ފިނޭ ގޮނޑުދޮށުން ކަށިވެއްޔާއި އަކިރި ނުނެގުމަށް އެދިއްޖެ
ފިނޭ ގޮނޑުދޮށުން ކަށިވެއްޔާއި އަކިރި ނުނެގުމަށް ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލްގެ އިދާރާ އިން އެދިއްޖެ އެވެ. މިއަދު އެކައުންސިލުން ކުރި އިޢުލާނެއްގައި ބުނެފައިވަނީ މިހާރަކަށް އައިސް ރަމަޟާންމަހަށް ގޭދޮށް ޒީނަތްތެރިކުރުމަށް ރަށުގެ ގޮނޑުދޮށުން ކަށިވެލި އަދި އަކިރި ނަގަމުންދާކަން އެ ކައުންސިލަށް ވަނީ ފާހަގަކުރެވިފައިކަމަށެވެ. މިކަމަކީ ތަފާތު އެކި ފަހަރު މަތިން މަނާކުރެވިފައިވާ ކަމެއްކަމަށް ވެފައި، މި ކަމަކީ ޤާނުނު ނަންބަރު 93/4 ( ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ބެލެހެއްޓުމުގެ ޤާނޫނު)...