ޔޯގާ މައްސަލައިގައި ފަތުވާ ނުނެރުނީ މައްސަލަ ބޮޑުވާނެކަމަށް ނުބެލެވޭތީ: އިސްލާމިކް މިނިސްޓަރު
ޔޯގާ މައްސަލައިގާ ފަތުވާ ނުނެރުނީ މައްސަލަ ބޮޑުވާނެކަމަށް ނުބެލެވޭތީ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަހްމަދު ޒާހިރު އަލީ ވިދާޅުވެއްޖެ އެވެ. ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީ ގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ 2015 ވަނަ އަހަރު ޔޯގާގެ ހަރަކާތްތައް ސަރުކާރުން ރާއްޖޭގައި ފެށީއްސުރެ، މިހައިތަނަށް ވެސް އެ މައްސަލައަކީ ދީނީ އިލްމުވެރިންގެ މެދުގައި ޚިޔާލު ތަފާތުވެފައިވާ މައްސަލައެއް ކަމަށެވެ. މިނިސްޓަރ ވިދާޅުވީ އެ މައްސަލައިގާ ޚިޔާލުތަފާތުވެފައިވީ ނ...