ކުރީ ސަރުކާރޭ ކިޔަންޖެހެނީ ގޯސް ހަދާފައި އޮތީމަ: ސައީދު
ތަކުރާރުކޮށް ކުރީ ސަރުކާރުގެ ވާހަކަ ދައްކަންޖެހެނީ ވެރިކަން ހިންގުމުގައި ގޯސް ހަދާފައި އޮތީމަ ކަމަށާއި މި ހުރިހާ ގޯހެއްގެ ޒިންމާ ނަގަންޖެހޭނީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރު ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވެއްޖެ އެވެ. ކޮންގްރެސް ޕާޓީން ކެނދިކުޅުދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވަނީ ވޭތުވެދިޔަ އެމްޑީޕިގެ ދެ ވެރިކަމުގައި ގައުމަށް ދީފައިހުރި ގެއްލުންތަކުގެ މައްޗަށް އަލިއަޅުވާލައްވައި ވަރަށް ތަފްސީ...