ މީހަކަށްވުމާ،  ހެޔޮނިޔަތެއް އޮތުމާ، ޒާތީނުވުމާ، ދެމިހުރުމަކީ...

ސަރުކާރުން ކަންކަމަށް ޚަރަދު ކުރާނީ ރައްޔިތުންނަށް ދޭ އެހީއެއްގެ ގޮތުގައެއް ނޫނެ
Column

ސަރުކާރުން ކަންކަމަށް ޚަރަދު ކުރާނީ ރައްޔިތުންނަށް ދޭ އެހީއެއްގެ ގޮތުގައެއް ނޫނެ

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހާއި އެމަނިކުފާނުގެ ނައިބު ފައިސަލް ނަސީމް، ގދ. ތިނަދޫގައި އިންތިޒާމުކުރެއްވި ޖަޒީރާހޮޅުއަށީގައި ދެކެވުނު ވާހަކަތަކާއި ހުށަހެޅުނު ޚިޔާލުތަކާއި ކުރިމަތިކުރެވުނު ސުވާލުތަކަށް ބަލާއިރު، ލާމަރުކަޒުކުރުމުގެ މަންފާވެރީންގެ ކިބައިގައި “ތަރައްގީ” އާއި ލާމަރުކަޒުކުރުމާއި ގުޅުމެއް އޮތްކަމަކަށް ނުބެލެވެއެވެ. ތަރައްގީއަކީ ތިމާމެން އަމިއްލަޔަށް ބާރުވެރިވެ، އަމިއްލަފައިމައްޗަށް ތެދުވެ، އަމިއްލަޔަށް ގެންނަންޖެހޭ އެއްޗަކަށްވުރެ ބޮޑަށް، ސަރުކާރުން ކޮށ...

Column

ވަކިބައެއްގެ ސިޔާސީ މަސްލަހަތަށް ފޫގަޅައިގެން ގުރުބާންވާ ލާމަރުކަޒީ ނިޒާމެއް ބޭނުމެއްނޫން

އަޅުގަޑު ހަނދާންވާގޮތުގައި ދިވެހިރައްޔިތުން ބޭނުންވީ އަތޮޅުވެރިޔާއާއި ކަތީބުންނަކީ ރައްޔިތުން އިންތިޚާބުކުރާ ބަޔަކަށްވުމަށެވެ. އަދި ރަށްކުރިއަރުވާ ކޮމިޓީއާއި އަތޮޅު ކުރިއަރުވާ ކޮމިޓީއަކީ ވެސް ރައްޔިތުން އިންތިޚާބުކުރާ ބަޔަކަށް ވުމަށެވެ. އަދި އެމީހުން ރައްޔިތުންނަށް ލިބެންޖެހޭ ޚިދުމަތްތައް އިންތިޒާމުކޮށް ތަރުތީބުކަރަނީ އަތޮޅާއި ރަށުގެ ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަކަށްކަން ކަށަވަރު ކުރުމަށެވެ.  އެއްގޮތަކަށްވެސް މިލިޔަންމިލިޔަން ޑޮލަރުގެ އަގުބޮޑު ލޯކަލްގަވަނަންސް ނިޒާމެއް ރައްޔިތުން ބޭނުންވ...

އެނޫންގޮތެއް ނެތްކަމަށް ގަބޫލުކޮށް މަރުކަޒުވެގެން ތިބިމީހުންނަށް ލާމަރުކަޒު ކުރެވިދާނެތަ؟
Column

އެނޫންގޮތެއް ނެތްކަމަށް ގަބޫލުކޮށް މަރުކަޒުވެގެން ތިބިމީހުންނަށް ލާމަރުކަޒު ކުރެވިދާނެތަ؟

ލާމަރުކަޒު ކުރުމުގެ ވާހަކައިގެ ދެވަނަ ބާބަށް ޖެހިލާނަމެވެ. މަސްވެރިކަމަށް ދެވިހިފާފައި ހުރިމީހަކަށް، ދުވަހުގެ މަސައްކަތް ނިންމާލާފައި މަސްވެރިކަމުގެ ފިކުރުދޫކޮށްލާ ދަނޑުވެރިކަން ކުރިއަރުވަން ހޭބޯނާރާ އުޅެވޭނެކަމަށް ބުއްދިއަކަށް ގަބޫލެއް ނުކުރެވެއެވެ. ލާމަރުކަޒުކުރުމަށް ޖެހިފައި މިއޮތީ އެކަހަލަ ދަތުރެކެވެ. ލާމަރުކަޒުކުރުމުގެ އަމުރުހިންގާ އިދާރާ ނުވަތަ ގަވަންމަންޓް އޮތޯރިޓީ ހުންނަނީ މަރުކަޒީ ވެރިރަށުގެ ފަސްގަނޑުގައެވެ. އެތަނުގައި ތިބޭ އެންމެންނަކީ މަރުކަޒީވިސްނުމުގެ އެމަގަށް ހިތްކިޔާފައިތިބި، އެނޫ...

ދުނިޔޭގެ ބުއްދީގެ ބަލިތަކުގެ ދުވަސް
Column

ދުނިޔޭގެ ބުއްދީގެ ބަލިތަކުގެ ދުވަސް

މިއަދަކީ މިއީ ދުނިޔޭގެ ބުއްދީގެ ބަލިތަކުގެ ދުވަހެވެ. ހިތާއި ސިކުނޑިއާއި ގުޅިފައިވާ ބުއްދީގެ ބަލިތަކަކީ އޭގެ ޒާތާއި އަސަރާއި ވޭނާއި ބެހޭގޮތުން އަޅުގަޑުމެންގެ މެދުގައި ހޭލުންތެރިކަން ވަރަށް ކުޑަ ބަލީގެ ބާވަތްތަކެކެވެ.   ބުއްދީގެ ބަލިތަކުގެ ޝިކާރައަކަށް ވެފައިވާ މީހުންނަކީ “މޮޔައިން” ނުވަތަ “ބުއްދިހަމަނުޖެހޭ މީހުންގެ” ގޮތުގައި ބަލާ އުޅެއެވެ. އެއީ ތެދަކަށް ވެސް ވެދާނެއެވެ. ބުއްދީގެ ބައްޔެއްގައި އުޅޭ މީހަކު ބަލިކަމަށް ގަބޫލު ކުރުމަކީ އެހާމެ އުނދަގޫ ކަމެކެވެ. ވަރަށް ގިނަފަހަރަށް ބެލެވެނީ އެއީ އޭނާގެ [...

Column

ފުރިހަމަ ޑިމޮކްރަސީއަކަށް ދިވެހިންކުރި ދަތުރުގެ ނަތީޖާއަކީ؟

ފުރިހަމަ ޑިމޮކްރަސީއަކަށް 2008 އާއި ހަމަޔަށް ދިވެހިންކުރި ވަރުގަދަ ދަތުރުގެ ނަތީޖާއަކަށް ދިވެހިންނަށް ލިބުނީ ފިކުރުތަކަކަށްވުރެ ބޮޑަށް ވަކިމީހަކަށްޓަކާ ޖާނާމާލުން ގުރުބާންވާން ތައްޔާރަށްތިބި “ސިޔާސީ ޕާޓީ” ތަކެކެވެ. ގޭންގުތައް ކުލަބުތަކަށް ބަދަލުވެ އިސްލާހުވިއިރު، ޑިމޮކްރަސީގެ ހަގީގަތް އައީ އެއާ ދިމާ އިދިކޮޅަށެވެ.   އަޅުގަޑުމެންގެ ސިޔާސީ ޕާޓީތަކުގެ ހަގީގަތަކީ ކޮންމެވެސް ސަބަބަކަށްޓަކާ ވަކިމީހަކަށް ފިދާވާނެ ބަޔަކު އުފެއްދުމުގެ ހަރުގެ ތަކެކެވެ. ކޮންމެކަމެއް ކޮށްގެން، ކޮންމެފަދަ ގޮތަކުން ކަމުގައިވިޔ...