Skip to main content

ޝިއުނާ އާދަމް

Contributor
🇲🇻 ތިލަދުން Desk
2,141 Stories
1,717 Reads

Published on ތިލަދުން (Thiladhun) by ޝިއުނާ އާދަމް

5 އަހަރުގެ ލޯފަން ކުއްޖަކު ރޭޑިއޯ އަޑުއަހައިގެން ޤުރުއާން ހިތުދަސްކޮށްފި
International

5 އަހަރުގެ ލޯފަން ކުއްޖަކު ރޭޑިއޯ އަޑުއަހައިގެން ޤުރުއާން ހިތުދަސްކޮށްފި

ފަސް އަހަރުގެ ލޯފަން ކުއްޖަކު ރޭޑިއޯ އަޑުއަހައިގެން ޤުރުއާން އެކީ ހިތުދަސްކޮށްފިއެވެ. ޖިއްދާއަށް އުފަން ހުސައިން މުޙައްމަދު ތާރިޤް އަކީ އުފަންވިއިރުވެސް ލޮލުގެ ފެނުމުން މަޙްރޫމްވެފައިވާ ކުއްޖެކެވެ. ހުސައިންގެ ބައްޕަ ތާރިޤް ބުނެފައިވަނީ ހުސައިން ވަރަށް ތުއްތު އިރު އެގެއަށް ރޭޑިއޯއެއް ގެނައީ ހުސައިންއަށް ޓީވީ ނުފެންނާތީ ކަމަށެވެ. އެރޭޑިއޯ އިން އަބަދުވެސް ޓިއުނުކޮށްފައި ހުންނާނީ ޤުރުއާން އަންނަ ރޭޑިއޯ ސްޓޭޝަންއެއް ކަމަށެވެ. އެއީ ހުސައިން ޤުރުއާން އަށް ލޯބިޖައްސުވާ ޤުރުއާން އަޑުއެހުމަށް އާދަ ކުރުމަށ...

''މަވެސް ޖަހައިފިން'' ނަމުގައި ގައުމީ ފެންވަރުގެ ވެކްސިން ދިނުމުގެ ކެމްޕެއިނެއް ފަށައިފި
Raajje

''މަވެސް ޖަހައިފިން'' ނަމުގައި ގައުމީ ފެންވަރުގެ ވެކްސިން ދިނުމުގެ ކެމްޕެއިނެއް ފަށައިފި

ރުބެއްލާ އަދި ހިމަބިހީގެ ޑޯޒް ހަމަނުކުރާ ހުރިހާ އެންމެނަށް އަމާޒުކޮށްގެން “މަވެސް ޖަހައިފިން” ނަމުގައި ގައުމީ ފެންވަރުގެ ކެމްޕެއިނެއް މިއަދު ފަށައިފި އެވެ. މުޅި ރާއްޖެއަށް އަމާޒުކޮށްގެން މިއަދު އެ ކެމްޕެއިން ފަށާފައި ވަނީ އަމީނިއްޔާ ސްކޫލުގަ އޮތް ރަސްމިއްޔާތެއްގައިއެވެ. އެ ކެމްޕެއިން ރަސްމީކޮށް ފައްޓަވައިދެއްވާފައި ވަނީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އެވެ. އެ ކެމްޕެއިންގެ ދަށުން ހިމަބިހި ވެކްސިންގެ ދެ ޑޯޒް ހަމަކޮށްފައި ނުވާ މީހުންގެ ތެރެއިން މާލޭގައި ދިރިއުޅޭ ހުރިހާ އެންމެނަށް ވެކްސިން […]

ދިރިއުޅުމުގެ ހުނަރު ދަސްކޮށްދިނުމާ ބެހޭ ތަމްރީން ޕްރޮގްރާމެއް ތުރާކުނުގައި ހިންގައިފި
Thiladhunmathi News

ދިރިއުޅުމުގެ ހުނަރު ދަސްކޮށްދިނުމާ ބެހޭ ތަމްރީން ޕްރޮގްރާމެއް ތުރާކުނުގައި ހިންގައިފި

ދިރިއުޅުމުގެ ހުނަރު ދަސްކޮށްދިނުމާއި ބެހޭ ތަމްރީން ޕްރޮގްރާމެއް ހއ. ތުރާކުނުގައި ހިންގައިފިއެވެ. އެ ޕްރޮގާމަކީ ޒުވާނުންނަށް އަމާޒު ކުރައްވައިގެން ސަރުކާރުން ހިންގަވާ ލައިފްސްކިލް އެޑިޔުކޭޝަން ޕްރޮގްރާމްގެ ދަށުން ހިންގެވި ޕްރޮގާމެކެވެ. ތުރާކުނުގައި އެ ޕްރޮގްރާމް ހިންގީ މިމަހުގެ 19 އިން 20 އަށެވެ. މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއި ހއ. ތުރާކުނު ކައުންސިލް ގުޅިގެން އެރަށުގައި ހިންގި މި ޕްރޮގްރާމްގެ ބޭނުމަކީ، ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ދުޅަހެޔޮ ބަޔަކަށް ޒުވާނ...

މެލޭޝިޔާގެ ބޮޑުވަޒީރު މަހާތީރު އިސްތިއުފާދެއްވައިފި
International

މެލޭޝިޔާގެ ބޮޑުވަޒީރު މަހާތީރު އިސްތިއުފާދެއްވައިފި

މެލޭޝިޔާގެ ބޮޑުވަޒީރު ޑރ. މަހާތީރު މުހައްމަދު ބޮޑު ވަޒީރުކަމުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ. ބޮޑުވަޒީރުގެ އޮފީހުން ވަނީ މަހާތީރުގެ އިސްތިއުފާގެ ސިޓީ، އެ ގައުމުގެ ގަޑިން މިއަދުން މެންދުރު 1:00 ގައި ރަސްގެފާނާ ހަވާލު ކުރިކަން ކަށަވަރުކޮށްދެއްވައިފަ އެވެ. Malaysia's Mahathir submits resignation to king – reports https://t.co/L1nbjGa6vV pic.twitter.com/gu1x1QExbf — Al Jazeera Breaking News (@AJENews) February 24, 2020 މަހާތިރު އިސްތިއުފާ ދެއްވި އިރު މީގެ ދެ އަހަރު […]

34 ބައިވެރިންނާއިއެކު ނޮޅިވަރަމުގައި ދަންޑުވެރިކަމުގެ ޕްރޮގުރާމެއް ފަށައިފި
Thiladhunmathi News

34 ބައިވެރިންނާއިއެކު ނޮޅިވަރަމުގައި ދަންޑުވެރިކަމުގެ ޕްރޮގުރާމެއް ފަށައިފި

34 ބައިވެރިންނާއިއެކު ހދ. ނޮޅިވަރަމުގައި ދަންޑުވެރިކަމުގެ ޕްރޮގުރާމެއް ފަށައިފި އެވެ. މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ އާއި ނޮޅިވަރަމް ކައުންސިލް ގުޅިގެން ހިންގާ މި ޕުރޮގުރާމުގައި ގަސްގަހަށް ޖެހޭ ބަލި ދެނެގަންނާނެ ގޮތާއި ކާނަ ބޭނުން ކުރާނެ ގޮތް އަދި އެކި ކަހަލަ ކެމިކަލް ބޭސް ބޭނުން ކުރާނެ ގޮތް ބައިވެރިންނަށް ކިޔައިދޭނެކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. 10 ދުވަހުގެ މުއްދަތައް ކުރިއަށްދާ މި ޕްރޮގުރާމް ފެށީ އިއްޔެއެވެ. މިއަންނަ މަހުގެ 3 ވަނަ ދުވަހާއި ހަމައަށް މި […]

"ކޮވިޑް-19" ވައިރަސް ހުއްޓުވުމަށް އޮތް ފުރުސަތު ދަނީ ހަނިވަމުން: ޑަބްލިޔޫއެޗްއޯ
International

"ކޮވިޑް-19" ވައިރަސް ހުއްޓުވުމަށް އޮތް ފުރުސަތު ދަނީ ހަނިވަމުން: ޑަބްލިޔޫއެޗްއޯ

ޗައިނާއާއި ދުނިޔޭގެ ބައެއް ގައުމުތަކުގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި “ކޮވިޑް-19” ވައިރަސް ކޮންޓްރޯލްކޮށް ހުއްޓުވަން އޮތް ފުރުސަތު ހަނިވަމުންދާ ކަމަށް ޑަބްލިއުއެޗްއޯއިން ބެނެފިއެވެ. ޖެނީވާގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ޑަބްލިޔޫއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދަނޮމް ޣެބްރެޔެސަސް ވިދާޅުވީ، ވައިރަސް ކޮންޓްރޯލްކޮށް ހުއްޓުވަން އޮތް ފުރުސަތު ހަނިވެ، ދޮރު ބަންދުވަމުންދާ ކަމަށެވެ. ޓެޑްރޯސް އަދަނޮމްވަނީ، މި ވައިރަސް ހުއްޓުވަން ދުނިޔޭގެ ގައުމުތަކުން ވަރަ...

އައިޖީއެމްއެޗް ހޮސްޕިޓަލުގެ ފަންނީ މުވައްޒަފުންނަކީ ޤާބިލް މުވައްޒަފުން: އައިޖީއެމްއެޗް
Raajje

އައިޖީއެމްއެޗް ހޮސްޕިޓަލުގެ ފަންނީ މުވައްޒަފުންނަކީ ޤާބިލް މުވައްޒަފުން: އައިޖީއެމްއެޗް

އައިޖީއެމްއެޗް ހޮސްޕިޓަލުގައި މަސައްކަތް ކުރަމުންދާ ޑޮކްޓަރުން، ނަރުހުން އަދި މެޑިކަލް/ޓެކްނިކަލް ހުރިހައި މުވައްޒަފުންނަކީވެސް ޤާބިލް، ފަންނީ މުވައްޒަފުންކަމަށް އައިޖީއެމްއެޗް ހޮސްޕިޓަލުން ބުނެފިއެވެ. އައިޖީއެމްއެޗް ހޮސްޕިޓަލުން މިއަދު އާންމު ކުރި ނޫސްބަޔާނެއްގައި ބުނީ އެ ހޮސްޕިޓަލްގައި މަސައްކަތް ކުރަމުންދާ ޑޮކްޓަރުން، ނަރުހުން އަދި މެޑިކަލް/ޓެކްނިކަލް ހުރިހައި މުވައްޒަފުންނަކީވެސް ބައިނަލްއަޤްވާމީ މިންގަނޑުތަކުން ޤަބޫލުކުރާ ތަޢުލީމާއި ތަމްރީނުތައް ފުރިހަމަކުރުމުގެ އިތުރުން ދިވެހިރާއްޖޭގެ ކަމާ...

ވިލާ ފައުންޑޭޝަން އާއި، ވިލާ ކޮލެޖުގެ "ފިއުޗަރ މޯލްޑިވްސް އިނިޝިއޭޓިވް" މިރޭ ފަށަނީ
Raajje

ވިލާ ފައުންޑޭޝަން އާއި، ވިލާ ކޮލެޖުގެ "ފިއުޗަރ މޯލްޑިވްސް އިނިޝިއޭޓިވް" މިރޭ ފަށަނީ

ވިލާ ފައުންޑޭޝަން އާއި، ވިލާ ކޮލެޖުގެ “ފިއުޗަރ މޯލްޑިވްސް އިނިޝިއޭޓިވް”ގެ ފުރަތަމަ ޕެނަލް ޑިސްކަޝަން މިރޭ ފަށަން ނަންމައިފިއެވެ. މިރޭ ކުރިއަށް ގެންދަން ހަމަޖައްސާފައިވަނީ ފިއުޗަރ މޯލްޑިވްސް އެކަޑަމިކް ޑިސްކަޝަންގެ މައުލޫއަކީ ” ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރި ކުރެވިފައިވާ، ކުޑަކުދިންނަށް އަމާން ދިވެހިރާއްޖެއެއް” އެވެ. ބައިވެރިވުން މުޅިން ހިލޭ ހުޅުވާލައިފާ މިރޭގެ ޕެނަލް ޑިސްކަޝަން ހުށަހަޅުއްވައިދެއްވާނީ ނަފްސާނީ ބަލިތަކަށް ޚާއްސަ، ދިވެހިންގެ މަޤުބޫލުކަން ހޯދާފައިވާ މަޝްހޫރު ޑޮކްޓަރު، ޑރ. އާއިޝަ...

މިއަހަރުތެރޭގައި 500 އަށްވުރެ ގިނަ މަޝްރޫޢު ހިންގާނަން - ރައީސް ޞާލިޙް
Raajje

މިއަހަރުތެރޭގައި 500 އަށްވުރެ ގިނަ މަޝްރޫޢު ހިންގާނަން - ރައީސް ޞާލިޙް

މިއަހަރު ތެރޭގައި ރާއްޖޭގެ އެކިކަކޮޅުތަކުގައި ފަސް ސަތޭކައަށްވުރެ ގިނަ މަޝްރޫޢު ހިންގާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙަންމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ އެންމެ އިސް ލީޑަރު މިހެން ވިދާޅުވީ، އެމްޑީޕީގެ ލޯކަލް ލައުންސިލް އިންތިޚާބުގެ ކެމްޕެއިން ރަސްމީކޮށް އިފްތިތާޙްކުރުމަށް ކާނިވާ ސަރަޙައްދުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ، މި ސަރުކާރުން ވެރިކަމަށް އައީ ރައްޔިތުންނަށް ތަރައްގީ ގެނެސްދޭން ކަމަށެވެ. އަދި ވެރިކަމަށް އައު...

ނޭކުރެންދޫގައި އުމުރުން ދުވަސްވީ މީހަކަށް ހަމަލާދިންކަމުގެ ތުހުމަތުގައި 2 މީހުން ހައްޔަރުކޮށްފި
Thiladhunmathi News

ނޭކުރެންދޫގައި އުމުރުން ދުވަސްވީ މީހަކަށް ހަމަލާދިންކަމުގެ ތުހުމަތުގައި 2 މީހުން ހައްޔަރުކޮށްފި

ހދ. ނޭކުރެންދޫގައި އުމުރުން ދުވަސްވީ މީހަކަށް ހަމަލާދިންކަމުގެ ތުހުމަތުގައި 2 މީހުން ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ ރޭ 11:50 ހާއިރު ނޭކުރެންދޫގައި އުމުރުން 60 އަހަރުގެ ދިވެހި ފިރިހެނަކާއި މެދު ބަޔަކު މާރާމާރީ ހިންގާ އަނިޔާކޮށްފައިވާ މައްސަލައެއް ހުށަހެޅިފައިވާ ކަމަށެވެ. އެގޮތުން މި މައުލޫމާތު ލިބުމުން އޭނާ ނޭކުރެންދޫ ސިއްހީ މަރުކަޒަށް ގެންގޮސްފައިވާ ކަމަށާއި އޭނާގެ ބޮލަށް ލިބިފައިވާ އަނިޔާތަކާއި ގުޅިގެން އިތުރު ޓެސްޓްތަކެއް ހެދުމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދާ...

ކައުންސިލް އިންތިޚާބުގައި ވާދަކުރި ފަރާތްތަކުގެ ފޯމްތައް މިދަނީ ޗެކްކުރަމުން - އިލެކްޝަން
News

ކައުންސިލް އިންތިޚާބުގައި ވާދަކުރި ފަރާތްތަކުގެ ފޯމްތައް މިދަނީ ޗެކްކުރަމުން - އިލެކްޝަން

ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރުމަށްޓައި ގިނަ ޢަދަދެއްގެ ބަޔަކު ފޯމް ހުށަހަޅާފައިވާކަމަށާ، ފޯމްތައް ޗެކްކުރުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ. އެކޮމިޝަންގެ ނައިބް ރައީސް އަޙްމަދު އަކްރަމް ވިދާޅުވީ ހުށަހަޅާފައިވާ ފޯމްތަކުގެ ސާފު ޢަދަދު ވިދާޅުވާން އަދި ނޭގުނުނަމަވެސް ވަރަށް ގިނަޢަދަދެއްގެ ފޯމް އިއްޔެއާއި އޭގެ ކުރީ ދުވަހު ކޮމިޝަނަށް ހުށަހެޅިކަމަށެވެ. ކޮމިޝަންގެ މުވައްޒަފުން، 24 ގަނޑިއިރު މަސައްކަތް ކުރަމުންދަނީ، ފޯމްތަކުގައި އެއްވެސް މައްސ...

ރާއްޖެ އަލުން ކާބަން ނިއުޓުރަލް ޤައުމަކަށް ވުމުގެ އަމާޒު ކަނޑައެޅުމަށް ހުށަހަޅައިފި
Thiladhunmathi News

ރާއްޖެ އަލުން ކާބަން ނިއުޓުރަލް ޤައުމަކަށް ވުމުގެ އަމާޒު ކަނޑައެޅުމަށް ހުށަހަޅައިފި

  ރާއްޖެ އަލުން ކާބަން ނިއުޓުރަލް ޤައުމަކަށް ވުމަށް އަމާޒު ކަނޑައެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ހުށަހަޅުއް ވައިފިއެވެ. މެންބަރު އަހުމަދު ސަލީމް އެގޮތަށް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ގައްދޫ ދާއިރާގެ މެމްބަރު އަޙުމަދު ޒާހިރު މިއަދު މަޖީހަށް ހުށަހެޅުއްވި މޫސުމަށް އަންނަ ބަދަލުތަކާއިބެހޭ ބިލުގެ އިބުތިދާއީ ބަހުސް މަރުހަލާގައި އިއްޔެ އޮތް މަޖިލިސް ޖަލްސާގައި ބަހުސް ކުރައްވަމުން ނެވެ. މަޖިލީހުގެ އެންވަޔަރުމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމެޓީގެ މުގައްރިރ...

ތެޔޮ ވިއްކުމުގެ ވިޔަފާރި ކުރުމަށް ވައިކަރަދޫ ބަނދަރުން ބިމެއް 15 އަހަރަށް ކުއްޔަށް ދޫކުރަނީ
Thiladhunmathi News

ތެޔޮ ވިއްކުމުގެ ވިޔަފާރި ކުރުމަށް ވައިކަރަދޫ ބަނދަރުން ބިމެއް 15 އަހަރަށް ކުއްޔަށް ދޫކުރަނީ

ތެޔޮ ވިއްކުމުގެ ވިޔަފާރި ކުރުމަށް ވައިކަރަދޫ ބަނދަރު ބިމެއް ކުއްޔަށް ދޫކުރަން ވައިކަރަދޫ ކައުންސިލް އިން ނިންމައިފިއެވެ. މިމަހުގެ 17 ވަނަ ދުވަހު އެކައުންސިލްއިން ނެރެފައިވާ އިޢުލާނެއްގައި ބުނެފައިވަނީ ބަނދަރު ހުޅަނގު ދެކުނު ކޮޅުން ތެޔޮ ވިއްކުމުގެ ވިޔަފާރިކުރުމަށް 1200 އަކަފޫޓުގެ ބިމެއް 15 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް މި ކައުންސިލުން ވަނީ ނިންމާފައިވާކަމަށެވެ. މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން، 24 ފެބްރުއަރީ 2020 ވާ ހޯމަ ދުވަހު ހެނދުނު 11:00 އަށް އެއިދާރާއަށް ދުރުވެ މަޢުލ...

މަޖިލީހުގެ ތަރުތީބުގެ ތަފާތު ކުރުންތައް ނައްތާލަން އެދިއްޖެ
Raajje

މަޖިލީހުގެ ތަރުތީބުގެ ތަފާތު ކުރުންތައް ނައްތާލަން އެދިއްޖެ

މަޖިލީހުގެ ގޮނޑިތައް ވަކި ދާއިރާއަކަށް ތަފާތު ނުކުރެވޭނެ އުސޫލަކުން ތަރުތީބު ކޮށްދެއްވުންއެދި މަޖިލީހުގެ އާންމު ކޮމެޓީގައި އެދިއްޖެއެވެ. އެގޮތަށް އެދި ވަޑައިގަތީ މަޖިލިސްގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މަޖިސްގެ އާންމު ކޮމެޓީގެ މުގައްރިރު ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަޠީފަށް ފޮނުއްވި ސިޓީއެއްގައެވެ. އެ ސިޓީގައި ޝިޔާމް ވިދާޅުވެފައި ވަނީ ޤާނޫނު އަސާސީގެ 17 ވަނަ މާއްދާގެ (ހ) ގައި ޤާނޫނު އަސާސީގެ ދެވަނަ ބާބުން ދިވެހި ރައްޔިތުންނަށް ލިބިދޭ ހައްޤުތަކާއި މިނިވަންކަން […]

ކުޑަކުއްޖަކު ރޭޕްކުރި މައްސަލައެއް ފުލުހުން ބަލަނީ
Raajje

ކުޑަކުއްޖަކު ރޭޕްކުރި މައްސަލައެއް ފުލުހުން ބަލަނީ

ކުޑަކުއްޖަކު ރޭޕްކޮށްފައިވާ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ. ފުލުހުން ބުނީ ފުލުހުންގެ ނޯތު ސެންޓްރަލް ޕޮލިސް ޑިވިޒަންގައި ހިމެނޭ ކ. އަތޮޅާއި، އއ. އަތޮޅާއި، އދ. އަތޮޅާއި އަދި ވ. އަތޮޅު ހިމެނޭ ރަށަކުން  އަހަރުގެ އަންހެން ކުއްޖަކު ރޭޕްކޮށްފައިވާ މައްސަލައެއް ރޭގެ ވަގުތެއްގައި ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ. އެކަން ހިނގި ވަކިރަށެއްވެސް، އިތުރު ތަފްޞީލެއްވެސް ފުލުހުން އަދި ހާމައެއް ނުކުރައްވައެވެ. ބައެއް މީޑިއާ ޚަބަރުތައް ބުނާގޮތުން އެކަން ހިނގާފައިވަނީ އއ. އުކުޅަހުގައެވެ. އަދި މިމައް...