Skip to main content

މުޙައްމަދު އަފްރާޙް

Viewer
🇲🇻 ތިލަދުން Desk
2,415 Stories
153 Reads

Published on ތިލަދުން (Thiladhun) by މުޙައްމަދު އަފްރާޙް

ނޯތް ޒޯން ނެޓްބޯލް މުބާރާތް: ރޭގެ މެޗުތައް ޖަލާލުއްދީން އަދި އަފީފުއްދީން ސްކޫލަށް
Thiladhunmathi News

ނޯތް ޒޯން ނެޓްބޯލް މުބާރާތް: ރޭގެ މެޗުތައް ޖަލާލުއްދީން އަދި އަފީފުއްދީން ސްކޫލަށް

ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ހދ. ކުޅުދުއްފުށި ސިޓީގައި މިހާރުކުރިއަށްދާ ނޯތް ޒޯން އިންޓަރ ސްކޫލް ނެޓްބޯލް މުބާރާތުގައި ރެ ކުޅުނު މެޗުތައް ޖަލާލުއްދީން ސްކޫލާއި އަފީފުއްދީން ސްކޫލުން ކާމިޔާބުކޮށްފި އެވެ. ރޭ ކުޅެފައިވަނީ 17 އަހަރުން ދަށުގެ ދެ މެޗެވެ. ފުރަތަމަ މެޗުގައި ޖަލާލުއްދީން ސްކޫލާއި ހދ. އަތޮޅު ތައުލީމީ މަރުކަޒު ބައްދަލުކުރި މެޗު 10 ޝޫޓު 7 ޝޫޓުން ކާމިޔާބުކުރީ ޖަލާލުއްދީން ސްކޫލެވެ. މި މެޗުގެ ކްއީން އޮފް ދަ މެޗުގެ […]

ބަޖެޓުން ހާސިލްކުރަން ބޭނުންވާ އެންމެ ބޮޑު އަމާޒަކީ ތަރައްގީގެ ކަންކަން ކުރިއަށް ގެންދިއުން: އަމީރު
Raajje

ބަޖެޓުން ހާސިލްކުރަން ބޭނުންވާ އެންމެ ބޮޑު އަމާޒަކީ ތަރައްގީގެ ކަންކަން ކުރިއަށް ގެންދިއުން: އަމީރު

އަންނަ އަހަރަށް ދައުލަތުން ލަފާކުރައްވާފައިވާ ބަޖެޓުން ހާސިލްކުރަން ބޭނުންވާ އެންމެ ބޮޑު އަމާޒަކީ ކޯވިޑާއި، ރަޝިއާ ޔޫކްރެއިން ހަނގުރާމައާއިއެކު ދިމާވި އިގްތިސާދީ ގޮންޖެހުންތަކުން އަރައިގަނެ ދެމެހެއްޓެވި ގޮތެއްގައި ތަރައްގީގެ ކަންކަން ކުރިއަށް ގެންދިއުން ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ. އޭނާ މިހެން ވިދާޅުވީ ބަޖެޓްގެ ތަސައްވުރާއި ގުޅޭގޮތުން މަޖިލީހުގެ ބަހުސް މަރުހަލާގައި ވާހަކަ ދައްކަވަމުން ނެވެ. އަމީރު ވިދާޅުވީ ދުނިޔޭގެ އިޤްތިޞާދަށް ކުރިމަތިވި މިގޮންޖެހުންތަކާއިއެކު...

ޗާގޯސް މައްސަލައިގާ އިންޑިއާ ސަރުކާރުން އެއްވެސް މަޝްވަރާއެއް ނުކެރޭ، ކުރާކަށް ނުވެސް ޖެހޭ: ޝާހިދު
Raajje

ޗާގޯސް މައްސަލައިގާ އިންޑިއާ ސަރުކާރުން އެއްވެސް މަޝްވަރާއެއް ނުކެރޭ، ކުރާކަށް ނުވެސް ޖެހޭ: ޝާހިދު

ޗާގޯސް މައްސަލައިގާ އިންޑިއާ ސަރުކާރުން، ދިވެހި ސަރުކާރާ އެއްވެސް މަޝްވަރާއެއް ކުރައްވާފައި ނުވާ ކަމަށް ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ހާރިޖީ ވަޒީރާއި ބަންޑާރަ ނައިބު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި “ތިލަދުން” ނޫހުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނެވެ. ޝާހިދު ވިދާޅުވީ އެފަދަ މަޝްވަރާއެއް އިންޑިއާ ސަރުކާރާ ކުރަން ވެސް ނުޖެހޭ ކަމަށެވެ. އެއީ ރާއްޖޭގެ ސިޔާދަތީ މައްސަލައެއް ކަމަށާއި މިކަންކަން ކުރިއަށް ގެންދަނީ މިނިވަން ގައުމެއްގެ […]

އިންޓަރ ސްކޫލު، ނޯތް ޒޯން ނެޓްބޯލް މުބާރާތް: ފުނަދޫ އާއި ޖަލާލުއްދީން ސްކޫލަށް މޮޅެއް
Thiladhunmathi News

އިންޓަރ ސްކޫލު، ނޯތް ޒޯން ނެޓްބޯލް މުބާރާތް: ފުނަދޫ އާއި ޖަލާލުއްދީން ސްކޫލަށް މޮޅެއް

އިންޓަރ ސްކޫލު، ނޯތް ޒޯން ނެޓްބޯލް މުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗުތައް ފުނަދޫ ސްކޫލާއި ޖަލާލުއްދީން ސްކޫލުން ކާމިޔާބުކޮށްފި އެވެ. 13 އަހަރުން ދަށުގެ މި ދެ މެޗުގެ ތެރެއިން ފުނަދޫ ސްކޫލުން މެޗު ކާމިޔާބުކުރީ ހދ. އަތޮޅު ތައުލީމީ މަރުކަޒާއި ބައްދަލުކޮށް 12 ޝޫޓު 3 ޝޫޓުން ނެވެ. މި މެޗުގެ ކްއީން އޮފް ދަ މެޗުގެ މަގާމު ހޯދީ ފުނަދޫ ސްކޫލުގެ ގޯލް އެޓޭކަރ އަލައިކާ އަބްދުލް އަލީމް އެވެ. މިއަދުގެ ދެވަނަ […]

އުސޫލުތަކާ ހިލާފަށް ހަނިމާދޫން ބިން ކުއްޔަށް ދިން މައްސަލައެއްގައި ތިން މީހަކަށް ދައުވާ ކޮށްދޭން އެދިއްޖެ
Raajje

އުސޫލުތަކާ ހިލާފަށް ހަނިމާދޫން ބިން ކުއްޔަށް ދިން މައްސަލައެއްގައި ތިން މީހަކަށް ދައުވާ ކޮށްދޭން އެދިއްޖެ

އުސޫލާ ހިލާފަށް ހދ. ހަނިމާދޫ ބަނދަރު ސަރަހައްދުން ބިން ކުއްޔަށް ދިން މައްސަލައެއްގައި ތިން މީހަކަށް ދައުވާކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހަށް (ޕީޖީ) ފޮނުވައިފި އެވެ. މިއީ ހޮޓާ ހިންގުމާއި ވިޔަފާރި ކުރުމާއި ތެލުގެ މަސައްކަތް ކުރުން ފަދަ ބޭނުންތަކަށް އެރަށު ބަނދަރު ސަރަހައްދުން ބިން ކުއްޔަށް ދޫކުރި މައްސަލައެކެވެ. ޕީޖީ އޮފިހަށް ހުށަހަޅާފައިވަނީ ހަނިމާދޫ ކައުންސިލްގެ އިދާރާއިން 2016 ވަނަ އަހަރުގެ ކޮށްފައިވާ އިއުލާނާ ގުޅިގެން ބިން ކުއްޔަށް ދޫކޮށްފައިވާ ފަރާ...

"ނެޝަނަލް ސްކިލްސް އެންޑް ކެރިއަރ އެކްސްޕޯ 2022" ބާއްވަނީ
Raajje

"ނެޝަނަލް ސްކިލްސް އެންޑް ކެރިއަރ އެކްސްޕޯ 2022" ބާއްވަނީ

“ނެޝަނަލް ސްކިލްސް އެންޑް ކެރިއަރ އެކްސްޕޯ 2022” ނަމުގައި އެކްސްޕޯއެއް ބާއްވަން ނިންމައިފި އެވެ. ހަޔަރ އެޑިޔުކޭޝަނާއި ޔޫތު، ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެމްޕަވަރމަންޓް މިނިސްޓްރީ ގުޅިގެން މި އެކްސްޕޯ ބޭއްވުމަށް ނިންމާފައިވަނީ މި ނޮވެންބަރު 18 އަދި 19 ގަ އެވެ. އަދި އެކްސްޕޯ ކުރިއަށްދާނީ މި ދެދުވަހުގެ ހަވީރު 4 އިން 6 އަށް އަދި ރޭގަނޑު 8 އިން 12 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގަ އެވެ. ޒުވާނުންނަށް އަމާޒުކޮށްގެން ބާއްވާ މި […]

އިންޓަރ ސްކޫލު، ނޯތް ޒޯން ނެޓްބޯލް މުބާރާތް: މިއަދު ހެނދުނުގެ މެޗުތައް ހދ. ތައުލީމީ މަރުކަޒާއި ކުމުންދޫ ސްކޫލަށް
Thiladhunmathi News

އިންޓަރ ސްކޫލު، ނޯތް ޒޯން ނެޓްބޯލް މުބާރާތް: މިއަދު ހެނދުނުގެ މެޗުތައް ހދ. ތައުލީމީ މަރުކަޒާއި ކުމުންދޫ ސްކޫލަށް

އިންޓަރ ސްކޫލު، ނޯތް ޒޯން ނެޓްބޯލް މުބާރާތް: މިއަދު ހެނދުނުގެ މެޗުތައް ހދ. އަތޮޅު ތައުލީމީ މަރުކަޒާއި ކުމުންދޫ ސްކޫލުން ކާމިޔާބުކޮށްފި އެވެ. ހދ. ކުޅުދުއްފުށި ސިޓީގައި ކުރިއަށްދާ މި މުބާރާތުގައި މިއަދު ހެނދުނު ކުޅުނީ 15 އަހަރުން ދަށުގެ ދެ މެޗެވެ. ހެނދުނު 6 ޖެހިއިރު ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ ހދ. އަތޮޅު ތައުލީމީ މަރުކަޒާއި ޖަލާލުއްދީން ސްކޫލެވެ. މި މެޗު 18 ޝޫޓު 8 ޝޫޓުން ކާމިޔާބުކުރީ ހދ. އަތޮޅު ތައުލީމީ މަރުކަޒެވެ. […]

ބަޖެޓާ ގުޅޭ ބަހުސްގެ ވަގުތު އިތުރުކޮށް، ބަހުސް ފަށައިފި
Raajje

ބަޖެޓާ ގުޅޭ ބަހުސްގެ ވަގުތު އިތުރުކޮށް، ބަހުސް ފަށައިފި

އަންނަ 2023 ވަނަ އަހަރަށް ދައުލަތުން ލަފާކުރްވާ ބަޖެޓަށް ބަހުސްގެ ވަގުތު އިތުރުކޮށް، ބަހުސް މަރުހަލާ މިއަދު ފަށައިފި އެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރުން އެދިވަޑައިގެންފައިވަނީ ބަހުސްކުރައްވައި ނިމެންދެން ފުރުސަތު ދިނުމަށެވެ. އަދި ހުސްވަގުތުތަކަށް ތަން ދެމުން ރޭގަނޑު 10 އަށް ޖަލްސާގެ ވަގުތު އިތުރުކުރުމަށެވެ. މީގެ އިތުރުން ބަހުސްގެ ތިންވަނަ ދުވަހު ވެސް ބަހުސްކުރައްވަން އެދިވަޑައިގެންފައިވާ މެންބަރުން ބަހުސްކުރައްވައި ނިމެންދެން ފުރުސަތު ދިނުމަށާއި ހުސްވަގުތަށް ތަން ދެމުން...

ދިވެހިންގެ ސިއްހީ ހާލަތާއިގުޅޭ އިންޒާރުގެ ރަނގަބީލެއްގެ އަޑުއިވޭތާ އަހަރުތަކެއް ވެއްޖެ: ރައީސް
Raajje

ދިވެހިންގެ ސިއްހީ ހާލަތާއިގުޅޭ އިންޒާރުގެ ރަނގަބީލެއްގެ އަޑުއިވޭތާ އަހަރުތަކެއް ވެއްޖެ: ރައީސް

ދިވެހިންގެ ސިއްހީ ހާލަތާގުޅޭ އިންޒާރުގެ ރަނގަބީލެއްގެ އަޑު އިވޭތާ އެތައް އަހަރުތަކެއް ވެއްޖެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ. ގައިން ގަޔަށް ނާރާ ބަލިތައް ކޮންޓްރޯލް ކުރުމުގެ ހާއްސަ މަސައްކަތް އިފްތިތާހް ކުރުމުގެ ހަފްލާގައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ގައުމީ ޔުނިވަރސިޓީން ހުށަހަޅައިދިން ދިރާސާގެ ނަތީޖާ ވެސް އެ ދައްކައިދެނީ، އެ ހަގީގަތް ކަމަށެވެ. އަދި ޔުނިވަރސިޓީން ކޮށްދެއްވައިފައި އެ އޮތީ، ވަރަށް މުހިންމު ވަރަށް ބޭނުންތެރި މަސައްކަތެއް ކ...

އިންޓަރ ސްކޫލް ނޯތް ޒޯން ނެޓްބޯލް މުބާރާތް: ފުނަދޫ، ނެއްލައިދޫއަށް ހަމަހަމަ ނިމުމެއް، އަފީފުއްދީން ސްކޫލަށް ބޮޑުމޮޅެއް
Thiladhunmathi News

އިންޓަރ ސްކޫލް ނޯތް ޒޯން ނެޓްބޯލް މުބާރާތް: ފުނަދޫ، ނެއްލައިދޫއަށް ހަމަހަމަ ނިމުމެއް، އަފީފުއްދީން ސްކޫލަށް ބޮޑުމޮޅެއް

ހދ. ކުޅުދުއްފުށި ސިޓީގައި މިއަދު ފެށި އިންޓަރ ސްކޫލު، ނޯތް ޒޯން ނެޓްބޯލް މުބާރާތުގައި މިއަދު ހަވީރު ކުޅުނު ފުރަތަމަ މެޗު އެެއްވަރުވެގެން ނިމިއްޖެ އެވެ. މި މެޗުގައި ބައްދަލުކުރީ ފުނަދޫ ސްކޫލާއި ނެއްލައިދޫ ސްކޫލެވެ. 13 އަހަރުން ދަށުގެ އުމުރުފުރައިގެ މި މެޗު ނިމުނީ 4 ޝޫޓް 4 ޝޫޓުން އެއްވަރުވެގެން ނެވެ. މި މެޗުގެ ކްއީން އޮފް ދަ މެޗުގެ މަގާމު ހޯދީ ނެއްލައިދޫ ސްކޫލުގެ ސާރާ އަހްމަދެވެ. މިއަދުގެ ދެވަނަ މެޗަކީ ވެސް […]

ސައްހަ ނޫން ސްލިޕްތަކެއް ބޭނުންކޮށްގެން ލައްކައަކަށް ވުރެ ގިނަ ރުފިޔާގެ ވިޔަފާރިކުރި މީހަކު ހައްޔަރުކޮށްފި
Raajje

ސައްހަ ނޫން ސްލިޕްތަކެއް ބޭނުންކޮށްގެން ލައްކައަކަށް ވުރެ ގިނަ ރުފިޔާގެ ވިޔަފާރިކުރި މީހަކު ހައްޔަރުކޮށްފި

ސައްހަ ނޫން ސްލިޕްތަކެއް ބޭނުންކޮށްގެން ލައްކައަކަށް ވުރެ ގިނަ ރުފިޔާގެ ވިޔަފާރިކުރި މީހަކު ހައްޔަރުކޮށްފި އެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން އިން ވިދާޅުވީ އެމީހާ އަކީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ފައިސާ ޖަމާކޮށްފައިވާކަމުގެ ސައްހަ ނޫން ސްލިޕްތަކެއް ބޭނުންކޮށްގެން ޅ. ހިންނަވަރު ފިހާރައަކުން މަކަރާއި ހީލަތުން ވިޔަފާރިކުރަމުންދިޔަ މީހެއް ކަމަށެވެ. އެ ފިހާރައިން އެކި ދުވަސްމަތިން މުދާ ގަނެފައިވާ ކަމަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން މި ނޮވެމްބަރ 1 ވަނަ ދުވަހު ކޯޓު އަމުރެއްގެ...

ތުލުސްދޫގައި ޕޮލިޓެކްނިކެއް ތަރައްގީކުރަން ހަވާލުކޮށްފި
Raajje

ތުލުސްދޫގައި ޕޮލިޓެކްނިކެއް ތަރައްގީކުރަން ހަވާލުކޮށްފި

ކ. ތުލުސްދޫގައި ޕޮލިޓެކްނިކެއް ތަރައްޤީކޮށް ހިންގުމުގެ މަސައްކަތް ވިލާ އެޑިޔުކޭޝަނަލް ސާވިސަސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރުމުގެ ކޮންޓްރެކްޓްގައި މިއަދު ސޮއިކޮށްފި އެވެ. މި ވެވުނު އެއްބަސްވުމުގެ ދަށުން، 27 މަސް ދުވަހުގެ ތެރޭގައި ޕޮލިޓެކްނިކް ތަރައްޤީކޮށް ހިންގަން ފެށުމަށް ހަމަޖެހިފައިވާއިރު، މުޅި އެއްބަސްވުން އެކުލަވާލެވިފައިވަނީ 50 އަހަރުގެ މުއްދަތަށެވެ. ވޯޓަރ ސްޕޯޓްސްއާއި މެދު ފަންތީގެ ޓޫރިޒަމް ދާއިރާގެ ފަންނީ އެކި ލެވެލްތަކުގެ ކޯސްތައް ހިންގުމަށް ހާއްސަކޮށްފައިވީނަމަވެސް ތަފާތު އެހެނިހެން ދާ...

ފުރަތަމަ ފަހަރަށް ކުޅުދުއްފުށީގައި ނުފަޅާ ކުރާ ސާޖަރީ ކާމިޔާބުކަމާއެކު ނިންމާލައިފި
Thiladhunmathi News

ފުރަތަމަ ފަހަރަށް ކުޅުދުއްފުށީގައި ނުފަޅާ ކުރާ ސާޖަރީ ކާމިޔާބުކަމާއެކު ނިންމާލައިފި

ފުރަތަމަ ފަހަރަށް ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެޗް)ގައި ނުފަޅާ ކުރާ ސާޖަރީ (ލެޕަރޮސްކޯޕިކް ސާރޖަރީ-ކީހޯލް އޮޕަރަޝަން) ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ. މިއަދު ކޭ.އާރު.އެޗްގެ އޮޕަރޭޝަން ތިއޭޓަރގައި ކުރެވުނު ލެޕަރޯސްކޯޕިކް ސާރޖަރީއަކީ އެ ހޮސްޕިޓަލްގައި އަދި ރާއްޖޭން އުތުރުގައި ވެސް ކުރެވެނު މި ފަދަ ފުރަތަމަ އޮޕަރޭޝަނެވެ. ކޭއާރްއެޗުން މައުލޫމާތު ދެއްވި ގޮތުގައި ލެޕަރޮސްކޯޕިކް ސާރޖަރީތަކުގެ ތަޖުރިބާކާރު ޑޮކްޓަރު، ސީނިޔަރ ކޮންސަލްޓަންޓް އިން ޖެނަރަލް ސާރޖަރީ، ޑރ. އަބްދުﷲ އުބައިދު ލީޑް ކ...

އިންޓަރ ސްކޫލު، ނޯތް ޒޯން ނެޓްބޯލް މުބާރާތް ކުޅުދުއްފުށި ސިޓީގައި ފަށައިފި
Sports

އިންޓަރ ސްކޫލު، ނޯތް ޒޯން ނެޓްބޯލް މުބާރާތް ކުޅުދުއްފުށި ސިޓީގައި ފަށައިފި

އިންޓަރ ސްކޫލު، ނޯތް ޒޯން ނެޓްބޯލް މުބާރާތް ކުޅުދުއްފުށި ސިޓީގައި މިއަދު ފަށައިފި އެވެ. މި މުބާރާތުގެ ފުރަތަމަ މެޗު ގައި މިއަދު ހަވީރު 15:45 ގައި ބައްދަލުކުރާނީ 13 އަހަރުން ދަށުގެ ށ. ފުނަދޫ ސްކޫލާއި ހދ. ނެއްލައިދޫ ސްކޫލެވެ. އަދި ދެވަނަ މެޗުގައި ބައްދަލުކުރާނީ ޖަލާލުއްދީން ސްކޫލާއި އަފީފުއްދީން ސްކޫލެވެ. މިއީވެސް 13 އަހަރުން ދަށުގެ މެޗެކެވެ. މީގެ އިތުރުން މިރޭ ވެސް ދެ މެޗު ކުޅުމަށް ވަނީ ނިންމާފަ އެވެ. 17 އަހަރުން […]

"އައި އެމް ޕޮސިބަލް" ކެމްޕެއިން ކުޅުދުއްފުށި ސިޓީގައި ފަށައިފި
Thiladhunmathi News

"އައި އެމް ޕޮސިބަލް" ކެމްޕެއިން ކުޅުދުއްފުށި ސިޓީގައި ފަށައިފި

އައިއެމް ޕޮސިބްލް ކެމްޕެއިން ކުޅުދުއްފުށި ސިޓީގައި ފަށައިފި އެވެ. މޯލްޑިވްސް ޕެރަލިމްޕިކް ކޮމެޓީ އިން ކުރިއަށް ގެންދާ މި ޕްރޮގްރާމުގެ މަގުސަދަކީ ޕެރަލިމްޕިކް ވެލިއުސް އާއި ޕެރާ ސްޕޯޓްސް އާ ބެހޭ ގޮތުން ދަސްކޮށްދިނުމެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ކުދިން ފިޒިކަލް އެޑިއުކޭޝަނާއި ސްކޫލުގައި އެހެނިހެން ހަރަކާތްތަކުގައި ހިމަނަން ދަސްކޮށްދިނުމެވެ. އިއްޔެ ފެށި މި ޕްރޮގްރާމު މިރޭ ނިމޭއިރު، ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ތަމްރީނުގައި ހއ އަދި ހދ އަތޮޅުގެ 12 ސްކޫލަކުން 29 […]