ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި
ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އޭނާގެ ބައިވެރިޔާ ޖޯޖީނާ ރޮޑްރީގޭޒް ކައިވެނިކޮށްފިއެވެ. 10 އަހަރު ދުވަހުގެ ގުޅުމަކަށްފަހު މި ދެމަފިރިން ކައިވެނިކޮށްފައިވަނީ އަންގާރަ ދުވަހުއެވެ. ރޮނާލްޑޯގެ ޕަބްލިކް ރިލޭޝަންސް ޓީމުން މައުލޫމާތު ދީފައިވާ ގޮތުގައި، މި ކައިވެނީގެ ސިވިލް ހަފްލާއަކީ އެ ދެމަފިރިންގެ ފަސް ދަރިންނާއެކު ބޭއްވުނު އާއިލީ އަދި އަމިއްލަ ހަފްލާއެކެވެ. މި ހަފްލާ އޮތީ ޕޯޗުގަލްގެ ވެރިރަށް ލިސްބަން ކައިރީގައި އޮންނަ އައްސޭރިފަށުގެ ރަށެއް ކަމަށްވާ ކަސްކާއިސްގައެވެ. ޕޯޗުގަ...