އިސްރާއީލުން ޣައްޒާގެ ރެފިއުޖީ ކޭމްޕަށް ދިން ހަމަލާ އދ.ގެ ވެރިޔާ އެކަން ކުށްވެރިކުރައްވައިފި
އިސްރާއީލުން ނުސީރަތު ރެފިއުޖީ ކޭމްޕަށް ދިން ނުރައްކާތެރި ޙަމަލާގައި ފަލަސްތީނުގެ އާންމުން މަރުވުމާ ގުޅިގެން އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވަނީ ފަލަސްތީނުގެ އާންމުން ޝަހީދުވި ކަމަށްޓަކައި ވަރަށް ހިތާމަ ކުރައްވާ ކަމަށް ވިދާޅުވެ އެ ހަމަލާ ކުށްވެރިކުރައްވާފައެވެ. އދގެ ތަރުޖަމާނު ސްޓެފަން ޑުޖާރިކް ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މި އޮޕަރޭޝަނާ ގުޅިގެން ފަލަސްތީނުގެ އެތައް ސަތޭކަ އާންމުން މަރުވެ އެތައް ސަތޭކަ ބަޔަކު ޒަޚަމްވެފައިވާތީ ސެކްރެޓަރީ ޖެނެރަލް ވަރަށް ބޮޑަށް ހިތާ...