Skip to main content

މުޙައްމަދު އަފްރާޙް

Viewer
🇲🇻 ތިލަދުން Desk
2,415 Stories
152 Reads

Published on ތިލަދުން (Thiladhun) by މުޙައްމަދު އަފްރާޙް

''އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ވަސީލަތްތައް ގާއިމުކޮށް ޚިދުމަތްތައް ތަރައްޤީކުރުމަށް ސަރުކާރުން އިސްކަންދޭ''
Raajje

''އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ވަސީލަތްތައް ގާއިމުކޮށް ޚިދުމަތްތައް ތަރައްޤީކުރުމަށް ސަރުކާރުން އިސްކަންދޭ''

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ވަޞީލަތްތައް ޤާއިމުކޮށް ޚިދުމަތްތައް ތަރައްޤީކުރުމަށް ކުރެވޭ މަސައްކަތަކީ ސަރުކާރުން ވަރަށް އިސްކަންދޭ މުހިންމު މަސައްކަތްތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ޒިޔާރަތްކުރައްވައި އެތަނުގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކާ ގުޅޭގޮތުން ހޮސްޕިޓަލުގެ އިސްވެރިންނާ ބައްދަލުކުރައްވައި ބޭއްވެވި މަޝްވަރާގަ އެވެ. އެމަނިކުފާ...

މާލޭ މަގުތަކުގައި ބަހައްޓާފައިހުރި ޕަލެޓުތައް ނެގޭނީ ލޭންޑް ޔޫސް ޕްލޭން ނިމިގެން: މުޢިއްޒު
Raajje

މާލޭ މަގުތަކުގައި ބަހައްޓާފައިހުރި ޕަލެޓުތައް ނެގޭނީ ލޭންޑް ޔޫސް ޕްލޭން ނިމިގެން: މުޢިއްޒު

މާލޭ މަގުތަކުގައި ބަހައްޓާފައިހުރި ޕަލެޓުތައް ނެގޭނީ ލޭންޑްޔޫޒް ޕްލޭން ނިމިގެން ކަމަށް މާލޭ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ތިލަދުން އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މޭޔަރު ޑރ. މުއިއްޒު ވިދާޅުވީ މާލޭގެ މަގުތަކުގައި ބަހައްޓާފައި ހުރި ޕަލެޓުތައް އެކިފަހަރުމަތިން ނަގަމުން އަންނަކަމަށާއި އެހެނަސް އެކަމުގައި ދެކޮޅަށް ވިސްނަންޖެހޭ ކަމަށެވެ. ޕަލެޓުތައް ނެގުމަކީ ވަރަށް ފަސޭހަކަމެއް ކަމަށާއި އެހެންނަމަވެސް އާންމު ރައްޔިތ...

އުނގޫފާރަށް ބިން އިތުރުކުރަން ބޭނުންވާކަމަށް ނައިބު ރައީސް އަރިހު ދަންނަވައިފި
Raajje

އުނގޫފާރަށް ބިން އިތުރުކުރަން ބޭނުންވާކަމަށް ނައިބު ރައީސް އަރިހު ދަންނަވައިފި

ރ. އުނގޫފާރު ކައުންސިލާއި، އ.ތ.މ. ކޮމެޓީ އަދި, މުއައްސަސާތަކުގެ ވެރިންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ބައްދަލުކުރައްވައި ރަށުގެ ތަރައްޤީއަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި އެވެ. ރ. އަތޮޅު ކައުންސިލުގެ އިދާރާގައި ބޭއްވެވި މި ބައްދަކުރެއްވުމުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ރަށަށް ބިން އިތުރުކުރުމަށް މިހާރު ކުރިޔަށްދާ މަޝްރޫޢުގެ އިތުރަށް އަދި ރަށަށް ބިން އިތުރުކުރަން ބޭނުންވާކަމާއި، ބަނދަރުގެ ބޭރުތޮއްޓަށް ދޯނިފަހަރު ކައިރިކުރެވޭ ގޮތް ހ...

ޒަޔާންގެ މަރުގެ މައްސަލައިގާ ހިމެނޭ 4 ކުދިންގެ މައްޗަށް ދައުވާ ކޮށްފި
Raajje

ޒަޔާންގެ މަރުގެ މައްސަލައިގާ ހިމެނޭ 4 ކުދިންގެ މައްޗަށް ދައުވާ ކޮށްފި

އައްޑޫ ސިޓީ ފޭދޫ / ސޮލިޑް، މުހައްމަދު ޒަޔާން މޫސާ މަރުވި މައްސަލައިގައި ހިމެނޭ ހަތަރު ކުދިންގެ މައްޗަށް ދައުވާ ކޮށްފި އެވެ. ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން މިއަދު ވިދާޅުވީ އުމުރުން 21 އަހަރުގެ ޒަޔާން އަށް ތޫނުއެއްޗަކުން ހަމަލާދީ މަރާލި މައްސަލާގައި އުމުރުން 18 އަހަރު ނުފުރޭ ކުޑަކުއްޖެއްގެ މައްޗަށް ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ކޮށްފައިވާ ކަމަށެވެ. އެއީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނު ގެ 05 ވަނަ […]

ނޭކުރެންދޫ އިންޑަސްޓްރިއަލް ޖަލަކީ ޒުވާނުން ކުށްތަކާ ދުރުކުރުމަށް އެހީވެދޭނެ ތަނެއް: އިމްރާން
Raajje

ނޭކުރެންދޫ އިންޑަސްޓްރިއަލް ޖަލަކީ ޒުވާނުން ކުށްތަކާ ދުރުކުރުމަށް އެހީވެދޭނެ ތަނެއް: އިމްރާން

ހދ. ނޭކުރެންދޫ އިންޑަސްޓްރިއަލް ޕްރިޒަން އަކީ ރާއްޖޭގައި މިއަދު މިއޮތް ޒުވާނުން ކުށްތަކަށް އަރައިގަތުން ދުރުކޮށް އަނބުރާ މުޖުތަމައު އަށް ގެނައުމަށްޓަކައި ކުރަންހުރި މަސައްކަތްތަކުގެ ތެރެއިން އެންމެމުހިންމު އެއް މަސައްކަތް ކަމަށް ހޯމް މިނިސްޓަރ ޝައިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ. މިނިސްޓަރ އިމްރާން މިފަދައިން ވިދާޅުވީ ނޭކުރެންދޫ ގައި ސަރުކާރުން އަޅާ އިންޑަސްޓްރިއަލް ޕްރިޒަންގެ ފޭސް 1 ގެ އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނެވެ. ހޯމް މިނިސްޓަރ އިމްރާން...

ރާއްޖޭގެ ފުރަތަމަ ހެލްތީ އައިލެންޑްއަކަށް ހެދުމަށް "އުޖާލާ އުކުޅަސް" ގެ ނަމުގައި ހަރަކާތެއް ފަށައިފި
Raajje

ރާއްޖޭގެ ފުރަތަމަ ހެލްތީ އައިލެންޑްއަކަށް ހެދުމަށް "އުޖާލާ އުކުޅަސް" ގެ ނަމުގައި ހަރަކާތެއް ފަށައިފި

ރާއްޖޭގެ ފުރަތަމަ ހެލްދީ އައިލެންޑްއަކަށް އއ. އުކުޅަސް ހެދުމުގެ މަސައްކަތް ފަށައިފި އެވެ. “އުޖާލާ އުކުޅަސް” ގެ ނަމުގައި ކުރިއަށް ގެންދާ މި ހަރަކާތާއި ގުޅޭގޮތުން “ތިލަދުން” އަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި އުކުޅަސް ހޯޕް ޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލް އިބްރާހިމް އަނީލް ވިދާޅުވީ މިއީ އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު އަފްޢާލް ގެ އެހީތެރިކަމާއެކު ކުރިއަށް ގެންދާ ހަރަކާތެއް ކަމަށެވެ. އޭނާ ވިދާޅުވީ މިއީ އަފްޢާލް އެރަށަށް ވަޑައިގަތުމުން އޭޑީކޭ ހޮސްޕިޓަލުގެ ޑޮކްޓަރުންގެ ޓީމެއް އެ […]

މާލޭ ސިޓީ ކައުންސިލުގެ "މާލެ ފެހި" އައުޓްލްޓް އާންމުންނަށް ހުޅުވާލައިފި
Raajje

މާލޭ ސިޓީ ކައުންސިލުގެ "މާލެ ފެހި" އައުޓްލްޓް އާންމުންނަށް ހުޅުވާލައިފި

މާލޭ ސިޓީ ކައުންސިލުގެ “މާލެ ފެހި” އައުޓްލްޓް އާންމުންނަށް ހުޅުވާލައިފި އެވެ. ކާނިވާ ސަރަހައްދުގައި ގާއިމްކުރި “މާލެ ފެހި” އައުޓްލެޓް އާންމުންނަށް ހުޅުވާލާފައިވަނީ ރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މާލޭ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު އެވެ. މިއީ އެ ކައުންސިލްގެ ހަތަރުވަނަ ދައުރުގައި އެކުލަވާލާފައިވާ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމެނިފައިވާ “އެއްލައްކަ ގަސް” ޕްރޮގްރާމްގެ ދަށުން ގަސްތައް ބަލަހައްޓާ ހެއްދުމަށް ކާނިވާ ސަރަޙައްދުގައި ޤާއިމްކުރި އައުޓްލެޓެކެވެ. މި ރަސްމިއްޔާތުގައި މީޑިއާ އ...

ރައީސް ކަންކަން ކުރައްވަނީ ރައްޔިތުންގެ އަޑުއަހައި، އެންމެ ބޭނުންވާ ކަންކަމަށް އިސްކަން ދެއްވައިގެން: ނައިބު ރައީސް
Raajje

ރައީސް ކަންކަން ކުރައްވަނީ ރައްޔިތުންގެ އަޑުއަހައި، އެންމެ ބޭނުންވާ ކަންކަމަށް އިސްކަން ދެއްވައިގެން: ނައިބު ރައީސް

ސަރުކާރުން އަދި ޚާއްޞަކޮށް ރައީސުލްޖުމްހޫރިއްޔާ ކަންކަން ކުރައްވަނީ ރައްޔިތުންގެ އަޑުއަހައިގެން ރައްޔިތުން އެންމެ ބޭނުންވާ ކަންކަމަށް ޚާއްޞަ އިސްކަމެއް ދެއްވައިގެން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރ. އިންނަމާދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި، ރަށުގެ މުއައްސަސާތަކުގެ ވެރިންނާ ބައްދަލުކުރައްވައި އެރަށުގެ ތަރައްޤީގެ މުހިންމު މަޝްރޫޢުތަކާ ގުޅޭގޮތުން ބޭއްވެވި މަޝްވަރާގަ އެވެ. މި ބައްދަލުކުރެއްވުމުގ...

ނޭކުރެންދޫ ގައި އަޅާ އިންޑަސްޓްރިއަލް ޕްރިޒަންގެ ފޭސް 1 ގެ އެއްބަސްވުމުގައި ސޮއިކޮށްފި
News

ނޭކުރެންދޫ ގައި އަޅާ އިންޑަސްޓްރިއަލް ޕްރިޒަންގެ ފޭސް 1 ގެ އެއްބަސްވުމުގައި ސޮއިކޮށްފި

ހދ. ނޭކުރެންދޫ ގައި ސަރުކާރުން އަޅާ އިންޑަސްޓްރިއަލް ޕްރިޒަންގެ ފޭސް 1 ގެ އެއްބަސްވުމުގައި ސޮއި ކޮށްފި އެވެ. ހޯމް މިނިސްޓްރީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މި މަސައްކަތް ހަވާލުކުރީ ޔުނިކް ޗޮއިސް ޕްރައިވެޓް ލިމިޓެޑާ ކަމަށެވެ. މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް ހޯމް އެފެއަރޒްގެ ފަރާތުން ސޮއި ކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ އަބްދުއްރަޙްމާން ޞަލާޙް ރަޝީދު އެވެ. ޔުނިކް ޗޮއިސް ގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ ރިޔާޒް އަލީ އެވެ. ނޭކުރެންދޫގެ […]

ލޯންޗު ބަންޑުން ޖަހާލުމުން ގެއްލުނު މީހާ ހޯދުމަށް 35 އަކަ ނޯޓިކަލް މޭލު ސަރަހައްދެއް ބަލައިފި
Raajje

ލޯންޗު ބަންޑުން ޖަހާލުމުން ގެއްލުނު މީހާ ހޯދުމަށް 35 އަކަ ނޯޓިކަލް މޭލު ސަރަހައްދެއް ބަލައިފި

އއ މާޅޮހުގެ ދެކުނުން ބަންޑުން ޖަހާލި ލޯންޗުން ގެއްލުނުނު މީހާ ހޯދުމަށް 35 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް މިހައިތަނަށް ބަލާފައިވާ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވިދާޅުވެއްޖެ އެވެ. އެމްއެންޑީއެފް އިން ވިދާޅުވީ މި މަސައްކަތުގައި އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޝަހީދު ޢަލީއާއި ފާސްޓް އިންޓަސެޕްޓް ކުރާފްޓް “ހަކުރާ” އަދި އެމްއެންޑީއެފް ޑޯނިއަރ ފްލައިޓް ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރި ވަމުން އަންނަކަމަށެވެ. ގެއްލިގެން ހޯދަމުން ދަނީ ސ. ހިތަދޫ، މިންހާ, މުޙައްމަދު […]

ދުވާފަރު ކައުންސިލުގެ ކޮރަޕްޝަން މައްސަލައިގެ ތަހުގީގު ނިންމައި ޕީޖީ އޮފީހަށް ފޮނުވައިފި
Raajje

ދުވާފަރު ކައުންސިލުގެ ކޮރަޕްޝަން މައްސަލައިގެ ތަހުގީގު ނިންމައި ޕީޖީ އޮފީހަށް ފޮނުވައިފި

ރ. ދުވާފަރު ކައުންސިލުގެ ކޮރަޕްޝަން މައްސަލައިގެ ތަހުގީގު ނިންމައި ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވިދާޅުވެއްޖެ އެވެ. އޭސީސީން ވިދާޅުވީ ދުވާފަރު ކައުންސިލުގެ މޮނިޓަރިން ރިޕޯޓުން ފާހަގަވި ކޮރަޕްޝަންގެ މައްސަލައިގެ ތަޙުޤީގަށްފަހު ޑިއުޓީ ޕްރޮސިކިއުޝަން ގައި މަޝްވަރާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. މި މައްސަލައިގެ ތަހުގީގަށް އޭސީސީގެ ޓީމެއް މިދިޔަ އޮގަސްޓުމަހުގެ 25 އިން ސެޕްޓެމްބަރ 08 އަށް ދުވާފަރުގަ...

އިނގުރައިދޫ ހެލްތް ސެންޓަރުގެ އެކްޓެންޝަން އިމާރާތުގެ މަސައްކަތް އަވަސްކޮށް ދިނުމަށް އެދިއްޖެ
Raajje

އިނގުރައިދޫ ހެލްތް ސެންޓަރުގެ އެކްޓެންޝަން އިމާރާތުގެ މަސައްކަތް އަވަސްކޮށް ދިނުމަށް އެދިއްޖެ

ރ. އިނގުރައިދޫ ހެލްތް ސެންޓަރުގެ އެކްޓެންޝަން އިމާރާތުގެ މަސައްކަތް އަވަސްކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް އަރިހު ދަންނަވައިފި އެވެ. މި މަސައްކަތް އަވަސްކޮށްދިނުމަށް އެރަށު ކައުންސިލުން ދެންނެވީ އިނގުރައިދޫ ކައުންސިލާއި އެރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާ ބައްދަލުކުރައްވައި އެރަށުގެ ތަރައްޤީގެ މުހިންމު މަޝްރޫޢުތަކާ ގުޅޭގޮތުން ބޭއްވެވި މަޝްވަރާގަ އެވެ. މި ބައްދަލުކުރެއްވުމުގައި ކައުންސިލާއި އ.ތ.މ. ކޮމެޓީއާ އަދި މުއައްސަސާތަކުގެ ވެރިން ވަނީ އެރަށުގެ...

ކީރިތި ރަސޫލާގެ ސީރަތުން ލިބިގަންނަންވީ އެންމެ އަގުހުރި އެއް ފިލާވަޅަކީ ތަފާތު ޚިޔާލުތަކުގެ މީހުންނާ އެކުގައި އުޅުން: ރައީސް ޞާލިޙް
Raajje

ކީރިތި ރަސޫލާގެ ސީރަތުން ލިބިގަންނަންވީ އެންމެ އަގުހުރި އެއް ފިލާވަޅަކީ ތަފާތު ޚިޔާލުތަކުގެ މީހުންނާ އެކުގައި އުޅުން: ރައީސް ޞާލިޙް

ކީރިތި ރަސޫލާގެ ސީރަތުން ލިބިގަންނަންވީ އެންމެ އަގުހުރި އެއް ފިލާވަޅަކީ، ތަފާތު ވިސްނުންތަކާއި ތަފާތު ޚިޔާލުތަކުގެ މީހުންނާ އެކުގައި، އެއްބަނޑުއެއްބަފާ ގުޅުމެއްގެ ތެރޭގައި ދިރިއުޅުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ކީރިތި ރަސޫލާގެ ޢީދު މީލާދުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވެވި ތަހުނިޔާގެ ޚިޠާބުގަ އެވެ. ރައީސްގެ ޚިޠާބުގައި ވިދާޅުވީ، މައުލިދުއް ނަބަވީގެ ވަސްމީރު ޒިކުރާ އަޅުގަނޑުމެން އާކުރަނީ، އެކަލޭގެފާނުގެ ނ...

ނަޑެއްލާ ކައިރިން ބޭރުގެ ބޯޓެއް ފަރަށް އަރައިގެން ސަލާމަތީ ބާރުތަކުން ހަރަކާތްތެެރިވާން ފަށައިފި
Raajje

ނަޑެއްލާ ކައިރިން ބޭރުގެ ބޯޓެއް ފަރަށް އަރައިގެން ސަލާމަތީ ބާރުތަކުން ހަރަކާތްތެެރިވާން ފަށައިފި

ގދ. ނަޑެއްލާ ކަރިން ބޭރުގެ ބޯޓެއް ފަރަށް އަރައިގެން ފުލުހުންނާއި އެމްއެންޑީއެފް ހަރަކާތްތެރިވާން ފަށައިފި އެވެ. މިކަން ސާފުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުގައި ދެއްނެވުމުން، އެ ޚިދުމަތުން ”ތިލަދުން” އަށް ވިދާޅުވީ، އެ ހާދިސާގެ މައުލޫމާތު އިއްޔެ އިރުއޮއްސި 18:21 ހާއިރު ލިބިފައިވާ ކަމަށެވެ. އެ ބޯޓުގައި ތިބީ ޕާކިސްތާނަށް ނިސްބަތްވާ 10 މީހުން ކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ. އެ މީހުން މިވަގުތު ތިބީ ނަޑެއްލާގައި ކަމަށާއި އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށް ފުލުހުން […]

މިއަހަރުގެ މިހައިތަނަށް 1.2 މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އަތުވެއްޖެ
Sports

މިއަހަރުގެ މިހައިތަނަށް 1.2 މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އަތުވެއްޖެ

މިއަހަރުގެ މިހައިތަނަށް 1.2 މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އަތުވެއްޖެ އެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ މިހައިތަނަށް 1،214،544 ފަތުރުވެރިން ރާއްޖެ އައިސްފައިވާ ކަމަށް ދައްކ އެވެ. އަދި މި އޮކްޓޯބަރ މަހުގެ ފުރަތަމަ ފަސް ދުވަހުގެ ތެރޭގައި ވެސް 23،923 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާ ކަމަށް ތަފާސް ހިސާބުން ދައްކަ އެވެ. އެ މިނިސްޓްރީގެ ތަފާސް ހިސާބުން ދައްކާގޮތުގައި މިއީ މިދިޔަ އަހަރުގެ މި މުއްދަތަށް އަޅާބަލާ 38.3 ޕަސަންޓް […]