ހުޅަނގު އައްސޭރީގެ ބިންތައް ޔަހޫދީ ދައުލަތުގެ މުދަލަށް ހެދުން ބަލައި ނުގަންނަން: ޚަލީލް
ހިފާފައިވާ ހުޅަނގު އައްސޭރީގެ ބިންތައް އަމިއްލަކޮށް، ޣައިރު ގާނޫނީ ޔަހޫދީ ދައުލަތުގެ މުދަލަށް ހެދުން ބަލައި ނުގަންނަ ކަމަށް ހާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެ އެވެ. ޚާރިޖީ ވަޒީރު މިހެން ވިދާޅުވީ ސައުދީ އަރަބިއްޔާގެ ޖިއްދާގައި ބޭއްވި އޯއައިސީގެ ހާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި ރާއްޖެ ތަމްސީލުކުރައްވާ ވާހަކަ ދައްކަވަމުންނެވެ. އޯއައިސީގެ ހާރިޖީ ވަޒީރުންގެ މި ބައްދަލުވުމަކީ ހުޅަނގު އައްސޭރީގެ ބިންތަކަށް ޣައިރު ގާނޫނީ ބާރު ހިންގައި، އެ ބިންތައް ފޭރިގަތުމަށް ޔަހޫދީން ނިންމުމާއި ގުޅިގެން [...