Skip to main content

ޝިއުނާ އާދަމް

Contributor
🇲🇻 ތިލަދުން Desk
2,141 Stories
1,745 Reads

Published on ތިލަދުން (Thiladhun) by ޝިއުނާ އާދަމް

ކައުންސިލުތަކަށް 2400 މީހުން ކުރިމަތިލައިފި
Raajje

ކައުންސިލުތަކަށް 2400 މީހުން ކުރިމަތިލައިފި

އަންނަ އޭޕްރިލް މަހުގެ 4 ވަނަ ދުވަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބަށް 2،400 ކެންޑިޑޭޓުން އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބަށް ޖުމްލަ 1،817 ފަރާތަކުން ކުރިމަތިލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ. މިފަހަރުގެ އިންތިޚާބަށް އެމްޑީޕީ، ޕީޕީއެމް، ޖުމްހޫރީ، އަދާލަތު، އެމްޑީއޭ، އެމްއާރުއެމް، އެމްއެސްއެލްޑީޕީ އަދި އަމިއްލަ ގޮތުންވެސް ކެންޑިޑޭޓުން ނުކުމެއެވެ. މިފަހަރުގެ ކައުންސިލް އިންތިޚާބަށް އެންމެ ގިނަ އަދަދެއްގެ ކެންޑިޑޭޓުން ކުރިމަތިލީ ވެރިކަން ކު...

ކަރަންޓީނުން ދޫކޮށްލި މީހަކު އަމަލު ކުރިގޮތުން ގިނަބަޔަކު ރުޅިގަދަ ވެއްޖެ
International

ކަރަންޓީނުން ދޫކޮށްލި މީހަކު އަމަލު ކުރިގޮތުން ގިނަބަޔަކު ރުޅިގަދަ ވެއްޖެ

ކޮވިޑްއަށް ޝައްކު ކުރެވިގެން ކަރަންޓީނުން ދޫކޮށްލި މީހަކު ފޮކްސް ނިއުސް ލައިވް ޕްރޮގުރާމެއްގައި އަމަލު ކުރިގޮތުން ގިނަބަޔަކު ރުޅިގަދަވެ ނުރުހުން ފާޅުކޮށްފިއެވެ. ފޮކްސް ނިއުސްގެ ލައިވް ޕްރޮގުރާމަކަށް 3 އަހަރުގެ ދަރިފުޅާއިއެކު އިންޓަރވިއު ދިނުމަށް އެރި އެމެރިކާއަށް ނިސްބަތްވާ މިމީހާ ބުނެފައިވަނީ 2 ފަހަރަށް ކޮވިޑް19 އަށް ޓެސްޓު ކުރުމުންވެސް ނެގެޓިވެ ވެފައިވާކަމަށެވެ. މިލައިވްގައި ގިނަބަޔަކު އަޅައިގަނެފައިވަނީ އިންޓަރވިއު ދިނުމަށް އުނދަގޫވާވަރަށް ކެއްސުން އަރައި އިންޓަރވިއު ދިނުމަށް އުނދަގޫތަކެއް ކު...

އައިޖީއެމްއެޗްގެ އިލްތިމާސް: ރައްކާތެރި ކަމަށްޓަކައި ހޮސްޕިޓަލަށް ޒިޔާރަތް ކުރުމުގައި ސަމާލުވޭ!
Raajje

އައިޖީއެމްއެޗްގެ އިލްތިމާސް: ރައްކާތެރި ކަމަށްޓަކައި ހޮސްޕިޓަލަށް ޒިޔާރަތް ކުރުމުގައި ސަމާލުވޭ!

ފާނަބަސަންދާއި ރޯގާ ހަލުވި ކަމާއެކު ފެތުރެމުންދާތީ ބަލިމީހުންގެ އަދި އަމިއްލަ ރައްކަލަށްކައްޓަކައި ބަލި މީހުންގާތަށް ޒިޔާރަތްކުރުން މަދުކޮށް، ސަމާލުވުމަށް ސަރުކާރުގެ މައި ހޮސްޕިޓަލް، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން އިލްތިމާސްކޮށްފި އެވެ. އެކަމާއި ގުޅުގެން މިއަދު އެހޮސްޕިޓަލުން ކުރި ޢިއުލާނެއްގައިބުނީ މި ދުވަސްވަރަކީ ހަލުވި ކަމާއެކު ރޯގާއާއި ފާނަބަސަންދު ފެތުރެމުންދާ ދުވަސް ވަރެއް ކަމަށާއި ހޮސްޕިޓަލުގައި ތިބި ބަލިމީހުން ގާތަށް ޒިޔާރަތްކުރުމުގައި ބަލިމީހުންނާއި އަމިއްލަ...

މަކުނުދޫ އަދި ކުމުންދޫއަށް ފެނަކަ އެމްޑީ ޒިޔާރަތް ކުރައްވައިފި
Thiladhunmathi News

މަކުނުދޫ އަދި ކުމުންދޫއަށް ފެނަކަ އެމްޑީ ޒިޔާރަތް ކުރައްވައިފި

މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީގެ ދަޢުވަތަކަށް ހދ. މަކުނުދޫ އަދި ހދ ކުމުންދޫއަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައީދު ޒިޔާރަތް ކުރައްވައިފިއެވެ. އިއްޔެ ހެނދުނު ހދ. މަކުނުދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ފެނަކައިގެ މުވައްޒަފުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަ ފުޅުގައި ސައީދު ވިދާޅުވީ ފެނަކަ ކޯޕަރޭޝަން އިން ދެމުން ގެންދާ ހުރިހާ ހިދުމަތެއް އެއްވެސް ތަފާތު ކުރުމެއްނެތި ދެމުން ގެންދާނެ ކަމަށެވެ. އަދި ފެނަކައިންދޭ އެއްވެސް ހިދުމަތެއް އެއްވެސް ތަފާތު ކުރުމެއ...

ސަޢުދީއިން ޢުމްރާ ވިސާދޫކުރުން ހުއްޓާލުމާއި ގުޅިގެން ތައްޔާރީތައް މަޑުޖައްސާލަން މިނިސްޓްރީން އަންގައިފި
Raajje

ސަޢުދީއިން ޢުމްރާ ވިސާދޫކުރުން ހުއްޓާލުމާއި ގުޅިގެން ތައްޔާރީތައް މަޑުޖައްސާލަން މިނިސްޓްރީން އަންގައިފި

ކޮވިޑް-19 ފެތުރޭތީ، އުމްރާ އަށް މީހުން ދިއުމާއި މަސްޖިދުއް ނަބަވީ އަށް ޒިޔާރަތްކުރުން ސައޫދީ ސަރުކާރުން ވަގުތީ ގޮތުން މަނާކޮށްފައިވާތީ އުމްރާގެ އަޅުކަމަށް ދިއުމަށް ކުރަންޖެހޭ ކަންކަން މަޑުޖައްސާލުމަށް އިސްލާމިކް މިނިސްޓްރީން މިއަދު އަންގައިފި އެވެ. އިސްލާމިކް މިނިސްޓްރީން ބުނީ ސަޢުދީ ޢަރަބިއްޔާއިން ޢުމްރާ ވިސާދޫކުރުން ހުއްޓާލާ މިހާރުން ފެށިގެން ވަގުތީގޮތުން ސަޢުދިީ ޢަރަބިއްޔާއަށް އެތެރެ ނުވެވޭނެކަން ޢާއްމުކޮށް ޢިއުލާންކޮށްފައިވާތީ ޢުމްރާއަށް މީހުން ގެންދިއުމުގެ ކަންކަން މަޑުޖައްސާލަން ކުންފުނިތަ...

ޖޫނިއަރ ހޭންޑްބޯލް ރެފްރީ ކޯހެއް ހދ އަތޮޅުގެ ޒުވާނުންނަށް ހުޅުވާލައިގެން ކުޅުދުއްފުށީގައި ބާއްވަނީ
Sports

ޖޫނިއަރ ހޭންޑްބޯލް ރެފްރީ ކޯހެއް ހދ އަތޮޅުގެ ޒުވާނުންނަށް ހުޅުވާލައިގެން ކުޅުދުއްފުށީގައި ބާއްވަނީ

ކުޅުދުއްފުށީ ސިޓީގައި ޖޫނިއަރ ހޭންޑްބޯލް ރެފްރީ ކޯހެއް ހިންގަން ނިންމައި އެކޯހުގައި ބައިވެެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. ހދ. އަތޮޅުގެ ޒުވާނުންނަށް ހުޅުވާލައިގެން ކުޅުދުއްފުށީ ސިޓީގައި ހިންގަން ނިންމާފައިވާ ޖޫނިއަރ ހޭންޑްބޯލް ރެފްރީ ކޯސް ހިންގަނީ “ހޭންޑްބޯލް މޯލްޑިވްސް” އެސޯސިއޭޝަނާއި ކުޅުދުއްފުށި ކައުންސިލް ގުޅިގެންނެވެ. މި ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އުމުރުން 16 އަހަރުން މަތީގެ ފަރާތްތަކަށެވެ. ކޯސް ހިންގަން ހަމަޖައްސާފައިވަނީ މިފެށޭ މާރިޗް މާރޗް 2 އިން 6 އަށެވެ. މިކޯ...

ދިއްދޫގައި އަޅާ އާ ހޮސްޕިޓަލް ޕްލޭން އިފްތިތާހުކޮށްފި
Thiladhunmathi News

ދިއްދޫގައި އަޅާ އާ ހޮސްޕިޓަލް ޕްލޭން އިފްތިތާހުކޮށްފި

އަތޮޅުތެރޭގެ ސިއްހީ ހިދުމަތްތައް ތަރައްޤީކޮށް ފުޅާކުރުމުގެ ގޮތުން ސަރުކާރުން އެކުލަވާލައިފައިވާ ސިޔާސަތުގެ ދަށުން ހއ. ދިއްދޫ އާ ހޮސްޕިޓަލެއް އަޅަން ނިންމައި، އެ ހޮސްޕިޓަލްގެ ޕްލޭން މިއަދު އިފްތިތާހްކޮށްފިއެވެ. އަތޮޅުތެރޭގެ ސިއްހީ ހިދުމަތްތައް ފުޅާކުރުމަށް ދ. ކުޑަހުވަދޫގައިވެސް އާ ހޮސްޕިޓަލެއް އަޅަން ނިންމައި އެކަންވަނީ މިއަދު ސަރުކާރުން ޢިއުލާން ކޮށްފައެވެ. މިއަދު އިފްތިތާހްކުރި ޕްލޭންގެ ދަށުން، އޭދަފުށީގައި ހުންނަ ބ. އަތޮޅު ހޮސްޕިޓަލްގެ ބާ އިމާރާތް ތަޅާލައި އެތަނުގައި ވެސް ދިއްދޫ އަދި ކުޑަހުވަދ...

ފިއްލަދޫ އައުޓްޑޯރ ޖިމުގެ ސާމާނުތައް ބެހެއްޓުމުގެ މަސައްކަތް ކޮށްދޭނެފަރާތެއް ހޯދަނީ
Thiladhunmathi News

ފިއްލަދޫ އައުޓްޑޯރ ޖިމުގެ ސާމާނުތައް ބެހެއްޓުމުގެ މަސައްކަތް ކޮށްދޭނެފަރާތެއް ހޯދަނީ

ހއ. ފިއްލަދޫގައި އައުޓްޑޯރ ޖިމެއް ޤާއިމުކުރުމަށް ޓަކައި، އެ އައުޓްޑޯރ ޖިމުގެ ސާމާނު ބެހެއްޓުމުގެ މަސައްކަތް އަމިއްލަތަކެތީގައި ކޮށްދޭނެފަރާތެއް ހޯދަން ޢިއުލާން ކޮށްފިއެވެ. ހއ. (ތިލަދުންމަތީ އުތުރުބުރީ) ފިއްލަދޫ ކައުންސިލުން ކޮށްފައިވާ ޢިއުލާނެއްގައި ބުނީ ފިއްލަދޫ އައުޓްޑޯރ ޖިމެއް ޤާއިމުކުރުމަށް ޓަކައި، އައުޓްޑޯރ ޖިމުގެ ސާމާނު ބެހެއްޓުމުގެ މަސައްކަތް އަމިއްލަތަކެތީގައި ކޮށްދޭނެފަރާތެއް ހޯދަން ބޭނުންވާކަމަށެވެ. މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމަށް ފުރުސަތު ހުޅުވާ...

މާލެ އޭރިއާއިން ދެން ރިސޯޓެއް ނުހަދާނެ، އިސްކަން ދޭނީ ހދ އަތޮޅު ފަދަ މާލެއާ ދުރު އަތޮޅުތަކަށް: އަލީ ވަހީދު
Raajje

މާލެ އޭރިއާއިން ދެން ރިސޯޓެއް ނުހަދާނެ، އިސްކަން ދޭނީ ހދ އަތޮޅު ފަދަ މާލެއާ ދުރު އަތޮޅުތަކަށް: އަލީ ވަހީދު

ސަރުކާރުގެ ޢަމާޒަކީވެސް މާލެ ޞަރަަޙައްދުން އިތުރަށް ރިސޯޓެއް ތަރައްގީ ކުރުމަށް ރަށެއް ނުވަތަ ފަޅެއް ވިޔަސް ދޫނުކުރުން ކަމަށާއި ސަރުކާރު ޢަމާޒު ހިފާފައިވަނީ ރިސޯޓްތައް މަދު މާލެއާ ދުރު އަތޮޅުތަކުގައި ވެސް ރިސޯޓުތައް ތަރައްޤީ ކުރުން ކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެ އެވެ. ކ. ތުލުސްދޫގައި އިއްޔެ ބޭއްވި “ކޮރަލް ފެސްޓިވަލް ޕެނަލް” ގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ ރާއްޖޭގެ ގިނަ ރިސޯޓްތައް ހުރީ މާލެއާއި މާލެ ކައިރި […]

އޮޕޯގެ އާ ފޯނުތަކާއި ދިވެހިން ގުޅުވާލަދިނީ އޫރިދޫއިން
Business

އޮޕޯގެ އާ ފޯނުތަކާއި ދިވެހިން ގުޅުވާލަދިނީ އޫރިދޫއިން

އުރީދޫއާ ގުޅިގެން، އޮޕޯ އިން މުޅިން އާ ސްމާޓްފޯނުތަކެއް ރާއްޖޭގައި ރަސްމީކޮށް ލޯންޗުކޮށްފި އެވެ. ރާއްޖޭގައި މިއަދު ތައާރަފްކުރި ފޯނުތަކުގެ ތެރޭގައި، އޮޕޯ ރެނޯ 2 އެފް، އޮޕޯ އޭ1ކޭ އަދި އޮޕޯ އޭ5 2020 ހިމެނޭ ކަމަށް އޫރިދޫއިން ބުނެފައިވެއެވެ. ރާއްޖޭގެ މާކެޓުގައި، އެންމެ ފުރިހަމަ އަގުގައި އިތުބާރާއިއެކު އޮޕޯގެ އާ ފޯނުތައް އުރީދޫން ލިބެންހުރިއިރު، ކަސްޓަމަރުންނަށް ފޯނު ގަތުން އިތުރަށް ފަސޭހަކޮށްދިނުމަށް ވަރަށް ޚާއްސަ ޕްލޭންތަކެއް ވެސް ވަނީ އޫރިދޫއިން ތައާރަފްކޮށްފަ އެވެ. މި އޮފާގެ ތެރެއިން […]

ގޯލްޑް 100ގެ ލައިފްޓައިމް އެޗީވްމަންޓް އެވޯޑު މަރުޙޫމު ރަޝީދަށާއި ސަލާހު ޝިހާބަށް!
Business

ގޯލްޑް 100ގެ ލައިފްޓައިމް އެޗީވްމަންޓް އެވޯޑު މަރުޙޫމު ރަޝީދަށާއި ސަލާހު ޝިހާބަށް!

ކޯޕަރޭޓް މޯލްޑިވްސްގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ “ގޯލްޑް 100″ގެ ލައިފްޓައިމް އެޗީވްމަންޓް އެވޯޑު މަރުޙޫމު އަބްދުލް ރަޝީދަށާއި، ސަލާހު ޝިހާބަށް ލިބިވަޑައިގެންފިއެވެ. ދަރުބާރުގޭގައި ރޭ ބޭއްވި ގޯލްޑް 100 ގާލާގައި ރަޝީދު ކާޕެންޓަރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ)ގެ ޗެއާމަން މަރުހޫމު އަބްދުލް ރަޝީދުގެ ފަރާތުން ލައިފްޓައިމް އެޗީވްމަންޓް އެވޯޑާ ހަވާލުވެވަޑައިގެންނެވީ އޭނާގެ ދަރިކަލުން އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) އެވެ. ރަޝީދުގެ އިތު...

އަޑުއިވުމުން މަހުރޫމު ވެފައިވާ ފަރާތްކަށް ހާއްސަކޮށްގެން އުރީދޫން ކަސްޓަމާ ސާވިސް ޗެނަލެއް ތައާރަފުކޮށްފި
Business

އަޑުއިވުމުން މަހުރޫމު ވެފައިވާ ފަރާތްކަށް ހާއްސަކޮށްގެން އުރީދޫން ކަސްޓަމާ ސާވިސް ޗެނަލެއް ތައާރަފުކޮށްފި

އަޑުއިވުމުން މަހުރޫމު ވެފައިވާ ފަރާތްކަށް ނުވަތަ އަޑުއިވުމުގެ ދަތިތައް ކުރިމަތިވެފައިވާ ފަރާތްތަކަށް ހާއްސަކޮށްގެން އުރީދޫ މޯލްޑިވްސްއިން ކަސްޓަމާ ސާވިސް ޗެނަލެއް ތައާރަފުކޮށްފިއެވެ. މި ޗެނަލް ތައާރަފުކޮށްފައި ވަނީ މިއަދު ޑެފް އެސޯސިއޭޝަން އާއި އުރީދޫ ގުޅިގެން ބޭއްވި ރަސްމިއްޔާތެއްގައެވެ. We're pleased to launch the first Sign Language Hotline in the Maldives, which will allow customers to call us via Viber Video Chat & communicate with customer […]

ނ. ފޮއްދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
Raajje

ނ. ފޮއްދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

ނ. ފޮއްދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ. ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ކޮންޓްރެކްޓްގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު ޖެނަރަލް ފާތުމަތު ޝާނާ ފާރޫގުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ އާދަމް އާޒިމް އެވެ. https://twitter.com/monpimv/status/1232241616955609088?s=21 މިއަދު ސޮއި ކުރި އެއްބަސްވުމުގެ ދަށުން 180 ދުވަހުގެ ތެރޭ މަސައްކަތް ނި...

ވައިކަރަދޫއާއި އަނގޮޅިތީމުގެ އައު އިންޖީނުގެ އިމާރާތް ކޮށްދޭނެ ބަޔަކު ހޯދަނީ
Raajje

ވައިކަރަދޫއާއި އަނގޮޅިތީމުގެ އައު އިންޖީނުގެ އިމާރާތް ކޮށްދޭނެ ބަޔަކު ހޯދަނީ

.ހދ. ވައިކަރަދޫއާއި ރ. އަނގޮޅިތީމުގައި ފެނަކައިގެ އައު އިންޖީނުގެ އިމާރާތް ކޮށްދޭނެ ބަޔަކު ހޯދަން ޢިއުލާން ކޮށްފިއެވެ. ފެނަކައިން ކޮށްފައިވާ ޢިއުލާނެއްގައި ބުނެފައިވަނީ އެކުންފުނިން ދޭ ކުރެހުމާއި ބީއޯކިޔު އަދި މަޢުލޫމާތާއި އެއްްގޮތަށް ވައިކަރަދޫ އަދި އަނގޮޅިތީމުގައި އެކުންފުނީގެ އައު އޮފީސް އިމާރާތެއް ކުރަން ފުރުޞަތު ހުޅުވާލާކަމަށެވެ. އެ ދެރަށުގައި ފެނަކައިގެ އައު އޮފީސް އިމާރާތް ކޮށްދޭނެ ބަޔަކު ހޯދަން ޢިއުލާން ކޮށްފައި ވަނީ، އަމިއްލަ ތަކެތީގައި އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށެމަށެވެ. އެ...

މަސްތުވާތަކެއްޗާއެކު ލަންކާއިން 3 ދިވެހިން ހައްޔަރުކޮށްފި
International

މަސްތުވާތަކެއްޗާއެކު ލަންކާއިން 3 ދިވެހިން ހައްޔަރުކޮށްފި

ގިނަ އަދަދަކަށް ދިވެހިން ޒިޔާރަތްކުރާ، އަދި ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ އަވަށްޓެރި ސްރީލަންކާއިން މަސްތުވާތަކެއްޗާއެކު 3 ދިވެހިން ހައްޔަރުކޮށްފި އެވެ. މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ހެރޮއިންއާއިކު ތިން ދިވެހިން ހައްޔަރުކޮށްފައިވަނީ ލަންކާގެ ކަމާއިބެހޭ އިދަރާތަކުން ހިންގި ހާއްސަ އޮޕަރޭޝަނެއްގެ ދަށުން ސްރީލަންކާގައި ގިނަ އަދަދެއްގެ ދިވެހިން އުޅޭ ދެހިވަލަ ސަރަހައްދުން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. ލަންކާގެ ބައެއް މީޑިއާތަކުން ރިޕޯޓުކޮށް ބުނާގޮތުން ހައްޔަރުކުރި މީހުންގެ ތެރޭގައި 26 އަހ...