ނެއްލައިދޫ ކައުންސިލުންދޭ ބައެއް ޚިދުމަތްތަކުގެ ފީ ނެގުން ހުއްޓާލައިފި
ހދ. ނެއްލައިދޫ ކައުންސިލުންދޭ ބައެއް ޚިދުމަތްތަކުގެ ފީ ނެގުން ހުއްޓާލައިފިއެވެ. ނެއްލައިދޫ ކައުންސިލުން ބުނީ ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 އާއި ގުޅިގެން ރައްޔިތުންގެ ޚަރަދުތަކަށް ލުޔެއް ދިނުމުގެ ގޮތުން އެ ކައުންސިލުންދޭ ބައެއް ޚިދުމަތްތަކުގެ ފީ ނެގުން ހުއްޓާލުމަށް ކައުންސިލުން ނިންމާފައިވާ ކަމަށެވެ. އެގޮތުން ފީ ނެގުން ހުއްޓާލާފައިވާ ޚިދުމަތްތައް: ނެއްލައިދޫ ޕްރީސްކޫލް ފީ ( ފީނެގުމަށް ހަމަޖެހިފައިވަނީ ދަރިވަރުންގެ ކިޔެވުން ކުރިއެކޭ އެއްގޮތަށް ގެންދެވި، ސްކޫލްގެ ކިޔ...