ތުރުކީގެ އެމްބަސީ ބާރަ އަހަރަށް ފަހު ސީރިއާގައި އަލުން ހުޅުވައިފި
ތުރުކީގެ އެމްބަސީ 12 އަހަރަށް ފަހު ސީރިއާގެ ވެރިރަށް ދިމިޝްޤުގައި އަލުން ހުޅުވައިފިއެވެ. މިގޮތުން ހޮނިހިރު ދުވަހު އެމްބަސީގައި ތުރުކީގެ ދިދަ ނަގައި، އެމްބަސީގެ މަސައްކަތްތައް ފަށައިފިއެވެ. 2012 ވަނަ އަހަރު މަސައްކަތް ހުއްޓާލާފައިވާ މި އެމްބަސީގައި މިހާރު ވަގުތީ އިންޗާޖެއްގެ ގޮތުގައި ހުންނަވާނީ ތުރުކީން މޮރިޓޭނިއާއަށް ކަނޑައަޅާފައިވާ ސަފީރު ބުރުހާން ކޮރޯގްލޫއެވެ. މި މަޤާމަށް އޭނާ ކަނޑައަޅާފައިވަނީ ބުރާސްފަތި ދުވަހު ތުރުކީގެ ފޮރިން މިނިސްޓަރ ހަކާން ފިދާންއެވެ. ދިމިޝްޤުގެ ރައުދާ ސްކުއެއަރ ކައިރީގައ...