އިންޑިއާގެ މުސްލިމް ސިޔާސީ ލީޑަރު ސިއްދީޤީގެ ޤާތިލުން ބިޝްނޯއީ ގޭންގާ ގުޅުން
އިންޑިއާގެ މަހާރާޝްތުރާގައި ހޮނިހިރު ދުވަހު ބަޑިން ހަމަލާދީ މަރާލި މުސްލިމް ސިޔާސީ ލީޑަރު ބާބާ ސިއްދީޤީގެ ޤާތިލުން ބިޝްނޯއީ ގޭންގާ ގުޅުން އޮންނަކަން ހާމަވެއްޖެއެވެ. ސިއްދީޤީ އަދި ބިޝްނޯއީ ގޭންގުގެ މެންބަރެއް، ނޭޝަނަލިސްޓް ކޮންގްރެސް ޕާޓީ (އެން.ސީ.ޕީ)ގެ ލީޑަރު ބާބާ ސިއްދީޤީ މަރާލުމުގެ މައްސަލަ ތަޙުޤީޤުކުރަމުންދާ މުމްބާއީ ކްރައިމް ބްރާންޗުން ބުނެފައިވަނީ، ބަންދްރާގައި އޭނާއަށް ހަމަލާދިން ތިން މީހުން ހަރުޔާނާ ޖަލެއްގައި ލޯރެންސް ބިޝްނޯއީ ގޭންގުގެ މެންބަރަކާ ބައްދަލުކޮށްފައިވާ ކަމަށެވެ. މި މައްސަލައ...