Skip to main content

އިބްރާހިމް އަސްވާޤް

Admin
🌐 Network-Wide Bureau
2,121 Stories
1,473 Reads

Published on ތިލަދުން (Thiladhun) by އިބްރާހިމް އަސްވާޤް

އެޕަލް އިން ތަޢާރަފުކުރި ފޯލްޑަބަލް ފޯނާއި އައު އުފެއްދުންތަކުގެ ތަފްސީލް!
Tech

އެޕަލް އިން ތަޢާރަފުކުރި ފޯލްޑަބަލް ފޯނާއި އައު އުފެއްދުންތަކުގެ ތަފްސީލް!

ޓެކްނޮލޮޖީ ކުންފުނި އެޕަލްގެ އާ ސީއީއޯ ޖޯން ޓާނަސް މަގާމާއި ހަވާލުވުމަށްފަހު ބޭއްވި ފުރަތަމަ ފޯލް އިވެންޓުގައި، އެ ކުންފުނީގެ ފުރަތަމަ ފޯލްޑަބަލް ފޯނު “އައިފޯން ޑިއޯ” އާއި އައިފޯން 18 ޕްރޯ ސީރީޒްގެ އިތުރުން އާ އެޕަލް ވޮޗް އަދި އެއާޕޮޑްސް ތަޢާރަފުކޮށްފިއެވެ. “ސަޕްރައިޒް އެންޑް ސަންޝައިން” ގެ ނަމުގައި ބޭއްވި މި އިވެންޓުގައި އެޕަލްއިން ވަނީ ސޮފްޓްވެއާއާއި ހާޑްވެއާއަށް ގެނެސްފައިވާ ގިނަ ބަދަލުތަކެއް އާންމުންނަށް ދައްކާލާފައެވެ. އައިފޯން ޑިއޯ: އައިޕެޑްގެ ފަރުމާއަށް ބަލައިގެން ތައްޔާރުކޮށްފައިވާ އެޕަލ...

ބޭރު ފައިސާ މާރުކުރުމުގެ ހުއްދަ އޮތް 59 ފަރާތުގެ ލިސްޓު އާންމުކޮށް އެމްއެމްއޭގެ އިލްތިމާސެއް!
News

ބޭރު ފައިސާ މާރުކުރުމުގެ ހުއްދަ އޮތް 59 ފަރާތުގެ ލިސްޓު އާންމުކޮށް އެމްއެމްއޭގެ އިލްތިމާސެއް!

ދިވެހިރާއްޖޭގައި ބޭރު ފައިސާ މާރުކުރުމުގެ ވިޔަފާރި ކުރުމުގެ ހުއްދަ ދޫކޮށްފައިވާ 59 ފަރާތުގެ ލިސްޓު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކޮށް، އެ އޮތޯރިޓީގެ ލައިސަންސް ނެތި އެފަދަ މުއާމަލާތްތައް ކުރާ ފަރާތްތަކާއެކު މުއާމަލާތް ނުކުރުމަށް އިލްތިމާސްކޮށްފިއެވެ. އެމްއެމްއޭ އިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ރާއްޖޭގައި ބޭރު ފައިސާ މާރުކުރުމުގެ ވިޔަފާރި ކުރަންވާނީ އެ އޮތޯރިޓީން ދޫކުރާ ލައިސަންސެއް އޮވެގެން ކަމަށް ބަޔާންކޮށްފައިވީ ނަމަވެސް، ބައެއް ފަރާތްތަކުން ލައިސަންސް ނެތި ބޭރު ފައިސ...

އުރީދޫ ނޭޝަން އަތޮޅު އީސްޕޯޓްސް ލީގު 2026 ގައި 48 ޓީމު
Business

އުރީދޫ ނޭޝަން އަތޮޅު އީސްޕޯޓްސް ލީގު 2026 ގައި 48 ޓީމު

މިހާރު ކުރިއަށްދާ “އުރީދޫ ނޭޝަން އަތޮޅު އީސްޕޯޓްސް ލީގު 2026” ގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 48 ޓީމަކުން ވާދަކުރަމުން އަންނަ ކަމަށް އުރީދޫން ބުނެފިއެވެ. މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި މުބާރާތަށް އެކި އަތޮޅުތަކުން ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށްވެސް އެ ކުންފުނިން މައުލޫމާތު ދެއެވެ. އުރީދޫން ބުނި ގޮތުގައި އެކި ރަށްރަށުގެ ބައިވެރިން ހިމެނޭ ގޮތަށް ކުރިއަށްދާ މި މުބާރާތުގައި ޓީމުތައް ވަނީ ހަ ގްރޫޕަކަށް ބަހާލައިފައެވެ. އުރީދޫ ނޭޝަން އަތޮޅު އީސްޕޯޓްސް […]

މެކްސިކޯގެ ފައްޅިއެއްކައިރީ ބަޑިބޭސްތަކެއް ގޮވައި 10 މީހުން މަރުވެ، 64 މީހުން ޒަޚަމްވެއްޖެ
International

މެކްސިކޯގެ ފައްޅިއެއްކައިރީ ބަޑިބޭސްތަކެއް ގޮވައި 10 މީހުން މަރުވެ، 64 މީހުން ޒަޚަމްވެއްޖެ

މެކްސިކޯގެ މެދުތެރޭގައި އޮންނަ މެކްސިކޯ ސްޓޭޓްގެ ރަށެއްގައި ބޭއްވި ނަސޯރާ ދީނުގެ އީދެއްގެ ތެރެއިން ފައްޅިއެއްގެ ކައިރީގައި ރައްކާކޮށްފައި ހުރި ބަޑިބޭސްތަކެއް ގޮވައި ފާރެއް ވެއްޓި، 10 މީހުން މަރުވެ 64 މީހުން ޒަޚަމްވެއްޖެ ކަމަށް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ބުނެފިއެވެ. މި ނުރައްކާތެރި ހާދިސާ ހިނގާފައިވަނީ މެކްސިކޯ ސިޓީގެ ހުޅަނގުއުތުރުން ގާތްގަނޑަކަށް 160 ކިލޯމީޓަރު ދުރުގައި އޮންނަ، 66،000 މީހުންގެ އާބާދީއެއް ދިރިއުޅޭ ސަރަހައްދެއްގައެވެ. ހޮނިހިރު ދުވަހުގެ ރޭ މި ގޮވުންތައް ގޮވާފައިވަނީ އެ […]

އުރީދޫ 'ހިނގާ' ޕްރޮމޯޝަން: އަޒުމާއަށް އޭޓީވީއެއް، އިތުރު 2 އޭޓީވީ ހޯދުމުގެ ފުރުސަތު އަދިވެސް އެބައޮތް!
Business

އުރީދޫ 'ހިނގާ' ޕްރޮމޯޝަން: އަޒުމާއަށް އޭޓީވީއެއް، އިތުރު 2 އޭޓީވީ ހޯދުމުގެ ފުރުސަތު އަދިވެސް އެބައޮތް!

އުރީދޫ މޯލްޑިވްސްއިން އެއް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ‘ހިނގާ’ އޭޓީވީ ޕްރޮމޯޝަންގެ ހަތަރުވަނަ ނަސީބުވެރިއަކަށް ލ. މާބައިދޫ، ފާތުމަތު އަޒުމާ ހޮވިއްޖެއެވެ. މި ޕްރޮމޯޝަންގެ ދަށުން 2026 ވަނަ އަހަރުގެ ނިޔަލަށް ޖުމްލަ ހަ އޭޓީވީ ދިނުމަށް ހަމަޖެހިފައިވާއިރު، އަޒުމާއަކީ މި އިނާމު ހޯދި ހަތަރުވަނަ ކަސްޓަމަރެވެ. ޑިސެމްބަރު 20، 2025 ގައި ފެށި މި ޕްރޮމޯޝަން 2026 ވަނަ އަހަރުގެ ޑިސެމްބަރު 31 ގެ ނިޔަލަށް ކުރިއަށްދާނެ ކަމަށް އުރީދޫއިން ބުނެއެވެ. މުޅި ޕްރޮމޯޝަންގެ […]

އިންޑިއާގެ ކާށި އެކްސްޕޯޓް 62% އިތުރުވެ، އުކާލާ ނާށިން ބިލިއަން ރުޕީސްގެ އާމްދަނީއެއް
International

އިންޑިއާގެ ކާށި އެކްސްޕޯޓް 62% އިތުރުވެ، އުކާލާ ނާށިން ބިލިއަން ރުޕީސްގެ އާމްދަނީއެއް

އިންޑިއާގެ ކާށީގެ ދަނޑުވެރިކަމާއި އޭގެ އުފެއްދުންތައް އެކްސްޕޯޓްކުރުން ބޮޑުތަނުން އިތުރުވެ، އެ ގައުމުގެ އިގްތިސާދަށް ބޮޑު ކުރިއެރުމެއް އަންނަމުންދާ ކަމަށް އެ ގައުމުގެ ކޮކޮނަޓް ޑިވެލޮޕްމަންޓް ބޯޑުން ބުނެފިއެވެ. 2025-2026 ވަނަ އަހަރުގެ މާލީ ރިޕޯޓުތަކުން ދައްކާގޮތުގައި، އެ ގައުމުގެ ކާށީގެ އެކްސްޕޯޓް 62 އިންސައްތަ އިތުރުވެ، އެކްސްޕޯޓުން ލިބުނު އާމްދަނީ 7،038 ކްރޯޑް އިންޑިއަން ރުޕީސްއަށް ވުރެ މައްޗަށް ޖެހިލާފައިކަމަށް ދައްކައެވެ. ދުނިޔޭގެ ނިސްބަތުން ބަލާއިރު އެންމެ ގިނައިން ކާށި އުފައްދާ އެންމެ ބޮޑު...

ވިލާތުގެ ގައުމުތައް ކުޑަވެ، ދެކުނު އޭޝިއާ އާއި އެފްރިކާ އަދި ރާއްޖެ ބޮޑުވި އައު ޗާޓު!
Column

ވިލާތުގެ ގައުމުތައް ކުޑަވެ، ދެކުނު އޭޝިއާ އާއި އެފްރިކާ އަދި ރާއްޖެ ބޮޑުވި އައު ޗާޓު!

އެކުވެނިވި ދައުލަތްތައް (އދ.) އިން ދުނިޔޭގެ ޗާޓު ކުރަހާފައިވާ ގޮތަށް ބޮޑު ބަދަލެއް ގެނައުމަށް “ކޮރެކްޓް ދަ މެޕް” ގެ ނަމުގައި ހުށަހެޅި ގަރާރު އާންމު މަޖިލީހުން ހުކުރު ދުވަހު ނެގި ވޯޓުގައި 164 ގައުމަކުން މި ގަރާރަށް ތާއީދުކޮށްފައިވެއެވެ. ދެކޮޅަށް ވޯޓުދިނީ އެންމެ ގައުމަކުންނެވެ. މި ގަރާރާއެކު، ބިންތަކުގެ ހަގީގީ ބޮޑުމިން އިންސާފުވެރިކޮށް ދައްކައިދޭ “އީކުއަލް އާތު” ފަދަ ޕްރޮޖެކްޝަންތަކަށް އދ. އިން ވަނީ ރަސްމީ ކޮށް ތާއީދު ކޮށްފަ އެވެ. މި ޗާޓުގައި، އަފްޣާނިސްތާނުން […]

ކުޅުދުއްފުށީ ބޮޑުމުޙައްމަދު ކަލޭފާނު ބަނދަރުގެ އައު އޮފީހާއި ގްރީންޒޯން ހުޅުވައިފި
Thiladhunmathi News

ކުޅުދުއްފުށީ ބޮޑުމުޙައްމަދު ކަލޭފާނު ބަނދަރުގެ އައު އޮފީހާއި ގްރީންޒޯން ހުޅުވައިފި

ހދ. ކުޅުދުއްފުށި ސިޓީއަކީ ހިތްފަސޭހަ އަދި ދިރިއުޅެން ފަސޭހަ ތަނަކަށް ހެދުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން، ބޮޑުމުޙައްމަދު ކަލޭފާނު ބަނދަރު ސަރަހައްދުގައި ތަރައްޤީ ކުރެވުނު އައު ބަނދަރު އޮފީހާއި ލޭންޑްސްކޭޕް ކުރެވުނު ގްރީންޒޯން ރަސްމީކޮށް ހުޅުވައިފިއެވެ. މި މަޝްރޫޢަކީ ހަތަރުވަނަ ދައުރުގެ ކުޅުދުއްފުށި ސިޓީ ކައުންސިލުން ފަށައި، އެ ކައުންސިލުގެ ތަރައްޤީގެ ޕްލޭންގައި ހިމަނައިގެން ކުރިއަށް ގެންދިޔަ މުހިންމު ޕްރޮޖެކްޓެކެވެ. ކުޅުދުއްފުށި ސިޓީ ކައުންސިލުން ބުނީ، އަލަށް ހުޅުވުނު މި ބަނދަރު އޮފީ...

މާލީ ނިޒާމުގެ އިތުބާރު ހިފެހެއްޓުމަށް ޕޭމަންޓް ހިދުމަތްދޭ ތަންތަނުގެ ރައުސްމާލު 2 މިލިއަނަށް މަތިކޮށްފި
Business

މާލީ ނިޒާމުގެ އިތުބާރު ހިފެހެއްޓުމަށް ޕޭމަންޓް ހިދުމަތްދޭ ތަންތަނުގެ ރައުސްމާލު 2 މިލިއަނަށް މަތިކޮށްފި

ޕޭމަންޓް ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ މާލީ ގާބިލުކަން ކަށަވަރުކޮށް، މާލީ ނިޒާމަށް އޮންނަ އިތުބާރު ދެމެހެއްޓުމުގެ ގޮތުން، އެފަދަ ޚިދުމަތްތައް ދޭ ތަންތަނުން ރައުސްމާލުގެ ގޮތުގައި ބަހައްޓަންޖެހޭ އަދަދު އިތުރުކޮށް ޕޭމަންޓް ޚިދުމަތްތަކާބެހޭ ގަވާއިދު އިސްލާހުކޮށް މިއަދު ގެޒެޓްކޮށްފިއެވެ. މި އިސްލާހާއެކު، ޕޭމަންޓް ޚިދުމަތެއް ދިނުމަށް ލައިސަންސް ލިބިފައިވާ ކޮންމެ ޕޭމަންޓް ޚިދުމަތްދޭ ފަރާތަކުންވެސް، ހުރިހާ ވަގުތެއްގައި ރައުސްމާލުގެ ގޮތުގައި މަދުވެގެން ބަހައްޓަންޖެހޭ އަދަދުތަކަށް ވަނީ ބަދަލު އައިސްފައ...

24 ގަޑިއިރު ތެރޭގައި، އުރީދޫގެ ސުޕަނެޓް އެފްޑީސީ ފްލެޓްތަކަށް ގުޅައިދޭން ފަށައިފި
Business

24 ގަޑިއިރު ތެރޭގައި، އުރީދޫގެ ސުޕަނެޓް އެފްޑީސީ ފްލެޓްތަކަށް ގުޅައިދޭން ފަށައިފި

އަލަށް ތަރައްޤީކޮށްފައިވާ އެފްޑީސީ ފްލެޓްތަކަށް ދިރިއުޅުން ބަދަލުކުރާ ފަރާތްތަކަށް، އެދޭތާ 24 ގަޑިއިރުގެ ތެރޭގައި އުރީދޫ ސުޕަނެޓް ގުޅައިދިނުމުގެ ޚިދުމަތް އުރީދޫ މޯލްޑިވްސް އިން މިއަދު އިޢުލާންކޮށްފިއެވެ. މީގެ މަޤްޞަދަކީ އާ ގެއަށް ބަދަލުވާ ހިސާބުން ފެށިގެން ޢާއިލާތަކަށް އަވަސް އަދި އިތުބާރު ހިފޭ ހޯމް އިންޓަނެޓުގެ ޚިދުމަތް ފޯރުކޮށްދިނުން ކަމަށް އެ ކުންފުނިން ބުނެއެވެ. އިންޓަނެޓަކީ މިހާރު ދިރިއުޅުމުގެ ޒަރޫރީ ބޭނުމަކަށް ވެފައިވާއިރު، އުރީދޫން މަސައްކަތް ކުރަނީ އެފްޑީސީ ފްލެޓްތަކުގެ ރައްޔިތުންނަށް ވީ...

އިންޝުއަރެންސްއާބެހޭ ޤާނޫނުގެ ދަށުން ދެ ގަވާއިދެއް އެކުލަވާލައި ޢަމަލުކުރަން ފަށައިފި
Raajje

އިންޝުއަރެންސްއާބެހޭ ޤާނޫނުގެ ދަށުން ދެ ގަވާއިދެއް އެކުލަވާލައި ޢަމަލުކުރަން ފަށައިފި

އިންޝުއަރެންސްއާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 2025/13) ތަންފީޛުކޮށް ހިންގުމަށްޓަކައި އެކުލަވާލަންޖެހޭ ދެ ގަވާއިދެއް ނެރެ، ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކޮށް ޢަމަލުކުރަން ފަށައިފިއެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މި ދެ ގަވާއިދު ގެޒެޓްގައި ޝާއިޢުކޮށްފައިވަނީ 27 އޮގަސްޓް 2026 ގައެވެ. އެމްއެމްއޭ އިން ބުނި ގޮތުގައި، ގެޒެޓްކުރެވުނު ދެ ގަވާއިދަކީ އިންޝުއަރެންސްއާބެހޭ ޤާނޫނުގެ ދަށުން ކަނޑައަޅަންޖެހޭ އުސޫލުތަކާއި އިޖުރާއަތްތައް ބަޔާންކުރުމުގެ ގޮތުން އެކުލަވާލާފައިވާ ދެ ގަވާއިދެކެވެ. މީގެ...

ފަޤީރު ހާލަތުގައި ދިރިއުޅޭ އެކަނިވެރި މައިންބަފައިންނަށް، މާލީ އެހީއަށް އެދި ރީ-ރަޖިސްޓަރީވާން ހުޅުވާލައިފި
Raajje

ފަޤީރު ހާލަތުގައި ދިރިއުޅޭ އެކަނިވެރި މައިންބަފައިންނަށް، މާލީ އެހީއަށް އެދި ރީ-ރަޖިސްޓަރީވާން ހުޅުވާލައިފި

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ފޯރުކޮށްދޭ އިޖްތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމްތަކުގެ ތެރެއިން އެކަނިވެރި މައިންބަފައިންނާއި ކާބޯތަކެތީގެ އެހީ ލިބެމުންދާ ފަރާތްތަކުން އޮންލައިންކޮށް ރީ-ރަޖިސްޓަރީވުމަށް ހުޅުވާލައިފިއެވެ. އެންސްޕާއިން މިކަމަށް ހުޅުވާލާފައިވަނީ 2024 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ނިޔަލަށް އެހީގެ ދަފްތަރުގައި ރަޖިސްޓަރީވެ، އެހީ ލިބެމުންދާ ފަރާތްތަކުގެ ތެރެއިން ކުރިއަށް އޮތް ތަނުގައިވެސް އެހީ ކުރިއަށް ގެންދަން ބޭނުންވާ ފަރާތްތަކަށެވެ. އެ އެޖެންސީން އާންމުކުރި...

އުރީދޫ މަސްރޭސް 14 ޓީމާއެކު މާފުށީގައި ފަށައިފި
Business

އުރީދޫ މަސްރޭސް 14 ޓީމާއެކު މާފުށީގައި ފަށައިފި

އުރީދޫ މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބާއްވާ “އުރީދޫ މަސްރޭސް” ޖުމްލަ 14 ޓީމާއެކު ކ. މާފުށީގައި މިއަދު ފަށައިފިއެވެ. އުރީދޫ މަސްރޭހަކީ އުރީދޫ މޯލްޑިވްސް އާއި މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗާ އެންޑް އޯޝަން ރިސޯސަސް ގުޅިގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ހަރަކާތެކެވެ. މިއީ ރާއްޖޭގައި ބޭއްވޭ އެންމެ ފޯރިގަދަ މަސްވެރިކަމުގެ މުބާރާތެވެ. މިއަހަރުގެ މި މުބާރާތް ކުރިއަށްދަނީ ޖުމްލަ 43،000 ރުފިޔާގެ ފައިސާގެ އިނާމުތަކާއެކުގައެވެ. މި މުބާރާތުގައި ވަނަތަކަށް ހޮވޭ ޓީމުތަކަށާއި ވަކިވަކި މަސްވެ...

އުރީދޫ ކަސްޓަމަރުންނަށް ނޭޕާލަށް ހިލޭ ގުޅޭނެ!
Business

އުރީދޫ ކަސްޓަމަރުންނަށް ނޭޕާލަށް ހިލޭ ގުޅޭނެ!

ނޭޕާލަށް ކުރިމަތިވި ނުރައްކާތެރި ހާދިސާއާ ގުޅިގެން، އެ ގައުމުގައި ތިބި އާއިލާތަކާއި ރައްޓެހިންގެ ހާލު ބެލުމަށް އުރީދޫ މޯލްޑިވްސްގެ ކަސްޓަމަރުންނަށް ނޭޕާލަށް ހިލޭ ގުޅޭނެ އިންތިޒާމު އެ ކުންފުނިން ހަމަޖައްސައިދީފިއެވެ. އުރީދޫ އިން ބުނި ގޮތުގައި، މުވާސަލާތީ ގުޅުން ބަދަހިކޮށް ބެހެއްޓުން އެންމެ މުހިންމުވާ ދަނޑިވަޅުތަކުގައި އެ ކުންފުނި އޮތީ ކަސްޓަމަރުންނާއެކުގައެވެ. އެގޮތުން، ނޭޕާލުގައި ތިބި އާއިލާތަކާއި ގާތްތިމާގެ މީހުންގެ ހާލުބަލައި، އެ މީހުންގެ މަތިން ހަނދާންކުރާކަން އަންގައިދިނުމުގެ ފުރުސަތު ދިނުމު...

ކަސްޓަމްސްއާއި ބޭންކުތަކުން ޓީޓީ ވެރިފިކޭޝަން ފަހުމުނާމާގައި ސޮއިކޮށްފި
Business

ކަސްޓަމްސްއާއި ބޭންކުތަކުން ޓީޓީ ވެރިފިކޭޝަން ފަހުމުނާމާގައި ސޮއިކޮށްފި

ރާއްޖޭގައި ހިންގާ ހުރިހާ ބޭންކުތަކާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާ ދެމެދު ޓެލެގްރެފިކް ޓްރާންސްފާ (ޓީޓީ) ވެރިފިކޭޝަން ފަހުމުނާމާ (އެމްއޯޔޫ) އެއްގައި މިއަދު ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގައެވެ. މި އެއްބަސްވުމުގެ ދަށުން، ދިވެހިރާއްޖެއަށް އިމްޕޯޓުކުރާ މުދަލާއި ރާއްޖެއިން އެކްސްޕޯޓުކުރާ މުދަލާ ގުޅޭގޮތުން، ބޭންކުތައް މެދުވެރިކޮށް ހިންގާ ވިޔަފާރި ޓްރާންސެކްޝަންތަކުގެ މައުލޫމާތު، ބޭންކުތަކާއި މޯލްޑިވްސް ކަސްޓަމ...