ސިއްޙީ ދާއިރާ ކުރިއެރުވުމަށް ތުރުކީއާ އެކު މަޝްވަރާކޮށްފި
ރާއްޖޭގެ ސިއްޙީ ދާއިރާ ކުރިއެރުވުމަށް އެއްބާރުލުން ދެވިދާނެ ގޮތްތަކާމެދު ތުރުކީއާ އެކު މަޝްވަރާކޮށްފި އެވެ. މި މަޝްވަރާތައް ކުރިއަށް ދިޔައީ ދިވެހިރާއްޖެއިން ތުރުކީއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ލެފްޓެނަންޓް ޖެނެރަލް (ރޓ) ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް ތުރުކީގެ މިނިސްޓަރ އޮފް ހެލްތު ޕްރޮފެސަރ ޑރ. ކެމާލް މެމިޝޯލު އާ މިއަދު ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާތަކުގެ ތެރެއިން ނެވެ. މި ބައްދަލުވުން ބޭއްވުނީ އަންކާރާގައި ހުންނަ ހެލްތު މިނިސްޓްރީގެ މައި އޮފީހުގައެވެ. ހާރިޖިއްޔާއިން ބުނީ މިބައްދަލުކު...